އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުކަމަށް ކުރިމަތިލާން ދެ ވަނަ ފަހަރަށް ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

އީސީގެ ރައީސްކަމުން އަހުމަދު ސުލައިމާން އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ މަގާމަށް ކުރިމަތިލާން ރައީސް އޮފީހުން އެންމެ ފުރަތަމަ ހުޅުވާލީ މިިދިޔަ މަހު އެވެ. އެކަމަކު އެ ފުރުސަތުގައި އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައިނުވާކަން ރައީސް އޮފީހުން ބުނެ އެވެ.

ދެ ވަނަ ފުރުސަތުގެ މުއްދަތު އޮތީ އަންނަ ބުރާސްފަތިދުވަހުގެ ނިޔަލަށެވެ.

އީސީގެ މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރު ވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ނުވަތަ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ނުވުން ހިމެނެ އެވެ.