އުލިގަމު ގޮނޑުދޮށަށް ލެއްގި ޑްރަގްސް ކަމަށް ބެލެވޭ ޕެކެޓެއް.
31 މެއި 2018 - 22:37
ހއ. އިންނަފިނޮޅު ފަރަށް ރޭ އުރުނު ބޭރު ގައުމެއްގެ ބޯޓުގައި ހުރި، މަސްތުވާ އެއްޗެހި ކަމަށް ބެލެވޭ އެއްޗެހިތަކެއް އެ އަތޮޅުގެ ބައެއް ރަށްތަކަށް މިރޭ ލައްގަން ފަށައިފި އެވެ.
އަށް މީހުން ތިބި އީރާންގެ މި ބޯޓު ފަރަށް އަރާފައި އޮތް ކަމުގެ މައުލޫމާތު ސިފައިންނަށް ދިނީ މިއަދު ހެނދުނު މަސްވެރިކަމަށް ނުކުމެ އުޅުނު އެ އަތޮޅު ބައެކެވެ. އެބޯޓުގެ މައުލޫމާތު ސިފައިންނަށް ދިނީ އެ މީހުންނެވެ.
އުލިގަމު ގޮނޑުދޮށަށް ލެއްގި ކަމަށް ބެލެވޭ މަސްތުވާތަކެތި.
ސިފައިން އެ ސަރަހައްދަށް އަންނަ ތަން ފެނުމުން އެ ބޯޓުގައި ތިބި މީހުން ވަނީ ބޯޓުގައި ރޯކޮށްލުމަށް ފަހު، ކަނޑަށް ފުންމާލައިގެން ފިލަން އުޅެފަ އެވެ. އެމްއެންޑީއެފުން ބުނީ އެ އެންމެން ފުލުހުންގެ ބެލުމުގެ ދަށުން މިހާރު ހއ. އިހަވަންދު އަށް ގެންގޮސްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އީރާންގެ މި ބޯޓުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުއްޓެވެ. އޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތަކެއް ހއ. އުލިގަމު ގޮނޑު ދޮށަށް ވަނީ ލައްގައިފަ އެވެ.
މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ބެލެވޭ ދަޅަކާއި ފުޅިއެއް. މި ތަކެތި ފެނުނީ އުލިގަމު ގޮނޑުދޮށުން. - ފޮޓޯ: މިހާރު
އުލިގަމު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޒިޔާދު ހަސަން "މިހާރު" އަށް ވިދާޅުވީ މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތަކެއްގެ އިތުރުން، ބޯޓުގެ ބައެއް ބައިތައް ވެސް އެ ރަށު ގޮނޑުދޮށަށް ލައްގަމުންދާ ކަމަށެވެ. އެހެންވެ، ފުލުހުން ގޮނޑުދޮށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަށުގެ ގޮނޑުދޮށަށް ލައްގަމުންދާ ތަކެތި ހުރީ ޓޭޕް އޮޅައިގެން ވަރަށް ރަނގަޅަށް ބަންދުކޮށްފައި. މިއީ މަސްތުވާތަކެއްޗަށް ވުން ވަރަށް ގާތް،" ޒިޔާދު ވިދާޅުވި އެވެ.
