ފިތުުރޯނުމަގުގައި ހުރި ސްޕީޑް ބަމްޕަރެއްގެ ކުލަ ވެއްޓިފައިވާއިރު، މަގުމައްޗަށް ހިލަ އެޅިފައި: މިއީ ގިނަ ބަޔަކު މިހާރު ކަންބޮޑުވުން ފާޅުކުރަމުން އަންނަ މައްސަލައެއް
29 ޖުލައި 2018 - 17:12
ހުޅުމާލޭގައި ހުރި ސްޕީޑް ބަމްޕަރުތަކުގެ ކުލަ ވެއްޓި، އެތަންތަން ފާހަގަ ނުވެ އެކްސިޑެންޓްތައް ހިނގަމުންދާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ހުޅުމާލޭގައި އެންމެ ފަހުން ހިނގި އެކްސިޑެންޓުގައި ވެސް ޒުވާނަކު މަރުވީ އޭނާ ދުއްވި ސައިކަލު، ފިތުރޯނުމަގުގައި ހުރި ބަމްޕަރު މަތިން ކައްސާލައިގެން ވެއްޓި އެވެ. ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ އެ ސައިކަލު ކޮންޓްރޯލްނުވެ، ބަމްޕަރު މަތިން ކައްސާލައިގެން ވެއްޓުނު އިރު އެ ބަމްޕަރު ހުރީ ދުރަށް ފާހަގަވާ ގޮތަކަށް ނޫނެވެ. އެއީ އެ ސަރަހައްދުގައި އަލި މަޑުވެފައި، ބަމްޕަރު މަތީގައި ލާފައި ހުރި ރީނދޫކުލަ ފޮހެވިފައިވާތީ އެވެ.
ހުޅުމާލޭގެ ބަމްޕަރެއް: އަލިކަމެއް ނެތުމުގެ ސަބަބުން ވެސް މިތަންތަން ފާހަގަކުރަން އުނދަގޫ
ހުޅުމާލޭ ބޭރު މަގު ނުވަތަ ފިތުރޯނު މަގުގައި ގިނަ ބަމްޕަރުތަކެއް ހުރި ނަމަވެސް އޭގެ ތެރޭގައި ގިނައީ، އެ މަގުގައި ހަދަމުން އަންނަ ބައެއް އިމާރާތްތަކުން ފެން ބޭރުކުރުމަށް، މަގުހުރަސްކޮށް އަޅާފައިވާ ހޮޅިތައް ފޮރުވާ ބަމްޕަރުތަކެވެ. ދުވެލި މަތަކުރާ ބްރޭކަރެއްގެ ބަދަލުގައި، އެއީ ހޮޅިތައް ފޮރުވުމަށް އަޅާފައި ހުރި ބަމްޕަރުތަކެއް ކަމުން، ބައެއް ތަންތަން ހުރީ ވަރަށް އުސްކޮށެވެ. އަދި ބައެއް ބަމްޕަރުތަކުގެ ހުރަހަށް، ގާތްގަނޑަކަށް އަށެއްކަ ފޫޓު ހުރެ އެވެ. މިއީ ބޮޑެތި ބަމްޕަރުތަކެއް ނަމަވެސް، އޭގެ މަތީގައި ލާފައި ހުރި ކުލަތައް ފޮހެވިފައި ހުރުމުން ގިނަ ފަހަރަށް އެތަންތަން ފާހަގައެއް ނުކުރެވެ އެވެ.
"ބަމްޕަރެއް އިންނަކަން ވެސް މި އެނގެނީ 15 ވަރަކަށް ފޫޓު ކައިރިއަށް އައުމުން. އޭރުން ސްޕީޑް ދަށްކުރަން ވެސް އޮންނަނީ އުނދަގޫވެފައި. ދެން ގޮސް އޭގެ މައްޗަށް އަރައި ކައްސާ މި ލަނީ،" ހުޅުމާލޭގައި ދިރިއުޅޭ މީހަކު ބުންޏެވެ.
ފިތުރޯނު މަގުގެ ބައެއް ސަރަހައްދުތަކުގައި، ލައިޓް ހަރުކޮށްފައި ހުރި ނަމަވެސް، މަގުމައްޗަށް އަލި އެޅިފައި ހުންނަ ގޮތުން ވެސް ބަމްޕަރުތައް ފާހަގަ ކުރަން އުނދަގޫވެ އެވެ.
