ރާއްޖޭގެ ސުޕްރީމް ކޯޓު: ރަސްމީ މަސައްކަތު ގަޑި ވަނީ ބަދަލުކޮށްފައި
31 ޖުލައި 2018 - 23:01
ޝަރުއީ ދާއިރާގައި މިހާރު އޮންނަ ރަސްމީ މަސައްކަތު ވަގުތުން އެއް ގަޑިއިރު މަދުކޮށް، މާދަމާ އިން ފެށިގެން ދުވާލަކު ހަ ގަޑިއިރު މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ޝަރުއީ ދާއިރާގެ ރަސްމީ މަސައްކަތު ގަޑިއަކީ މާދަމާ އިން ފެށިގެން ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަށް ކަމަށް ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ ކަމަށެވެ.
މި ބަދަލާ އެކު ޝަރުއީ ދާއިރާގެ މުވައްޒަފުން މަސައްކަތް ކުރާނީ، ސިވިލް ސާވެންޓުންނާ އެއް ވަރަށް ރަސްމީ ކޮންމެ ދުވަހަކު ހަ ގަޑި އިރެވެ. ކުރިން ޝަރުއީ ދާއިރާގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން މެންދުރު ފަހު 3:00 އަށެވެ.
ޑީޖޭއޭ އިން މިއަދު ނެރުނު އެންގުމުގައި ބުނެފައިވަނީ މަސައްކަތު ގަޑި އަށް ބަދަލު ގެނައުމުން، ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން ކޮންމެ މުވައްޒަފަކަށް ވެސް މެންދުރު ފަހު 12:00 އިން 1:00 އާ ދެމެދު 30 މިނެޓުގެ ހުސް ވަގުތުކޮޅެއް ދޭން ޖެހޭނެ ކަމަށެވެ. އަދި ކޯޓާއި އިދާރީ މަސައްކަތް މެދުނުކެނޑި ހިނގާނެ ގޮތެއްގެ މަތިން ހުސް ވަގުތުތައް ހަމަޖެއްސުމަށް ވެސް އެދިފައިވެ އެވެ.
ރަސްމީ މަސައްކަތު ގަޑި އަށް ބަދަލުގެނައި ނަމަވެސް، ޝަރުއީ ދާއިރާގައި ޑިއުޓީ އުސޫލުން މަސައްކަތް ކުރާ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ އެ މުވައްޒަފަކު ޑިއުޓީކުރަން ހަމަޖެހިފައިވާ ވަގުތު ކަމަށް އެ އެންގުމުގައި ބުނެފައިވވެ އެވެ.
"ވީމާ، އޮގަސްޓް 01، 2018 ވަނަ ދުވަހުން ފެށިގެން ޝަރުއީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކުން މި ބަދަލާ އެއްގޮތަށް އަމަލުކުރައްވަމުން ގެންދިއުމަށް ދެންނެވީމެވެ،" އެންގުމުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޭމްކަރު
01 August 2018
ސިވިލް ސާވަންޓުންނަށް ހަޖަމަނުވަނީ...ޝަރުއީ ދާއިރާގެ މުސާރަ ބޮޑުވީމާ
ބަލާމީހާ
01 August 2018
އަދިވެސް މައްސަލަތައް ހިނގާލެއް އަވަހީހަމަ . ރައްޔިތުންގެ ޚިދުމަތުގައި ބަރަށް ކުރިޔަށް.
އާދު
01 August 2018
ސިވިލް ސާވިސް އާއި ސަރުޢީ ދާއިރާގެ މުސާރާގެ ފަރަގު ވަރަށް ބޮޑު، ހަމަ ހަމަ ކަމެއް ނެތް ޤައުމެއް...
