އުމަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއެކު-- މިހާރު ފޮޓޯ
09 މެއި 2018 - 15:59
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްޓަކައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީން ވަކިވެއްޖެ އެވެ.
މިދިޔަ ޑިސެމްބަރު މަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި އުމަރު މިއަދު ވިދާޅުވީ އޭނާ އެ ޕާޓީން ވަކިވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރެވެ. އެހެންކަމުން އެ ފުރުސަތު ލިބޭނީ މިހާރު ޖަލު ހުކުމެއްގައި ހުންނެވި ގާސިމް އިބްރާހިމަށެވެ.
ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގެ އިތުރުން އަދާލަތު ޕާޓީ ގުޅި، ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ އިރު އުމަރު އަންނަނީ އެމްޑީޕީ އަށް ވިދާޅުވަމުންނެވެ. އެކަމާ ގުޅިގެން އެމްޑީޕީން ވެސް އަންނަނީ އުމަރަށް ރައްދު ދެމުންނެވެ.
Umar MDP aa vai ves elhuna nudheynan: Hassan Latheef
The most trusted news source in the Maldives
Mihaaru
އެމްޑީޕީން އުމަރަށް ފާޑުކިޔުން--
އިދިކޮޅު ކޯލިޝަނަށް ކެންޑިޑޭޓެއް ނުދެއްކުނު ކަމަށް ވިދާޅުވެ އުމަރު ވަނީ އޭނާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.
އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ)ގެ ކެންޑިޑޭޓެއްގެ ގޮތުން 2008 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ބަލިވި އުމަރު، ފަހުން ގުޅިވަޑައިގަތީ ޕީޕީއެމާ އެވެ. އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީނާ ވާދަ ކުރައްވައި އުމަރު ވަނީ ބަލިވެފަ އެވެ.
Umar ge vaudhu: Boahiyaavahikamah aharaku 3 Billion Rufiyaa
The most trusted news source in the Maldives
Mihaaru
އުމަރުގެ ފުރަތަމަ ވައުދު އިއުލާންކުރުން--
އެ ޕްރައިމަރީން އޭނާ ބަލިވުމުން އުފެދުނު ދެބަސްވުންތަކުގައި ޕީޕީއެމުން ވަކިކުރުމުން އޭނާ ދެން ތާއީދު ކުރައްވަން ފެއްޓެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށެވެ.
ރައީސް ޔާމީން ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި އެކުލަވައިލި ސަރުކާރުގައި އުމަރަށް ހޯމް މިނިސްޓަރުކަން ދެއްވި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބީކޭކޭ
10 May 2018
ބޯހިޔާވަހިކަމަށް ތިން ބިލިއަން ކީކުރަންތޯ ދިހަބިލިއަން ހަރަދުކުކުރިއަސް އުމަރަކައް ވޯޓެއްނުދޭނެ (ސަބަބު! ބަހާ އަމަލާ ދިމާނުވާތީވެ)
ގުޑް
10 May 2018
އަމިއްލަ ގޮތުން ނިކުންނަ ކެނޑިޑޭޓަކަށް މިގައުމުގައި އޮތް ތާއީދެއް ފެންނާނެ ކަރުދާހާ ހަމައަށް ނަން ގޮއްސިއްޔާ. އިންތިޚާބުން މޮޅުނުވިއަސް މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަކީވެސް ހިތްވަރުގަދަކަމާއި ކެރޭ ކަމުގެ ހެއްކެއް...ކޮންމެ މީހަކާމެދުވެސް ކޮންމެވެސް އެއް ބަޔަކު ނުރުހޭނެ. ގައުމުގެ އެންމެން ރުހޭނޭ ފަދަ އެކަކުވެސް ނުހޮވޭނެ.
ޝަގީފު
10 May 2018
އުމަރާ ކަލޭ އަދީ ތަސައްރަފުނުފުދޭ ވެރީކަމައް.. 80 ވަރަކައް އަހަރުވެލީމަ ކުރީމަތީލާން މަޑުކޮއްލާ..
ޝާނު
10 May 2018
ކޯލިޝަން ތެރެޔަށް ވަދެ ގޭސް ގަނޑެއް އަނބުރާ ފަނި ކުރެވޭގޮތް ނުވީހެން ހީވަނީ !
ރަށުމީހުން
10 May 2018
އުމަރު ސައިޒު ކުރިންވެސް އެގުނެއެއްނުން! މާކަށް ބޮޑަށް ހާސްވާކަށް ނުޖެހޭ!!!
