މާލޭގެ ބައެއް ސަރަހައްދުތަކުން މީގެ އިރުކޮޅެއް ކުރިން ކަރަންޓު ކެނޑުނު ނަމަވެސް އެ މައްސަލަ ހައްލުކޮށް، ކުޑައިރުކޮޅެއްގެ ތެރޭގައި އަލުން ކަރަންޓު ދީފި އެވެ.
ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ، ކަރަންޓު ކެނޑުނީ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. ތަފުސީލެއް ނުދެއްވަ އެވެ.
"މިހާރު ހުރިހާ ހިސާބަކަށް ކަރަންޓު ދީ ނިމިއްޖެ. މިހާރު މައްސަލައެއް ނޫޅޭނެ،" އޭނާ ވިދާޅުވި އެވެ.