ޚަބަރު / ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ ނިންމުން ރިވިއު ކުރަން ހުށަހަޅާނަން، ދެ ބޭފުޅުންގެ މަގާމެއް ނުގެއްލޭ: ވަކީލުން

އަބްދުﷲ ސައީދާއި އަލީ ހަމީދު: އެ ބޭފުޅުން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާފައި ---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ އިސްތިއުނާފް ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން އަލުން ބަލައިދޭން އެދި ހުށަހަޅާނެ ކަމަށާއި އެ ބޭފުޅުން އަދިވެސް މަގާމުން ވަކިނުވާ ކަމަށް އެ ބޭފުޅުންގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދު ޖަލަށްލާން ކުރި ހުކުމް ރަނގަޅު ކަމަށް ނިންމައި، ސުޕްރީމް ކޯޓުން މިއަދު ވަނީ އެ ބޭފުޅުން ހުށަހެޅި އިސްތިއުނާފް ބަލައިނުގަތުމަށް ނިންމައިފަ އެވެ. ފަނޑިޔާރުންގެ ގާނޫނު އޮންނަ ގޮތުން ކުށެއް ސާބިތުވެގެން އިސްތިއުނާފް މަރުހަލާ ނިމިއްޖެ ނަމަ ފަނޑިޔާރުކަން ގެއްލޭތީ، ސުޕްރީމް ކޯޓުގެ އެ ނިންމުމާ އެ ބޭފުޅުން މަގާމުން ވަނީ ވަކިވެފަ އެވެ. މިއީ ކުށެއް ސާބިތުވެގެން ފަނޑިޔާރަކު އޮޓަމެޓިކުން މަގާމުން ވަކިވި ފުރަތަމަ ފަހަރެވެ.

އެކަމަކު އެ ދެ ބޭފުޅުންގެ ވަކީލުން ނެރުއްވި ބަޔާނެއްގައިވަނީ އެ ބޭފުޅުން އަދިވެސް މަގާމުން ވަކިނުވާ ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވަނީ އިސްތިއުނާފް މައްސަލަ ބަލައިނުގަތުމަށް ނިންމީ އެ ކޯޓުގެ ރަޖިސްޓްރާ ކަމަށާއި އަދި ރަޖިސްޓްރާ ނިންމުން އަލުން ބަލައި ދިނުމަށް އެދި ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެ ނިންމުން އަލުން ބަލައިދިނުމަށް އެދި އެ ދެ ބޭފުޅުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

"މި މައްސަލަ ނުބެލޭނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ ނިންމެވުމުން އަންގާފައިވާ އެންގެވުން މުރާޖާ ކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ ފަރާތުން ވަނީ ނިންމަވާފަ އެވެ،" ވަކީލުން ބަޔާނުގައިވެ އެވެ.

ވަކީލުން އެގޮތަށް ވިދާޅުވިޔަސް، ސުޕްރީމް ކޯޓުގެ ނިންމުމުގައިވާ ގޮތުން އިސްތިއުނާފް މައްސަލަ ބަލައިނުގަތުމަށް ނިންމީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ. އަދި ސުޕްރީމް ކޯޓުގެ ގަވާއިދު އޮންނަ ގޮތުން ވެސް އެ ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ބަލައިގަތުމުގެ ހުއްދަ ދޭނީ ފަނޑިޔާރުންގެ މަޖިލީހުންނެވެ.

ވަކީލުން ބަޔާނުގައިވާ ގޮތުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅި ނުކުތާތަކުގެ ތެރޭގައި ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ނުދިނުމާއި ވަކީލުންގެ އެހީތެރިކަން ނުލިބުމުގެ އިތުރުން ގާނޫނާ ޚިލާފަށް އަޑުއެހުންތައް ހިންގާފައިވާ މައްސަލަތައް ފާހަގަކޮށް ކަމަށެވެ. އެކަމަކު މައްސަލަ ބަލައިނުގަތުމަށް ނިންމީ އެކަންކަމަށް ރިއާޔަތް ނުކޮށް ކަމަށް އެ ބަޔާނުގައިވެ އެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް އިތުރު ޖަލު ހުކުމެއް ވެސް ވަނީ އައިސްފަ އެވެ. އެ މައްސަލައިގެ އިސްތިއުނާފް މަރުހަލާތައް އަދި ނުފެށެ އެވެ. އަދި އެ ދެ ބޭފުޅުންނަށް ދައުވާކުރާ އިތުރު މައްސަލަތަކެއް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

