އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް، އެ ކޮމިޝަންގެ ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި އަލީ ނަޝާތު، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަންކުރައްވައިފި އެވެ.

ޖުމްލަ ފަސް މެމްބަރުން ތިއްބަވާ ކޮމިޝަންގައި ހުސްވެފައި އޮތް މަގާމަށް ނަޝާތު އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކުރީ އިއްޔެ އެވެ. އެގޮތުން އޭނާގެ ނަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ 32 މެމްބަރުންގެ އިއްތިފާގުންނެވެ.

އީސީ އަށް އާ މެމްބަރަކު އައްޔަން މިކުރެއްވީ ކޮމިޝަންގެ މެމްބަރަކަށް ކުރިން ހުންނެވި މުހައްމަދު ޝަކީލް މިިދިޔަ މެއި މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މެމްބަރު ކަމުން އިސްތިއުފާ ދެއްވުމާ އެކު ޝަކީލް ވަނީ އިކޮނޮމިކް މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހަމަޖައްސަވައިފަ އެވެ.