އެރި
01 August 2018
1- ލިވިން އެލަވަންސް 2 އެހެން ވަޒީފާއެއް އަދާނުކުރަންކަމަށްބުނެ ދޭ އެލަވަންސް 3- ޝަރުއީދާއިރާގެ އެލަވަންސް ނިކުންނަ ކޮންމެ ދުވަހަކަށް 100ރ ގެ އެލަވަންސް މިއިން އެއްވެސް އެއްޗަކަށް ބަދަލެއް ނާދޭ މަސައްކަތުގެ ވަގުތު ކުޑަވީ
މުވައްޒަފު
01 August 2018
އެރި، މަށަކަށް ތިބުނާ އެހެން ވަޒީފާއެއް އަދާނުކުރަންކަމަށް ބުނެ ދޭ އެލަވަންސް އަދި ނިކުންނަ ކޮންމެ ދުވަހަކަށް ދޭ 100ރ ގެ އެލަވަންސް އެއް ނުލިބޭ. މަމި އުޅެނީ ޝަރުޢީ ދާއިރާގަ އެއް ނޫންބާ؟؟؟؟
މުސްތަފާ ބެ
01 August 2018
ބަންދު ކޮށްލާ.. ކުރަންޖެހޭ ހުކުމެއް ކުރަން ވުމުން ހުޅުވާލާ. މަސީހު ހަދާނީ ވެސް އެހެން ތާއެވެ؟
ރއޖތރ މހ
01 August 2018
ވަރަށް ރަނގަޅު ވާހަކައެއް. އެހެނިހެން ގައުމުތަކުގައި މީސްމީހުން ލާރިހޯދަނީ ހާދަ ބުރަ މަސައްކަތެއްކޮށްގެނޭ.
ޚިޔާލެއް
01 August 2018
ޢެހެންވިއްޔާ މުސަރަވެސް ކުޑަކުރަންޖެހޭ.
ސިވިލް
01 August 2018
ސިވިލް ސާވިސް އާއި އެއްވަރުގެ މަސައްކަތު ގަޑި ކަނޑައެޅި ގޮތަށް ސިވިލް ސާވިސް މުވައްޒަފުންނަށް ނުލިބޭ އެލަވަންސް ކަނޑާލަން ނިންމި ނަމަ ތީވަރަށް ރަގަޅު ނިންމުމެއް. ޢަމިއްލަ ރަށުގައި ދިރިއުޅުނަސް ލިވިންގ އެލަވަންސް ލިބޭ ޝަރުއީ ދާއިރަގެ މުވައްޒަފުންނަށް. ސިވިލް ސާވިސްގެ މުވައްޒަފުންނަކަށް ނުލިބޭ. ޢެއްފަންތީގެ ދެދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ހަމަހަމަ ނުވުމަކީ ވަރަށް ދެރަ މައްސަލައެއް.
ޝަރުޢީ ދާއިރާ
01 August 2018
ރަނގަޅަށް ކަންކަން ބަލާފަ ވާހަކަ ދައްކާ. ސިވިލް ސާރވިސްގަ މުސާރައިގެ %100 އިތުރު ގަޑިއަށްލިބޭ. އަހަރުމެންނަށް މީގެ ލުރި ލިބުނީ %75 އަދިވެސް ސިވިލް އަށް ލިބޭ އިތުރުގަޑިގެ އެލަވަންސް އަށްވުރެ ކުޑަ އިންސައްތައެއް ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް ލިބެނީ
އިންސާފުގެ
01 August 2018
މި މީހުންގެ ގަޑި މަދުކޮށް އިތުރު ގަޑި މައްޗަށް ޖައްސާ، އެކަމަކު ނަރުހުންގެ މަސައްކަތު ގަޑިއިތުރު ކޮށް އެލަވަންސްތައް ވެސް ކަނޑާލަނީ.
މުސާރަ
01 August 2018
މުސާރަ ބޮޑުކުރުމުގެ ގޮތުން، ނުބުނެ އޮވަރޓައިމްބައި ޖައްސާލީދޯ މައްޗަށް