18 ކޮމެންޓް, 46 ރިއެކްޝަންސް

icon happy icon happy 72%
icon sad icon sad 2%
icon angry icon angry 26%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޖީތު

21 June 2018

އަމިއްލައަށް ފޭހުނު އިލޮށިގަޑު އަމިއްލަ ލޮލަށް ހެރުނީ. މީގެ ކުރިން ސިޔާސީ ކުށްވެރިންގެ އިސްތިއުނާފު ތަކަށް ތިޔަހެން ހެއްދިވީމާ ދިމާވި ގޮތް. އެހެން ނުހައްދަވާ ކޮންމެ މައްސަލައެއްގެވެސް އަޑުއެހުމެއް ބާއްވަވަމުން ގެންދިވިނަމަ މިއަދު ތިޔަހެން ދިމާ ނުވީސް. ދެރައީ މިހާރު ތިބި ފަޑިޔާރުންނަށް އަދިވެސް އިބުރަތް ހާސިލު ނުވާތީ.

The name is already taken The name is available. Register?

ސާދާސީދާ

21 June 2018

ތިޔަ އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު ޢަލީ ޙަމީދު ތިބި ފަނޑިޔާރުންގެ މަޖުލިސްތަކުން ނޫންތޯ އެތައް ބަޔަކަށް ފަޓާސްބަރިއެއްހެން ޝަރީޢަތްކޮށް، ދިފާޢީ އެއްވެސް ހެއްކެއް ހާޒިރުނުކޮށް ކުރި ޙުކުމްތައް، އަޑުއެހުމެއް ވެސް ނުބާއްވާ، ހައިކޯޓުގެ ނިންމުމަކީ ނިހާއީ ނިންމުމެއްކަމަށާއި އެ ބެލިޔަސް ބަދަލުނުވާނެތީވެ ނުބަލާނެކަމަށް ނިންމީ؟ މިހާރު ތިހުރީ އުއްތަމަ ފަނޑިޔާރުކަން ގެއްްލިފަ! ދެން ލަލަލާ! އަންނި އެހުރީ އަރާމުގަ. ފާއިޒު އެއިނީ ސައިކަލް މަތީ ދަރިފުޅުގޮވައިގެން ހަވީރުފިންޏަށް ބުރުއަޅާލަނީ!

The name is already taken The name is available. Register?

ަސގދސ

21 June 2018

ހެހެހެހެހެ. އަދިވެސް ނުގެއްލެޔޭ. ތީވިހޭއިރު ފޫޅުދަނޑީގައި އެލިފައިއޮތް މަގާމެއްތަ. ހުންނާނީ ރާކަނިމަސް ކެވިފަ.

The name is already taken The name is available. Register?

އިޙްސާންތެރިޔާ

21 June 2018

މާކުރިންވެސް ތިދެމީހުންގެ މަޤާމު ގެއްލިއްޖެ. އަދުލުވެރި ފަނޑިޔާރުންތައް ކޯޓުތަކު ބައިތިއްބާނެ ކަމެއްނެތް. ތި ދެ މީހުންނަށް ނޭންގުނު ޤިޔާމަތް ދުވަސް އަދި އަންނަންއޮތީކަން. މީހުންގެ ފިއްތުންތަކަށް ބިރުގަނެ ނުވަތަ ފައިސާ އާއި ރިޝްވަތު ހިފާމީހުންނަށް ކޮން އަދުލުވެރި ޝަރީއަތެއް ކުރިޔަށް ގެންދެވޭނީ..

The name is already taken The name is available. Register?