ހުޅުމާލޭގައި އުޅޭ އެހެން ޒުވާނަކު ބުނީ އެ އަވަށުގައި އާއްމުކޮށް ސައިކަލު ދުއްވާ މީހުންނަށް، ބަމްޕަރުތައް ހުންނަ ސަރަހައްދުތައް އެނގުނު ނަމަވެސް، މަދުން ދުއްވާ މީހުންނަށް އެތަންތަން ފާހަގަ ކުރަން އުނދަގޫވާނެ ކަމަށެވެ. އަދި އެ ކަމުގެ ނުރައްކާތެރިކަން އޭނާ ފާހަގަ ކުރި އެވެ.
ހުޅުމާލޭ ފިތުރޯނުމަގުގައި ހުރި ސްޕީޑް ބަމްޕަރެއް: ވަރަށް ކައިރިވުމުން ނޫނީ މި ތަނުގައި ބަމްޕަރެއް ހުންނަ ކަމެއް ނޭނގޭ
ހުޅުމާލޭގެ ބަމްޕަރުތަކުގައި ކުރިން ލާފައި ހުރީ ރީނދޫކުލަ ނަމަވެސް ފަހުން ވަނީ ހުދު ކުލައަށް ބަދަލުކޮށްފަ އެވެ. އަދި ގިނަ ބަމްޕަރުތަކުގައި ލާފައި ހުރި ހުދު ކުލަ ފޮހެވިފައިވާއިރު، ރީނދޫ ކުލަ ވެސް ގިނަ ތަންތަނުން މިހާރު ވަނީ ފޮހެވިފަ އެވެ.
ބަމްޕަރުތަަކުގެ އިތުރުން، ހުޅުމާލޭގައި ހަދަމުން އަންނަ ބައެއް އިމާރާތްތަކަށް ގެންދާ ހިލަ މަގުމައްޗަށް އެޅޭ މަައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ. އެކަމަކު މިކަންކަމާ ގުޅޭގޮތުން، ހައުސިން ޑިވެލޮޕްމެންޓްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނަ
30 July 2018
ސައިކަލު ދުއްވާއިރު ހެލްމަޓު އަޅަންވީ!
މުކައްބަ
30 July 2018
" ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ އެ ސައިކަލު ކޮންޓްރޯލްނުވެ، ބަމްޕަރު މަތިން ކައްސާލައިގެން ވެއްޓުނު އިރު އެ ބަމްޕަރު ހުރީ ދުރަށް ފާހަގަވާ ގޮތަކަށް ނޫނެވެ." އެއްވެސް މީހަކު ބާރު ސްޕީޑްގައި ދުއްވަންޖެހޭތަ؟ ހުޅުމާލޭގެ އެމަގުން ސައިކަލުގައި ދަތުރުނުކުރާ މީހަކު އުޅޭނެހެނެއް ހިޔެއްނުވޭ. ބަމްޕަރު ހަދާފަހުރިކަން ނެނގޭ މީހަކު ވެސް އޭގެތެރޭގައި ހުންނާނެހެން ހިޔެއްނުވޭ. މިދާވަރުން ދަންޏާ " ކަނޑުދަތުރު ކުރާއިރު މޫސުން ގޯސްވެ ކަނޑުގަދަވެ ދަތުރުނުކުރެވޭ ހިސާބަށް ދިޔައިމަ ދެން ފެންނާނީ ކަނޑުގަދަވެގެން ހިތްހަމަނުޖެހިގެން ގިނަބަޔަކު އުޅޭވާހަކަ ތޯއްޗެއް.
ޙަސަން އަޙްމަދު
30 July 2018
ބާރަށް ދުއްވާކަށް ނުޖެހޭ. އެކަމަކު އޭގެ މާނައަކީ އަނދަވަޅު ހަދާފަ ބަހައްޓާށެކޭ ނޫން. އަހަރެމެން މަޑުން ދުއްވާ މީހުނަށް ވެސް އެރުނީމަ ނޫނީ ނޭނގޭ ތަންތަން ހުޅުމާލޭގަ މަދެއް ނޫން.
