25 ޖޫން 2018 - 13:31
ރާއްޖޭގެ އިތުރުން އެހެން ގައުމެއްގެ ރަށްވެހިކަން ހޯދާފައިވާ މީހަކު ބޭރުގެ ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް، ރިއާސީ އިންތިހާބުގެ ގާނޫނު އިސްލާހު ކުރަން ޕީޕީއެމުން މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު، އަދި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކަށް ވެފައި ވާ ނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރުގެ ރައްޔިތުކަން ދޫކޮށްލިތާ 10 އަހަރު ފަހުން ކަމަށެވެ.
ރާއްޖޭގެ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައިވާ ގޮތުން ބޭރު ގައުމެއްގެ ރައްޔިތަކަށް ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އެކަމަކު ބޭރުގެ ރައްޔިތުކަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިހާބުގައި ބައިވެރިވެވޭނީ ވަކި މުއްދަތެއްގެ ފަހުން ކަމަކަށް ކަނޑައަޅާފައެއް ވެސް ނުވެ އެވެ.
ނިހާން ވިދާޅުވީ އެ އިސްލާހު ގެންނަން ނިންމީ ބޭރުގެ ގައުމެއްގެ ނުފޫޒުން ރާއްޖެ އެއްކިބާ ކުރުމަށް ކަމަށެވެ. އަދި އެއީ ރާއްޖޭގެ މިނިވަންކަން ދަމަހައްޓަން ގެންނަ އިސްލާހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިހާންގެ އެ އިސްލާހުގެ އިތުރުން ސަރުކާރުގެ ފަރާތުން ވަނީ އިންތިހާބުތަކާ ބެހޭ ގާނޫނަށް ވެސް ބޮޑެތި އިސްލާހުތަކެއް ހުށަހަޅާފަ އެވެ.
އޭގެ ތެރޭގައި ވޯޓު ކަރުދާހުގައި ޖަހަން ޖެހޭ ފާހަގަ ނޫން އެހެން އެއްޗެއް ކުރަހައިފި ނަމަ ނުވަތަ އެއްޗެއް ލިޔެފި ނަމަ އެ ވޯޓެއް ބާތިލްވުމާއި ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކަކުން އެއް ހަމައެއްގައި ފުރުސަތު ދިނުން ލާޒިމްކޮށް، އަދި ވަކި ކެންޑިޑޭޓަކަށް އިތުރަށް ވަގުތު ނުވިއްކޭ ގޮތަށް ހެދުން ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގަޓުރައީސް
27 June 2018
މަޖިލީހުން ފާސް ނުކުރީމަ ތިކަމެއް ނުވާނެ.
ޙަމައެކަނި
26 June 2018
ހަމައެކަނި ޔާމީނަށް ލެވޭގޮތް ހަދާލާ.... އޭރުން މާ ސަޅިއެއްނުން....
ބައްބު
26 June 2018
ޙުކުމެއްކޮށް ޖަލަށްލާ މީހާވެސް މަޑުކުރަންޖެހެނީ 5 އަހަރު.. އެކަމަކު ބޭރު ގައުމެއްގެ ރައްޔިތުކަން އޮންނަ މީހާ 10 އަހަރު؟
ކޮއެނަލަ
26 June 2018
ކިހިނެތްވާނީ ދިވެހިރާއްޖެއިން ބޭރުން ބިމެއް، ފްލެޓެއް ނުވަތަ ގެއެއް ގަނެފައިވާ ފަރާތްތަކަށް ސިދާ ގޮތުންވެސް ނުސީދާ ގޮތުންވެސް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭގޮތެއް ހެދިއްޔާ.
އޮރެންޖް
26 June 2018
ކިހިނެތްވާނީ ރާއްޖޭގައި ހޮސްޕިޓަަލްތައް ހުއްޓައި ބޭރު ގައުމުތަކަށް ބޭސްފަރުވާއަށް ދާ އެއްވެސް މީހަކަށް (ނިހާންވެސް ހިމަނައިގެން) ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭގޮތެއް ހެދިއްޔާ. އަދި ރައްޔިތުންގެ މަޖިލީހަށް އެ އަތޮޅެއްގެ ރަށް-ވެއްސެއް މެނުވީ ކުރިމަތި ނުލެވޭ ގޮތް ހެދިއްޔާ. މިކޮމެންޓް ކިޔާލީމަ ހީވެދާނެ އަހަރެން ހާދަ އެކްސްޓްރީމޭ. އެކަމު ސިޔާސީ ބޭފުޅުން އެހެރަ ހުށަހަޅުއްވާ ހިޔާލުތަކަކީ ވެސް ހަމަ މިފަދަ ހިޔާލުތަކެއް ނޫންތަ؟
ލޮކިމަސް
26 June 2018
ތިޔަ މަޖިލީހުން މިހާރު ތިޔަ ހިންގަނީ ސީ ބޮޑުވެގެންވާ ޖަރީމާއެއް. މުސާރަ ހަލާުލު ވާނެ ހަމަ އެއްގޮތެއްވެސްނެތް.
ރޮލެކްސްދަރި
26 June 2018
ރާއްޖޭން ބޭރުން ފުލެޓާ ބިން ގަންނަ މެންބަރުންގެ ގޮނޑިގެއްލޭ ބިލެއް އެބަޖެހޭ ފާސްކުރަން ގައުމީ ސަލާމަތައްޓަކާ.
ޢަލީ ނަސީރު
26 June 2018
މަބުނި ވާހަކަ މިއީ. ހުކުމުގެ ބައިސާ އަދި އެބައޮތް! މަންނަ ވާހަކަ ބާއްވާ! ކުރާކައް ނުކުރާކައް ކަމެއް ނޯންނާނެ މި ސަރުކާރުގަ. ގާނޫނު ހަދާނެ ފުއްޓަތްކެއް ޖަހާހެން، އެއްވެސް ކަހަލަ ބިރެއް 10މޭލު ދުރުން ފެނުނަސް! އަދި ކީއް، ފިލްޓަރު ގާނޫނެއްވެސް ހަމަ ހަދާލާކައް ޖެހިލުމެއް ނުވާނެ، ރާއްޖޭގައި ރައީސް ކަމައް ކުރިމަތި ލެވޭނީ، ޔާ އަކުރުން ނަން ފެށޭ މީހުންނައްް އެކަންޏޭ!
މަހްމޫދް
25 June 2018
ހާދަހާވާ ބިރެކޭދޯ ތިގަންނަނީ
ބަނާ
25 June 2018
ރައީސްކަމަށް ކުރިމަތިލާމީހާގެ ތައުލީމީފެންވަރު ކަޑައަޅަންވީނު
ހަމަ ހުވާ
25 June 2018
ހުދު މުހުތާރު ވެރިން އެންމެ ބިރު ގަންނާނީ ވޯޓު ފޮށި ދެކެ އެވެ.