އިބޫގެ ކެމްޕެއިންގައި ބަޔަކާ ސަލާންކުރައްވަނީ
އިންތިހާބު ކާމިޔާބު ކުރެއްވުމަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އެހީތެރިކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިއްޔެ އެދިވަޑައިގަތުމުން، އެ ވިދާޅުވާ ލީޑަރުން ކޮބައިތޯ ސުވާލު އުފެދިއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވޯޓު ލައްވަން ރީ-ރެޖިސްޓްރީ ކުރުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ހަރުގެއަށް ވަޑައިގެން އިބޫ ވިދާޅުވީ "ޕާޓީގެ ލީޑަރުން އިންތިހާބަށް ހިދުމަތް ކުރެއްވުމަށް ތަކުރާރުކޮށް ދަންނަވާ" ކަމަށެވެ.
"ހަމައެއާ އެކުގައި އަދިވެސް ތަކުރާރުކޮށް މި ދަންނަވަނީ މިނިވަން، އިންސާފުވެރި އިންތިހާބަކަށް މި އިންތިހާބު ހެދުމަށް ޕާޓީގެ ލީޑަރުން ހިދުމަތްކޮށްދެއްވާށޭ. އެހެންނޫނީ އަޅުގަނޑުމެން ގަބޫލުކުރާ އިންތިހާބަކަށް މި އިންތިހާބުވެގެން ނުދާނެ،" އޭނާ ވިދާޅުވި އެވެ.
އިބޫގެ ވާހަކާގައި ލީޑަރުންގެ ނަމެއް ވިދާޅެއް ނުވެ އެވެ. އެކަމަކު ކެންޑިޑޭޓެއްގެ ގޮތުގައި އޭނާ ނެގި ފަހުން، އިންތިހާބުގެ ކެމްޕޭންގެ ބައެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަސައްކަތެއް އަދި ނުފައްޓަވަ އެވެ. މިހާރުގެ ހާލަތާ މެދު ދޭތެރެ ދޭތެރެއިން ޓްވީޓް ކުރެއްވުން ފިޔަވައި، އެ ބޭފުޅުންގެ ފަރާތުން އާންމުންނަށް އެއްވެސް ވާހަކައެއް އަދި ނީވެ އެވެ.
ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި ނަޝީދާއި ގާސިމް އަދިވެސް ތިއްބެވީ އިންތިހާބުގައި ވާދަކުރައްވާނެ ފުރުސަތު ލިބިވަޑައިގެންފާނެކަމުގެ އުއްމީދުގަ އެވެ. އެހެންކަމުން އެ ބޭފުޅުން ބޭރުގައި ތިއްބަވައިގެން ކުރެއްވޭނެ އެންމެ ބޮޑަކަށް މަސައްކަތް ފައްޓަވާނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން މިހާރު ހުޅުވާލާފައިވާ ފުރުސަތު ހަމަވުމުން ކަމަށް، އެގޮތަށް ތުހުމަތުކުރާ މީހުން ދެކެ އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވަން އެ ޕާޓީގެ ޕްރައިމަރީ އޮތް ދުވަސްވަރު ނަޝީދު ވަނީ ސްކައިޕް އާއި ފޭސްބުކް މެދުވެރިކުރައްވާ ވަރަށް ބޮޑު ކެމްޕޭނެއް ކުރައްވައިފަ އެވެ. އެކަމަކު އިބޫއާ ގުޅޭ އެފަދަ ކެމްޕޭނެއް ނަޝީދު އަދި ނުފައްޓަވަ އެވެ.
"ލީޑަރުން ހިދުމަތްކޮށްދޭން" އިބޫ ގޮވާލެއްވުމުން އެފަދަ ކަމެއްގައި މިވަގުތު ކިރިޔާ ވެސް އެހީތެރިކަމެއް ވެދެއްވޭނެ ހާލަތެއްގައި ތިއްބެވީ ވެސް ނަޝީދާއި ގާސިމެވެ. އިދިކޮޅު ހަރަކާތުގެ އަނެއް ދެ ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ޖަލަށް ލާފަ އެވެ. އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ހުންނެވީ ބަންދުގަ އެވެ. އެހެންކަމުން މި ކެމްޕޭންގައި އެ ބޭފުޅުންގެ އަޑު އިއްވޭނެ ފުރުސަތެއް ނެތެވެ.