އުލިގަމު ގޮނޑުދޮށަށް ލެއްގި ކަމަށް ޝައްކު ކުރެވޭ މަސްތުވާތަކެތި. - ފޮޓޯ: މިހާރު
މީގެ އިތުރުން، އިންނަފިނޮޅާ ކައިރީގައި ހުރި ފަޅު ރަށްރަށަށް މަސްތުވާތަކެތި ކަމަށް ބެލެވޭ މި ތަކެތި ލައްގަފާނެތީ އެ ރަށްތަކަށް ދިއުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ފުލުހުން ބުނީ އީރާނުގެ ބޯޓުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ހުރި ކަމުގެ ނިޝާންތަކެއް ފެންނާތީ ފުލުހުން ބޯޓު ބަލައި ފާސް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިތުރު މައުލޫމާތު މި ވަގުތު ހިއްސާ ކުރެވެން ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އުލިގަމު ގޮނޑުދޮށުން މިރޭ ފެނުނު ތަކެތި ފުލުހުންގެ ބެލުމުގެ ދަށުގައި. - ފޮޓޯ: މިހާރު
އުރުނު ބޯޓުގައި ހުރި މަސްތުވާތަކެތި ރަށްތަކަށް ލައްގަމުން ދާއިރު، އެ ބޯޓުގައި ހުރި ކަމަށް ބެލެވޭ ބައެއް އެއްޗެހި މިއަދު ހަވީރު ވަނީ ހއ. އިހަވަންދު އަށް ގެންގޮސްފަ އެވެ. އެ ރަށުގެ ބައެއް މީހުން ބުނި ގޮތުގައި އެ ރަށަށް ގެނައި އެއްޗެހި ހުރީ މަސްތުވާތަކެތި ބަންދުކޮށްފައި ހުންނަ ކަހަލަ ކޮތަޅުތަކެއްގަ އެވެ.
ބޯޓުގައި ރޯކޮށްލުމުގެ ސަބަބުން ބޯޓުގެ ބައިތައް އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ މީހުން ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥަސް
01 June 2018
މީގެ ކުރިންވެސް އީރާނުގެ ބޯޓަކުން މަސްތުވާތަކެތި އެތެތެކުރި މައްސަލާގެ އެންމެންވަނީ ދޫކޮށްފަ.
ސސސސ
01 June 2018
ފަސާދައިގެ ކަނޑެއްގައި ގައުމު ރޯވެ އަދަމުން ދާއިރު ޖަރީމާތައް ކޯދުލާ އަރަމުންދާއިރު އަހަރެމެންނަށް މިތިބީ ކީއްވެފައިތޯ؟ ގައުމުގައި ޖެހިފައިވާ ލަށްގަޑުގައި ހުރި ކާހާ ފާރުގަނޑު ހިރުވާލާހެން ހީވާނީ ކިހާވަރެއްވީމަތޯ؟
ޜާކަނި ސައްތާރު
01 June 2018
ޢެއްލަކިން ލައްގަޅޭ
ކޯޑިނޭޓަރ
01 June 2018
މިކަމާ މެދު ޝިފާނު ސޯ ކީއްކޭތޯ ބުނަނީ...
ޗަނަމަތާނު
01 June 2018
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިވެހި ސިފައިން ބެލުމައް ނުކުޅެދިފަވާކަން ހާމަވޭ މިކަމުން.އެހެންވެ ބުނަނީ އިންޑިއާސިފައިން ބަލަން
ރީނދޫ ގެރި
01 June 2018
ނުބެލުނަސް ނުޖެހޭ ދޭކަށް. .
ސާބަހޭ
01 June 2018
މަސްވެރިންނައް 10000 ރިފިޔާ ހައްގު. ފުލުހުންނާ ސިފައިން މަސްވެރިކަމައް މިކުތުން މާތާހިރު.
ގަޓް ބްރޯ
01 June 2018
"ނުފެންނަ ތަރައްގީ" މިފަހަރު ފަރަކަށް އެރީމަ ނަސީބަކުން ރައްޔިތުންނަށް ތިޔަ ފެނުނީ.
އުދުހޭ
01 June 2018
އެހެންވީމާ އެބޯޓުގައި މަސްތުވާތަކެތި ހުރިކަން މިއެނގުނީ ރަށްރަށަށް އެތަކެތި ލައްގަންފެށީމަތާ؟
1234
01 June 2018
މީގެ އަހަރުތަކެއް ކުރިން ކަނޑުއަޑިން ނެގި 1 ޓަނު ގެ މަސްތުވަތަކެއްޗަށް ވިގޮތެއްވެސް އެނގޭ ނޫސްވެރިއަކު މިގައުމުގަ އެބަހުރިބާ؟
މަސްތީ
01 June 2018
ތިޔަ ބޯޓުން ގެނައި ޑްރަގުގެ