އެސްއޯގެ ކުރީގެ ކޮމާންޑަރު އަބްދުﷲ: އޭނާގެ މައްސަލަ ތަހުގީގު ކުރަން ފެށީ ސުޕްރީމް ކޯޓުން ފެބުރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން.
18 އެޕްރީލް 2018 - 12:35
ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ)ގެ ކުރީގެ ކޮމާންޑަރު އަބްދުﷲ އިބްރާހިމް ދީދީ (ޑީޑީ) ފުލުހުންގެ ވަޒީފާ އިން އިއްޔެ ވަކިކޮށްފި އެވެ.
އޭނާގެ މައްޗަށް ތުހުމަތުތަކެއްކޮށް، ހިންގި ތަހުގީގަށް ފަހު ވަޒީފާ އިން ވަކިކުރީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުންނެވެ. ޑީޑީ މައްޗަށް ކުރަނީ ސީދާ ކޮން ތުހުމަތެއް ކަން ނޭނގުނަސް، އޭނާގެ މައްސަލަ ބަލަން ފެށީ، ސިޔާސީ ލީޑަރުންތަކެއް މިނިވަންކުރަން ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކަމަށް ވެ އެވެ.
ފުލުހުންގެ ވަޒީފާގައި 15 އަހަރު ހޭދަ ކުރެއްވި ޑީޑީ ވަޒީފާ އިން ވަކި މިކުރީ، އޭނާގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެން ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނަށް ބަދަލުކުރުމަށް ފަހު އެވެ. މައްސަލައިގެ ތަހުގީގަށް ފުލުހުން އޭނާގެ ފޯނު ވެސް ހިފެހެއްޓި އެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރާ މެދު ސަރުކާރުން ވަކި ގޮތެއް ނުނިންމަނީސް، އެ އަމުރުގެ ތަންފީޒުކުރުމުގެ މަސައްކަތް ފުލުހުންގެ ތެރޭގައި ކުރި ކަމަށް ތުހުމަތު ކުރެ އެވެ. އޭގެ ތެރޭގައި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް ވެސް ހިމެނިވަޑައިގަންނަވާއިރު، ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި، އޭނާ ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ފުލުހުންގެ ތެރޭގައި ބައިބައިވުން އުފައްދަން އުޅުނު ކަމުގެ ތުހުމަތުގައި ހަތް ފުލުހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫ ބެއްޔާ
19 April 2018
ޑީޑީ އަށް ބުނެލަން އޮތީ، 7 ފެބްރުއަރީ ހަނދާން ކުރާށޭ. ސިފައިންގެ އިމާރާތުން ބަޑި ހުރީ އަމާޒުކޮށްފަކަމަށާއި، ފުލުހުންތަކެއް މަރާލަން އުޅޭކަމަށްބުނެ، ޖުމްހޫރީ މައިދާން ކައްކުވާލި ދުވަސް ހަނދާންވޭތޯ؟ މިއަދު ތިޔަ ހުރި ގޮތާއި އެދުވަހު ޤައުމަށް ހަދާލިގޮތާއި މެދު ވިސްނާލުމުން އިބުރަތަކަށް ނުވޭތޯއޭ؟
ޙެޔޮއެދޭމީހާ
18 April 2018
މިހާރު ހިދުމަތުގައި ތިބި މީހުން މިކަންކަމުން އިބުރަތް ހާސިލްކުރުން ރަނގަޅު. މިހާރު ޖަލުގައި ތިތިބަ އެސްއޯގެ ގިނަމީހުންނަކީ 07 ފެބުރުއަރީގައި އިސްކޮށް އުޅުނު މީހުން. މާތްﷲ ތިމާއަށް ދެއްވާ ބާރާއި ވިސްނުން އަބަދުވެސް ހެޔޮގޮތުގައި ހިފައިގެން ކުރިއަށް ދިޔައީމާ މިކަހަލަ ކަންކަން ތިމާއަށް މެދުވެރިވުން މަދުވާނެ. އިންޝާﷲ.
ސަބްނަމް
18 April 2018
ތިޔަ ކަހަލަ ކަންތައްތައް ކުރުން ރަނގަޅެއްނޫން.
ފައިސާ ފައިސާ
18 April 2018
އޭ ކީކޭ. ފެންފޯއް ރުއްތައް ކަނޑާލީއޭ.