އެކަމަކު އިބޫގެ ވާހަކަ އަމާޒުވަނީ ހަމައެކަނި އިދިކޮޅު ލީޑަރުންނަށް ނޫން ކަމަށް އޭނާގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވި އެވެ. ހާއްސަކޮށް ރައީސް އަބްދުﷲ ޔާމީންގެ ޒިންމާ، އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަން ދަމަހައްޓަން ވަރަށް މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަކި ބަޔަކު އިސްތިސްނާވާ ގޮތަކަށް ނޫން އެ ވާހަކަތައް ދެއްކެވީ،" މާރިޔާ ވިދާޅުވި އެވެ.
"ހުރިހާ ބޭފުޅުން ވެސް އެބަ މަސައްކަތް ކުރައްވަން ޖެހޭ މިނިވަން، އިންސާފުވެރި އިންތިހާބަކަށް. ރައީސް ޔާމީން އެބަ ޖެހޭ އަދި ވަކިން ހާއްސަކޮށް މިއީ އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ފުރުސަތު ހުޅުވާލަން."
ޕީޕީއެމްގެ މަޖިލިސް މެމްބަރެއް ކަމަށްވާ އަދި އެ ޕާޓީގެ ތަރުޖަމާން އަލީ އާރިފް ވިދާޅުވީ އިބޫގެ ވާހަކަތަކުން އިދިކޮޅު އިއްތިހާދު ތެރޭގައި އޮތް ބައިބައިވުން ހާމަވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގޭ އިއްތިހާދޭ ކިޔައިގެން އުޅުނު ނަމަވެސް ހަގީގަތުގައި ބައިބައިވުން އުފެދިފައިވާކަން. ނަޝީދު ބޭނުންފުޅުވޭ އަމިއްލަފުޅަށް ވެރިކަން ކުރައްވަން. ގާސިމް ވެސް ހަމަ އެގޮތަށް،" އާރިފް ވިދާޅުވި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އަބްދުއްލާ
18 July 2018
މުހައްމަދު ސިހާބު ކަހަލަ ބޭފުޅަކު ނެރުނު ނަމަ މީހުންގެ އިހުތިރާމް ތަންކޮޅެއް ބޮޑުވީސް . އިބޫމީ ދެންކާކު ؟ރަނިންމޭޓަކ ނެގިމީހާ އަކީ ކިހާވަރެއްގެ މީހެއް ؟ ދެން ރައްޔިތުންގެ ބޯ ނުގޮވާނެތަ ؟
ޖަލީލް
18 July 2018
ފަހުވަގުތު ކުއްވެރިންނައް ކުރިމަތިލެވެޔޭ ކިޔާފަ އިބޫ އަތުންނާއި ފައިސަލް އަތުން ޓިކެޓް އަތުލައިފީޔާ.. މަވާ ހޯހޮ.. ކޮބާ އަދުލު..? ކޮބާ ހަމަހަމަކަން?
ބޭނުމެއްނޫން
18 July 2018
ރައްޔިތުން ވެރިކަން ހަވާލު ކުރަން ބޭނުމެއް ނޫން ނަޝީދަކާ. ވީމާ އިބޫވެސް ވެރިކަން ބޭނުންވެލައްވަންޔާ 5އަހަރުގެ ފުލްޓާމަކަށް ކެމްޕޭން ކުރައްވާ އަޅުގަނޑުވެސް ތާއީދު ކުރާނަން. އެކަމަކު ދޮޅުއަހަރުން ފައިބަން މަޖުބޫރުކޮށް ގައުމު ސިޔާސީ ހަލަބޮލިކަމަކަށް އެއްލާލުމަށްވުރެ ޔާމިނު އަލުން ހޮވުންވެސް ރަނގަޅު. އަހަރެމެން އާންމުނަށް ވެރިކަން ފުރޮޅާލުމުން ލިބެނީ ހުސް ގެއްލުން... ވިސްނަވާ!
ފަރީދާއްތަ
18 July 2018
އިބޫ ވިސްނައިގެން އުޅޭތި.. ވެރިކަމުގެ ދަހިވެތި ކަމުގަ އިބޫގެ ޒަމާން ދުއްވާލާނީ ވެސް ހަމަ އަންނި އާ ޤާސިމް.. ވެރިކަމަށް އައިސްފި ނަމަ ޕަޕެޓަކަށް ނުވާތި. މީ މަގޭ ނަސޭހަތް
ބަފާބެ
18 July 2018
އެއްކަލަ ޝާހިދުވެސް އިބޫ ބޮލަށްޖަހާލާފަ ފިލީ އުތަ!
