ޚަބަރު / ވައިރަލް ހުން

އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވް ވި މީހަކު މަރުވެއްޖެ

އޭޑީކޭ ހޮސްޕިޓަލްގައި ބަޔަކު ފަރުވާ ހޯދުމަށް ގޮސްފައި: އިންފްލުއެންޒާ ފެތުރޭ މިންވަރު ދަނީ އިތުރުވަމުން-- މިހާރު ފޮޓޯ

އިންފުލުއެންްޒާ އޭ އަށް ޕޮޒިޓިވް ވި، އުމުރުން ދުވަސްވީ އަންހެނަކު އޭޑީކޭ ހޮސްޕިޓަލްގައި ރޭ ފަތިހު މަރުވެއްޖެ އެވެ.

އެ ހޮސްޕިޓަލްގެ މެނޭޖިން ޑިިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވީ، އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވް ވި، އުމުރުން 84 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށެވެ. އެއީ ހއ. ބާރަށު މީހެކެވެ.

އަފްއާލް ވިދާޅުވި ގޮތުގައި، ހުން ޖެހިގެން ފަރުވާ ހޯދަމުން އަންނަ މީހުން އަދަދު މި ދުވަސްވަރު ވަނީ އިތުރުވެފަ އެވެ. އެހެންވެ، ހުމަށް ޚާއްސަ ކޮށްގެން އޭޑީކޭގައި ހުޅުވާފައިވާ ކްލިނިކުން ގިނަ ބަޔަކު ފަރުވާ ހޯދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ދެ ތިން ދުވަހެއް ކުރިން 200 މީހުން ފަރުވާ ހޯދި. ހުން ޖެހިގެން ފަރުވާ ހޯދަމުން އަންނަ މީހުން އަދި ވެސް ދަނީ އިތުރުވަމުން،" އަފްއާލް ވިދާޅުވި އެވެ.

ހަލުވި މިނެއްގައި ހުން ފެތުރެމުންދާތީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މުހިއްމު ބޭނުމެއްގައި ނޫން ގޮތަށް މި ދުވަސްވަރު ހޮސްޕިޓަލަށް ނުދިއުމަށް އިލްތިމާސްކޮށްފަ އެވެ.

މިދިޔަ އަހަރު ވެސް ރާއްޖެ އިން 200 އަށް ވުރެ ގިނަ މީހުންނަށް އިންފްލުއެންޒާ ޖެހުނު އިރު ހަ މީހަކު މަރުވެފައި ވެ އެވެ.

16 ކޮމެންޓް, 101 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 91%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަބްދުލްމުހައިމިން

24 May 2018

"ބަލި ކޮންޓްރޯލް ވަންދެން މިސްކިތްތަކާއި ސްކޫލުތައް އެބަޖެހޭ ބަންދުކުރަން" ދަންނަވަން އޮތީ މިސްކިތްތައް ބަންދުކުރާކަށް ނުޖެހޭނެޔޭ. އެންމެ ރަނގަޅު ގޮތަކީ ބަލިވެ އުޅޭމީހުން ރަނގަޅުވަންދެން ގޭގައި ނަމާދުކުރެއްވުން. ވ.ސަލާމް

ޝާފީ

23 May 2018

މިދުވަސްކޮޅަށް މީހުން ގިނައިން އެއްވެ އުޅޭތަންތަނަށް ހާއްސަކޮށް މިސްކިތްފަދަ ތަންތަނަށްވެސް ނުދިޔުން ބޮޑަށް ރަނގަޅުވާނީ. ބަލި ކޮންޓްރޯލް ވަންދެން މިސްކިތްތަކާއި ސްކޫލުތައް އެބަޖެހޭ ބަންދުކުރަން. ކެއްސާ ކިނބިހި އަޅާ އެތައްބަޔަކު މިހާރުވެސް އެބަދޭ މިސްކިތައް.

ވިސާމް

23 May 2018

ސްކޫލަށް ނުފޮނުވީމަ އެބަންދުވީ، ކިޔަވައިނުދިނަސް އެތަނަށް ބައިގަޑިއިރަށް ވިޔަސް ގެންދަންޖެހޭ... މިހާ ރޯގާ މޮަޅު އިރު ފަރުދީ ޒިންމާ އެއް ނުފޮނުވުން އެއީވެސް... ދެން އެފޮނުާބަޔަކު ކޯރާޑި ތެޔޮ ވަަށާފަވެސް ފޮނުވާނެ

ދިރާސާ

23 May 2018

މާލެގަ މާ ތޮއްޖެހުން ބޮޑުވެގެން ފާޑު ފާޑު ބަލިތައް ފެތުރެނީ. ދެން ބަންގްލަދޭޝްއިން އަންނަ ގިނަމީހުން މެޑިކަލްވެސް ރަނގަޅައް ނުހަދާ އަންނަނީ. ދެގައުމުތަކުން ފާޑު ފާޑުގެ ބަލިތައް އެތެރެކުރޭ.

ތެދު

23 May 2018

ޓޫރަޒިމްއައް އެފެކްޓް ކޮއްފާނެތީ ބަލި ފެތުރުމުން ދާއިރުވެސް ހައްޕު ކިޔައިގެން.. ބަލި ކޮންޓްރޯލް ކުރެވޭނީ އެންމެން އެލާރޓް ވެގެން

ޚ ކަންބޮޑުވޭ

23 May 2018

ޥެމްކޯ މީހުން ކޮންމެ ދުވަހަކު ގޭގެއިން ކުނިއުކަން ވެސް ޖެހޭ . ދެދުވަސް ވާއިރުވެސް އެބަތިބޭ ކުނިބަލާ ނައިސް ދެން ކުދިކުދި ތަންކޮޅުގައި އެ ބަހައްޓަިގެން ކިހިނެތް އުޅޭނި ދެން ތިފެންނަނި ކުނިތައް މަގުމަތިން މުއައްސަސާ ތްކުގެ ޒިންމާ

ތުއްތުނާ

23 May 2018

އިންސާނުން ދިރިއުޅެން ކަމުދާ ވަރަށް ވުރެ ތޮއްޖެހިފައި އަދި ވަރަށް ސާފުތާހިރު ކަން ކުޑަ ތަނަކަށް ވެފައި ވަނީ ......... އެހެން ވީމާ ބަލިތައް ކޮންޓްރޯލް ކުރުމަށް އުނދަގޫ ވާނެ........... އަދިވެސް ތޮއްޖެހުން ކުޑަކުރަން އެހެން ރަށްރަށް ތަރައްޤީ ކުރަން ޖެހެނީ....... އެކަމަކު ހުރިހާ ކަމެއް މާލޭގައި އަދިވެސް...........

ރަދީފް

23 May 2018

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

އިދުރީސް

23 May 2018

ބަލި ކޮންޓްރޯލް ކުރަން ސަރުކާރުން ބޭނުއްވަންޏާ ސްކޫލް ބަންދު ކުރާނެ. ކުރިންވެސް ކޮށްފަ އޮންނާނީ.

ޖަލީލު

23 May 2018

ސަރުކާރުން މަދިރި ކޮންޓުރޯލް ކުރުމަށްޓަކައި ރާއްޖޭ ހުރިހާ ރަށްތަކަށް ދުންޖަހަން އެބަޖެހޭ.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454