ކެޔޮގަނޑު
18 April 2018
ބާރު އޮން ދުވަހު މީގެން ކޮންމެ މީހަކަށްވެސް ހީވަނީ ބޭނުން ގޮތަށް އުޅެވިދާނެ ކަމަށް، ޔާމިނު ގޮތަކީ ކެޔޮގަނޑު ކެނޑުނީމަ ގަސް ހޫރަލުން، ވިސްނާ ބަޔަކަށް އިބުރަތެއް ލިބޭކަމަށް ހީކުރަން
ނޯޕާޓީ
18 April 2018
މިހާވަރަކަށް ފުލުހުންގެ އިދާރާ ނުފޫޒުން އެއްކިބާވާނީ. މިހާރު ތިޔަ މުއައްސަސާގަ ނުތިބޭނެ ބިރުން ސަރުކާރުގެ އިސްވެރިޔަކާ ހަތަރުކަޅި ހަމަކޮއްލަން ކެރޭނެ މީހަކުވެސް. ދެން ކިހިނެއް ހުރިހާ ރައްޔިތުން ހަމަހަމަ ކުރާނީ މިމީހުން؟ "ޕާޓީން ބުނާގޮތެއް ހަދާ ނޫނީ ވަޒީފާއިން ކަނޑާލާނީ." އެއީ މިހާރު ފުލުހުން ތިބި ހާލަތަކީ.
މަހައްދޭ
18 April 2018
ހުންނާނީ ރަނގަޅަށް ރާކަނިމަސް ކެވިފަތޭ
ގެމަނަ
18 April 2018
ކޮބާ މަގޭ ކަންނެލި އޮޑި މަގޭ ލޯންޗް މޭޑޭ
ތެއާސާ.
18 April 2018
"ސުޕްރީމް ކޯޓުން ނެރުނު އަމުރާ މެދު ސަރުކާރުން ވަކި ގޮތެއް ނުނިންމަނީސް، އެ އަމުރުގެ ތަންފީޒުކުރުމުގެ މަސައްކަތް ފުލުހުންގެ ތެރޭގައި ކުރި ކަމަށް ތުހުމަތު ކުރެ އެވެ." މި ބުނަނީ ކީކޭކަން އެނގޭ މީހަކު އެބަހުރިތަ؟ ސުޕްރީމް ކޯޓުން ފުލުހުންގެ މައްޗަށް އަމުރެެއް ނެރުނީމާ އެ އަމުރު ތަންފީޒުކުރަން މަސައްކަތްކުރަން ޖެހެނީ ސަރުކާރުން ވަކިގޮތެއް ނިންމީމަތަ؟ މީހަކު އަންތަރީހެއް ނުވާނެތަ؟ ބަލަ ސްޕްރީމް ކޯޓަކީ ވަކި މުސްތަގިއްލު ބާރެކޭ.. އެ ބާރުގެ އެންމެ ފަހުބަސް އިއްވާ ތަނޭ.. ސުޕްރީމް ކޯޓުގެ އަމުރަކަށް ސަރުކާރުން އިތުރަށް ވަކިގޮތެއް ނިންމާކަށް ނުޖެހޭނެ. ރުމާލު ޖަގަހައިގަ ރައީސް ޔާމީންވެސް ހަމަ މިމޭރުމުން ވާހަކަދެއްކި.. ކޯޓުން ވަކިގޮތަކަށް އަމުރެއް ނެރުނީމާ ފުލުހުންނާ ސިފައިނަށް އޮންނާނީ އެއަމުރަށް ތަބާވެ ތަންފީޒު ކުރުމޭ. ސުވާލު އުފައްދާކަށް ނުޖެހޭނެއޭ..
އެކްސް
18 April 2018
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރަން އުޅުނު އެންމެން މިހާރު ކުށްވެރިންނަށް ވެއްޖެ. މިދެން ކިހާބޮޑު ޖޯކެއް؟
ނަޖުމާ
18 April 2018
ފުލުހުންގެ މުއައްސަސާގަ މަސައްކަތް ކުރުމަށްވުރެ މިހާރު ރަގަޅުވާވެ މަހައްދިޔައަސް.އޭރުންވެސް އަމިއްލަ ނަފުސުގެ އިއްޒަތާއި ކަރާމާތް ވެއްޔާމޮޑެނުލާ އަނިޔާވެރިން ދިފާއުކުރަން ރައްޔިތުންގެ ބޮލުގަ މުގުރުންތަޅާ ދެ ލޮލަށް ޕެޕާސްޕްރޭ ނުޖަހަވެސް އަބިދަރިން ނާ އާއިލާއަށް އެހީވެވޭވަރުގެ ހަލާލު އާމްދަނީ ލިބޭނެ.ތިޔައީ ކޮޕެއް.މަސްވެރިން ކައިރިން ހިތްވަރު ލިބިގަނޭ.ތިޔަތަނުން ސަލާމަތް ވެވުނީތީ އުފާކުރޭ.