ދަތްނެތްކުއްޖާ
18 July 2018
ދަރިންނޭ ހާސްނުވޭ ! ރަޢީސް ނަޝީދު ކުރިމަތި ލާނެ. އަދި ﷲ ގެ ރަޙުމަތުން މި ވެރިކަން ރައްޔިތުން ނިމުމަކަށް ގެންނާނެ. އަދި ޤާނޫނުގެ ދިގު އަތް ވެސް ފޯރާނެ އެބަޔަކަށް.
ޕައްލަމްބެގެ ބުރޯ
18 July 2018
އެމްޑީޕީ ވެރިކަމަށް އައި އިރު އެޕާރޓީގެ ވެސް އެޕަރޓީއަސް ނޭގުނު ކޮބާކަން ވެރިންނަކީ އެހެންވެ އަބަދު އުޅުނީ މަގުމަތީ މުޒަހަރާ ކުރަން ރައީސް މީހާ ވެސް ގޮވަނީ މުޒާހިރާއަސް ނިކުންނާށޭ ،އެގޮތައް މިހާރު އިބޫ އަށް ވެސް އޮޅީއްޖެ އެގޮވަނީ ލީޑަރުން ނިކުންނާޝޭ ބަލަ މީބޭފުޅާއި ފައިސްލު އާއި ދެބޭފޫޅުން އަތްމައްޗައް އިއްތިހާދުގެ ލީޑަރުކަން ދިނީމަ މިގޮވަނީ ކޯނޗެކޭތަ،؟
ސައިނީ
18 July 2018
ގޭގެ އޮއްވާ ތިހިރީ ލީޑަރޭ ބުނީމަ ނުވިކޭނެ ދޯ އެބަޖެހޭ ކުރިޔާލާ މެނީހާ އިގެން ރާއްޔިތުންނަށް ޕާޓީއަކަށް ނޫން އެހެން ނޫނީ ވޯޓް ސަލާމް
ޕަޕެޓް
18 July 2018
މިޤައުމަށް ބޭނުން ވަނީ ކުޅަދާނަ ލީޑަރެއް. އެހެން ބައެއްގެ ކޮމާންޑަށް މަސައްކަތް ކުރާ ޕަޕެޓެއް ބޭނުމެއް ނޫން.
މުރާސިލް
18 July 2018
ތިޔަ ވިދާޅުވާ ލީޑަރުން ތިބީ އަމިއްލަ އެދުމުން ފޯވެފައެވެ. އަދިވެސް ތިބީ ވެރިކަން ގެނެސް އަތްމައްޗަށް ލައިދެނެކަމުގެ ފޮނި އުއްމީދުގައި ''އަވާމެންދުރު'' ބަލާލަ ބަލާލަ އެވެ. (އަވާމެންދުރުގެ މާނަ: ސަހަރާފަދަ ހާމަޔަށް ހުންނަ ބައެއް ބިމަށް ގަދަޔަށް އަވިދީފައި އޮންނައިރު ފެންނަގޮތެއް. މިފެންނާނީ ފެންގަނޑެއްހެންނެވެ. ކައިރިވީވީހެން ފެންގަނޑުދުރުވާހެން ހީވާނެއެވެ.)
ހަޅަލަ
18 July 2018
އެމް.ޑީ.ޕީއަށް ސަޕޯޓް ބޮޑު ހިސާބަށް އިބޫ ދިޔުމުން ފެނުނު މަންޒަރުން ލީޑަރުން އެހޯދަނީ..ދެން އެހެން ހިސާބުތައް ދެން ވިސްނާލާ ވާނެވަރު.
ވަރުދާ އުކުޅަސް
18 July 2018
ތިޔަ ރޭޓުން ވެރިކަން ލިބިވަޑައިގަންނަވާއިރު އިންނަވާނީ ގުރައިދޫގަ ނޫންތޯ؟ މުޅިން ގޯހެއްނު.. އަމިއްލަ އަށް ތިޔަ ޒިންމާ ނުނެގޭ އަންނި މެންގެ ޕަޕެޓަކަށް މަގޭ ސަޕޯޓެއް ނޯންނާނެ.. ސޮރީ.. ދޭން އޮތް ވޯޓުވެސް ތިޔަ ގެއްލުނީ