އަސްލް
10 May 2018
މިނިވަން 50ގައި އުމަރު އިސްކޮށް ހުރެ ކޮށްފައިވާ ކޮރަޕްޝަންތައް ހަނދާން ނުނެތޭ... މިމީހުންނަކީ ވޯޓް ދިނުމަށް ހެޔޮވާވަރު މީހުންނެއް ނޫން! ޔާމިނުވެސް އުމަރުވެސް ނަޝީދުވެސް މި ހުރިހާ މީހުންނަށް ބާރު ލިބުނު ދުވަހު އެ މީހުންގެ އަސްލު ސިފަ އަހަރުމެންނަށް ފެނިއްޖެ
މަރިޔަން
10 May 2018
ތީ ބުމަރެއް ދޯ
ކައުންސެލަރު
10 May 2018
މިތަނުގައި "އިދިކޮޅު" މިމާނަކުރާގޮތެއް ހޯދަން ވެއްޖެއެވެ. "އިދިކޮޅު" މާނަ މިކުރަނީ ޔާމީން ސަރުކާރާ ދެކޮޅު މީހުނަށް އަދި އިސްލާހަށް މަސައްކަތްކުރާ އެންމެންނަށެވެ. (އަހަންނަށް ވިސްނޭގޮތަކީ އެއެވެ.) އެކަމަކު ވަކި ބަޔަކު "އިދިކޮޅު" މިމާނަކުރަނީ ސީދާ ރީނދޫ ދިދައަށެވެ. އެމް.ޑީ.ޕީއަށެވެ. އަނެއްކޮޅުން ވޯޓް ކަރުދާހުގައި އިސްތިއުފާ ދިންމީހެއްގެ ނަން އޮންނާނެ ވާހަކަ ވަކިބަޔަކު މިއަންނަނީ ބުނަމުންނެވެ. ޤައުމަށް ހެޔޮއެދޭ ބަޔަކުނަމަ ކުރިން ޤައުމީދިދަ އާއި ޤައުމީ ކުލަތައް ބޭނުންކުރިކުރުން ހުއްޓާލާފައި ގަސްގަހު ކުރިއަށާ ރުއްރުކު ކުރިއަށާ ފަރުފަރުގަ ޖަހާފައި ހުންނަބައްތިތަކުގެ ކުރިއަށް ރީންދޫ ދިދައެއް ނުނެގީހެވެ. މައްސަލަމިވަނީ ވަރަށްބޮޑަށް ސާފުވެ ތިލަވެފައެވެ. "އިދިކޮޅު" ގެ ބޯޑުޖަހައިގެން މިއުޅެނީ މިބަޔަކު ވެރިކަމަށް އަންނާށެވެ. ސޮރީއެވެ! ކަލޭމެންނަކަށް ވޯޓް ދެވޭކަށް ނެތެވެ. ޤައުމު އިސްލާހުކުރަން ވޯޓްދޭނަމަ އުމަރަށް ދޭށެވެ، ނޫނީ ވޯޓްދޭނީ ހަމަ މިހާރުގެވެސް ރައީސަށެވެ. ހައްލަކީ އުމަރެވެ. ރީނދުލެއްނޫނެވެ.
ގަބުޅިބެ
10 May 2018
ތިހިރީ މާބޮޑަށް އެނގިފަ. ނަސީބެއް ކަލޭ ވެރިކަމުގައިނެއްކަން. ޔާމީނަށްވުރެ ބޯގޯސް މީހެއްތީ
ހަރުގަނޑީ ޢުމަރު
10 May 2018
ޢުމަރަށް%3 ލިބޭނެ އަދި އެއްލާލާ ވޯޓާއި އެކު ކުޑަތަންކޮޅެއް މަތިވެސް ވެދާނެ ޢުމަރަށް ހީވޭބާ ކަމެއްހެން ޢުމަރަކީ އެއްވެސް ކަމެއްގެ ޙައްލެއް ނޫން އަމިއްލަ ހިޏަންޔަށް މުޑި ނަގަނީ
އުނބުށެން
10 May 2018
2008 ގައި ވެސް މީހަކު ހޮވީ ބަދަލަކަށް ބޭނުންވެގެންނެވެ. މިފަހަރު ހަމަޔަގީނުންވެސް ބަދަލެއް ބޭނުންވާ މީހުންނަށް އަދި މިހާތަނަށް މިނޫން ޗޮއިސްއެއް ފެންނާކަށް ނެތެވެ. އާ މޫނެއް ފެނުމާ ހަމައަށެވެ. ހޯމް މިނިސްޓަރުކަމުން އުމަރުގެ ގާބިލުކަން ނުފެނުނީ ފަހަރެއްގައި މޮހޮނަށް އޮޑިދޭހެންދިން މަގާމެއްކަމަށް ވާތީކަމަށްވެސް ވެދާނެތާއެވެ.