އެއްމިލިއަން ދެރުފިޔާ
30 July 2018
އެއްވެސް މީހަކު ދުއްވަން ނުޖެހުނަސް ދުއްވާތަން މިފެންނަނީ، ހަމަ ގައިމުވެސް މީހުން މަރުވާލެއް މަދުވާނެ ބަންޕަރު ތައް ރަނގަޅު ކޮށްފިއްޔާ. މިސާލަކަށް ފަލަމީހަކު ހާޓް އެޓޭކެއް ޖެހިގިން ދިއައިމަ ޑޮކްްޓަރުން އެމީހާ ގެއް ފޮނުވާނުލާނެ ދޯ މާފަލައޭ ކިޔާފަ، ދޭންވާފަރުވާއެއްދީފަ ނަސޭހަތްތެރިވާނީ.
ޒަރީރު
30 July 2018
އެޗްޑީސީ ކޮންކަމެއްކުރަނީ ރައްޔިތުންގެ ފަސޭހަކަން މިހާރު ހުޅުމާލޭގެ އެއާރޕޯޓާވީކޮޅުގައި މީހުން އާބާދުވެ އެއްކޮށް ފުރިއްޖެ އެކަމަކުވެސް ބަސްޓޮޕެއް ކައިރި ހިސާބަކުވެސްނެތް..އަންޒަމާން ކަރައިގަ ހެދި ބަސްޓޮޕްތައް. އިތުރު ބަސްޓޮޕްތަކެއް ހެދިއްޔާކީއްތަވާނީ؟؟ އެއްމެންނަކީ މުއްސަދިންނޫން އަބަދު ޓެކްސީގެ ދަތުރުކުރަން.
ޝިފާޢު
30 July 2018
ހުޅުމާލެ ކުރިން ކިތަންމެ ރީއްޗަސް މިހާރު އެކަން މަޑުމަޑުން ފަނޑުވަމުން އެދަނީ މަގުތައް އަޅާނުލެވި ދޫވަމުން ދާތީވެ. މަގުމަތީގަ މަގު ވަކިކުރަން ކުރަހާ ކުރެހުމަކީ މަގުތަކު ހައިބަތު ވަރަށް ބޮޑަށް ދައްކައިދޭ ކަމެއް. އަދި އޭގެ އެންމެ މުހިންމު ކަމަކީ މަގުމަތީގެ ރައްކާތެރިކަމަށް ވެސް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް. މަގުގެ ދެފަރާތުގެ ބަގީޗާ ހައްދާ އެ ބަލަހައްޓަމުން ދާގޮތަށް އެޗްޑީސީން ރަނގަޅު ޕްލޭނެއް އެކުލަވާލާ މަގުތަށް އިންސްޕެކްޓްކޮށް ރެގިއުލާ މެއިންޓަނަންސް ޕްލޭނެއް ގެންގުޅުމަކީ ވަރަށް މުހިންމު ކަމެއް.
އަލީމާ
30 July 2018
އެޗް.ޑީ.ސީ އިން މިހާރު ކަން ކުރާނީ ޕީ.ޕީ.އެމް އިން ބޭނުންވާގޮތަކަށް. ތަރައްޤީއޭ ކިޔާފަ މަގުތަކުގަ ތާރު އެޅިޔަސް ނުވާނެ. ޒަމާނީ ފެންވަރަށް މަގު ހަދަންޏާ ސްޓޭންޑަޑަށް ފެތޭ ގޮތަށް މަގު ކުރަހާ ހުންނަންޖެހޭ ސައިން ބޯޑު ހަރުކުރެވި ރަނގަޅަށް މަގުގެ މެއިންޓަނަންސް ވެސް ބެލެހެއްޓެން ވާނެ. މިކަން ކަމަކީ ވަކި ޕްލޭނެއްގެ ދަށުން އަބަދުވެސް ކުރިއަށް ގެންދަން ޖެހޭ ކަންކަން. ބައެއް މަގުތަކުގެ ބަމްޕަރު ކައިރީ މަގުގެ ޓޮޕް ލޭޔާރ ހަލާކުވެ ތޫނު ހިލަތައް ފެންނަން ހުންނަ އިރު ވެސް ރިޕެއަރ ކޮށް ނުލެވޭ. ރަނގަޅު ޕްލޭނެއް އޮތަސް ކަންކަން ނުކުރެވެނީ ސަރުކާރުގެ ނުފޫޒު ކުންފުނި ތަކަށް އިންތިހާއަށް ކުރިމަތި ކޮށް ކުންފުނީގެ ޕްލޭނަށް ވުރެ ސަރުކާރު ނުވަތަ ވެރިކަން ކުރާ ޕާޓީން ބޭނުންވާ ގޮތަކަށް ކުންފުނިތަކުގެ މަސައްކަތް ބައްޓަން ކުރަން ޖެހުން.
