ފިނޭންސް މިނިސްޓަރު މުނައްވަރު، އެހީ ދޭ ބޭރުގެ ބޭންކެއްގެ އިސްބޭފުޅުންނާ ބައްދަލުކުރައްވަނީ.---ފޮޓޯ: ފިނޭންސް މިނިސްޓްރީ
06 މެއި 2018 - 21:38
ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ދިވެހި ސަރުކާރުން ހިންގަން ނިންމާފައިވާ ގްރޭޓާ މާލެ އެންވަޔަރްމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަށް ބޭނުންވާ 165 މިލިއަން ޑޮލަރު ހަމަޖެހިއްޖެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު އެވެ.
އެ އެހީ ހަމަޖެހުނީ މިހާރު ކުރިއަށް ގެންދާ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް(އޭޑީބީ) ގެ ގަވަރުނަރުންގެ 51 ވަނަ ބޯޑު ބައްދަލުވުމުގެ ތެރެއިން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
އެ ބައްދަލުވުމުގެ ހަވާސާގައި، ފިނޭންސް މިނިސްޓަރު އަދި ރާއްޖެ އިން އޭޑީބީ އަށް ކަނޑައަޅާފައި ހުންނަވާ ގަވަރުނަރު އަހުމަދު މުނައްވަރު އެ މަޝްރޫއަށް ފައިނޭންސް ކޮށްދޭ ބޭންކްތަކާ މަޝްވަރާ ކުރައްވައި، އެ ބޭންކްތަކުން ފައިސާ ދެއްވާނެ ކަމުގެ ޔަގީންކަން ހޯއްދަވާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އެގޮތުން އޭޑީބީ އާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އަދި އޭއައިއައިބީގެ އިސްވެރިންނާ ވެސް މުނައްވަރު މަޝްވަރާ ކުރެއްވި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ދިވެހި ސަރުކާރުން ވެސް 10 ޕަސެންޓާއި 13 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ޚަރަދުކުރާ އެ މަޝްރޫއުގެ ދަށުން، މާލެ އާއި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅުގެ އިތުރުން ވ. އަތޮޅުގެ ރަށްތަކާއި ރިސޯޓްތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖް ކުރެވޭނެ ނިޒާމެއް ގާއިމް ކުރާނެ އެވެ.
އެންވަޔަރްމަންޓް މިނިސްޓްރީ އާއި ވެމްކޯގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ތިލަފުށީގައި ކުނި އެންދުން ހުއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފަށާނެ އެވެ. އަދި ދެވަނަ ފިޔަވަހީގައި އޮންނާނީ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ތިލަފުށީގައި ކުނި މެނޭޖް ކުރެވޭނެ ނިޒާމެއް ގާއިމްކޮށް، އެއިން ހަކަތަ އުފެއްދޭނެ ގޮތް ހެދުމެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި ފުރަތަމަ ފިޔަވަހީގެ މަސައްކަތް އަންނަ ޖުލައި މަހު ފަށާއިރު އެ ފިޔަވަހީގެ ދަށުން، މި އަހަރު ނިމެން ވާއިރަށް ތިލަފުށީގައި ކުނި އެންދުން ހުއްޓާލެވޭނެ އެވެ. ދެވަނަ ފިޔަވަހި ފެށޭނީ އަންނަ އަހަރުގެ ކުރީކޮޅެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު2
07 May 2018
ދެން ތިވެސް ކައްވާލާ
އަހުމަދުބެ
07 May 2018
ސުރުހީގަ 165 މިލިއަން ޑޮލަރުގެ ލޯނެއް ލިބުނު ވާހަކަ ލިޔުނު ނަމަ ސާފުވާނެއެވެ. އެއީ ކިތައް ހާސް މިލިއަން ރުފިޔާ ހެއްޔެވެ؟
އަބްދުﷲ ޖަލީލު
07 May 2018
ދައުލަތަށް ގްރީން ޓެކްސް ނަމުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން އަހަރުކު މަދުވެގެން 42 މިލިއަން ޑަލަރު ލިބޭ. ކީއްކުރަންހޭ ރައްޔިތުން ދަރަނިވެރި ކުރުވަން ލޯނު ނަގަނީ. އެ 42 މިލިއަން ޑޮލަރަށް ހަދަނީ ކިހިނެއްހޭ؟
ކްލީން
07 May 2018
ތި ހަމަޖެހިއްގެ މިހާރު 40 ފަހަރު
މުއައްމަދު
07 May 2018
ތުބުނީ ހަމަ ރަނގަޅަށް، މީން މީހަކު ދުވަހަކުވެސް ތެދެއް ނުހަދާނެ
އުނބުށެން
07 May 2018
އެހީގެ ފަންޑަކަށް ލިބުނު ފައިސާ ރައްދުކުރުން އެތައް މަހަކަށް ދެމިގެން ދިޔަހެން ތިޔަ ފައިސާއިން ކުނީގެ މައްސަލަ ހައްލުކުރަން ކަމެއް ކުރާނީ ކިހާތާކު ބާވައެވެ.
ޝާޢްނާ
07 May 2018
ތިޔަކަންވެސް ނިިމިގެންދާއިރު ތިޔަ ފައިސާއަށް ވީގޮތެއްނޭންގޭނެ ، އައިޖީއެމްއެޗް ބިލްޑިންގ ވެސް އެހަދަނީ 140މ ޑޮލަރަށް ، އެއީ 5 ސްޓާރ 100 ކޮޓަރީގެ 5 ރިސޯޓްހެދޭހާ ފައިސާ ، ހޮސްޕިޓަލްއަށް ބަލާއިރު 25 ބުރީގެ އެސައިޒްގެ 4 ތަން ފުލް އިކުއިޕްމެންޓްއާއި އެކު އެޅޭނެ ފައިސާ ، މިސަރުކާރަކީ ކޮރަޕްޝަންއަށް ގެ މެނޑޭޓްއެއްއޮތް ސަރުކާރެއްކަން އޯޑިޓް ރިޕޯޓްތަކުން ސާބިތުވޭ ، އަދި އެމްއެމްޕީއާރސީގެ ޙިޔާނާތުން އެކަން ވަރަށް ރަގަޅަށް ސާބިތުވޭ ،
ދެކުނުތަރި
07 May 2018
ރައްޔިތުންގެ މަންފާއޭ ތަރައްޤީއޭ ކިޔާއިރު ދަރަނި މައްޗަށް ދަރަނި، ކެމްޕެއިނަށް ލާރިހޯދަން ދިވެހިރައްޔިތުން ވިއްކާލާކަށް ނުޖެހޭ. ވަކިބަޔެއްގެ ޖީބުތައް ބޮޑުކުރަން، ކަޓުނަގަން ހޯދި ލާރިގަނޑެއްތީ.
ބުއްޅަބޭ
07 May 2018
ޓެކްނޮލޮޖީ އުފައްދާމީހުން އަތުގަ ފައިލްތަކާއު ކަރުދާސް ފުނިވަރު، ދިވެހިން އަތުގަ އައިޕެޑް!
ކުޑަހުވަދޫ
07 May 2018
ތިލާރިގެ ކަންތައް ތިދިޔައީ، ރައްޔިތުންގެ ނަމުގަ ނަގާފަ، ކައިހުސްކުރާނެ މިފަހަރު.
ފާތުން
07 May 2018
ތީގެން މެނޭޖުކުރާނީ ކުންޏެއް ނޫން. ތީހަމަ އަނެއްކާ އަނެއް ބޮޑު ހިޔާނާތް.