ޝުކުރިއްޔާ

21 June 2018

މައްސަލަ ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުންކަމާއި ސުޕްރީމް ކޯޓުގެ ޤަވާއިދު އޮތްގޮތް އެނގޭ ގޮތަށް މިޚަބަރު ގެނެސްދިން ހަމައެކަނި ނޫހަކީ މިއީ. މިހާރު ނޫހަށް ޝުކުރިއްޔާ.

The name is already taken The name is available. Register?

ހަލީމް

21 June 2018

ސްޕްރިއަމް ކޯޓަށް ނިސްބައްކޮށް ގާނޫނު އަސާސީގައި ލިޔެވިފައިވަނީ ކޯޓުގެ ރަޖިސްޓްރާއަށް ނިސްބައްކޮށެއްނޫން އެހެންކަމުން އިސްތިއުނާފް ބަލައިގަނެ އިސްތިއުނާފް ބަލަންޖެހޭ، ޤާނޫނީގޮތުން ތިޔަ މައްސަލަ ފުރިހަމަވާނީ ބެންޗުން މައްސަލަ ބަލައި ގޮތެއް ނިންމުމުން، ސްޕްރިއަމް ކޯޓުން ވިސްނައިގެން ނުވާނެ ޤާނޫނު ސްޕްރިއަމްކޯޓުގެ ފަނޑިޔާރުންގެ ފަހަތުން ނައަންނާނެކަމަށް

The name is already taken The name is available. Register?

ޤާނޫނު

21 June 2018

ތިއޮތީ ޤާނޫނު އެނގިފަ. ލޮލް.

The name is already taken The name is available. Register?

ޢަލިދީދީއައްޑޫސިޓީ

21 June 2018

ކޯޓުތަކުގެ ރަޖިސްޓްރާ އާއި ހިސާބުން މައްސަލަތައް ނިމެންޏާ ކިހާ ރަނގަޅު. ހުރިހާ މައްސަލައެއް ވެސް މިހެން ނިންމަންވީ ނޫންތޯ؟ ރައްޔިތުންނަށް ވެސް އަދި ފަނޑިޔާރުންނަށް ވެސް ވަގުތު ސަލާމަތްވާނެ. ހެއްކެއް ގަރީނާއެއް ވަކީލެއް ބޭނުމެއް ނޫން. އަޑު އެހުންތައް ބާއްވަން ކޯޓު ރޫމް ތަކާއި އެތައް މުއައްޒިފުންނެއް ވެސް ބޭނުމެއްނޫން. މި ސިސްޓަމް މުޅި ރާއްޖޭގެ ހުރިހާ ކޯޓެއްގައި ވެސް ގާއިމުކޮށް ދެއްވަންވީ ނޫންތޯ؟

The name is already taken The name is available. Register?

ހުކުމް

21 June 2018

ޙުކުމް ކިޔާލާ. ރަޖިސްޓްރަރ ގެ ނިންމުމެއް ނޫން ތިއީ. ޙުކުމުގެ ފަހު ޖުމްލައިގަ އޮތީ ފަނޑިޔާރުންގެ މަޖިލިހުން ނިންމި ނިންމުމެއްކަމަށް.

The name is already taken The name is available. Register?

ކަދުރޭ

21 June 2018

5ޖަޖުންނިގެއިއްތިފާގުން ނެރުނު އަމުރުގެ ސަބަބަބުން 2 ޖަޖުން ކުއްވެރިވެ އަނެއް3 ޖަޖުން ކުއްވެރިނުވާ ސަބަބުކޮބާ؟

The name is already taken The name is available. Register?

ދަސްވާރު

20 June 2018

ކޯންޗެއް ތިތިބީ ކިޔަވައިގެން. މަގާމު ގެއްލިއްޖެ. ވަރަށް ސާފު. އިތުރަށް ކުރެވޭނެ ކަމެއްނެތް! ދެން ލަލަލާ...

The name is already taken The name is available. Register?

އަބްދުއްލާ

20 June 2018

ތިޔަ ފަނޑިޔާރުން ވަރަށް މޮޅުވާނެ. އެކަމަކު ވާނުވައެއް ނޭގޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454