ޔާނާ
30 July 2018
ބާރަށް ދުއްވުން ވެސް ގޯސް. ބަމްބަރުތައް ފެންނަން ޖެހޭ ! އެޗްޑީސީ ކެންޕޭނު ކުރުމުގަ ހުސްވުން ގޯސް ! މަގުތައް އަލި މަޑުކަން ގޯސް ! ބާރު ސްޕީޑް ޑްރައިވަރުން ޖުރިމާނާ ނުކުރުން ނުހުއްޓުވުން ގޯސް ! ވަރަށް ގޯސް ! ޖުމްލަ ކޮށް ސަރުކާރު ގޯސް !
ައަބްދުﷲ
30 July 2018
މީ ރަނގަޅުވާހަކަތަކެއް. މަގުތަކުގައި އެހާ އަލިމަޑު. ދެން މިހުންނަނީ ހުދުއަލީގެ ލެޑް ލައިޓް ހަރުކޮށްފަ. އެލައިޓްތަކުގެ ވިސިބިލިޓީ ވަރަށްދަށް. ބަމްބަރތަކުގެ ދަވާދު މިހުރީ ދުވަސްވެ އާ ކުރަންވެފަ. މަގުތަކުގެ ސާފުތާހިރުކަމެއްނެތް. ކުދިހިލަކޮޅުތަކުން ބައެއްމަގުތައްފުރި ވެހިކްތަކަށް ވަރަށްގެއްލުންވޭ. މިކަންތައް މޮނިޓަރކުރާ ފަރާތުން މިކަންކަން ރަނގަޅުކުރާތީނުފެނޭ. އަހަރީ ފީއާ ރޯޑްވޯރތުނެސް ފީ ނަގަނީ ކީއްކުރަންބާއޭ ހިތައްއަރާ މިކަންތައް ރަނގަޅުނުކުރާތީ. އެޗް.ޑީ.ސީ އިން މިކަންކަން ރަނގަޅުކުރާނެކަމަށް އުންމީދުކުރަން. ދުއްވާމީހުންވެސް މަގުތަކުގެ ކޮންޑިޝަނަށްބަލައިގެން މަޑުއްދުއްވުމަށް ސަމާލުވޭ!!!.
ނަހުމަތު
29 July 2018
ބަމްޕަރު އެކަނިތަ ކޮބާ މަގުމަށްޗަށް އެޅިފާ ހުންނަ ހިލަ ކީވެ އެވާހަކަ ނުކިޔަނީ.އޭގެ ސަބަބުން ދުވާ އެއްޗިއްސަށް ގެލުމެއް ނުވާނެތަ.މިވެސް ރަގަނޅު ކުރަންވެފާ ކަންތައް.މިހެންގޮސް ކިޔާނެ ކަމެއްނެތް ބައިވަރު އެބަހުރި ރަގަނޅު ކުރަންޖެހޭ ކަންތަށްތައް.
ފަސްކުޅަނދު
29 July 2018
ދޮންވެލި ރައްތަކުން އަންނަ ޒުވާނުންނަށް ތާރު އަޅާފަހުންނަ މަގުތައް އަލަށް ފެނުނީމާ ދިމާވާ މައްސަލަ މިއީ.
އަހުމަދު77
29 July 2018
ބަންޕަރުތައް ގޯސްވީ. ބަލަ ތި ބަންޕަރުތަކުންވެސް ގެންލުން ލިބެނީ ގަވައިދާ ހިލާފަށް ދުއްވާ މީހުންނޭ.