ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ ރަނގަޅުވަމުންދާ ކަމަށް މެޓުން ބުނޭ-- ފައިލްފޮޓޯ/މިހާރު
19 އޯގަސްޓް 2018 - 10:32
މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވަމުން އަންނަ ކަމަށާއި އީދު ދުވަހުން ފެށިގެން މުޅި ރާއްޖޭގެ މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން، މިއަދު ބުނެފި އެވެ.
މިއަދު ހެނދުނު 10 އިން މާދަމާ ހެނދުނު 10 އަށް މެޓުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު ރާއްޖޭގެ ބައެއް ހިސާބުތަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ އެވެ. އެކަމަކު މެޓުގެ އޮފިޝަލަކު ވިދާޅުވީ އީދު ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ދުވަސްވަރު ރާއްޖޭގެ ކަނޑުތައް ގަދައީ އުތުރަށެވެ. މެޓުން ބުނާ ގޮތުގައި ދެކުނު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނީ އާދައިގެ ވަރަކަށެވެ.
އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13-23 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރާ އިރު ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ ގަޑިއަކު 7-17 މޭލަށް ކަމަށް ވެސް މެޓުން ބުނެ އެވެ.
މެޓުުން ބުނާ ގޮތުގައި ކޮޅިގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ އެވެ.
ބޮޑު އީދަށް ރާއްޖޭގެ އެކި ސަރަހައްދަށް ކުރާ ދަތުރުތައް މިހާރު ވަނީ ގިނަވެފަ އެވެ. އެހެންކަމުން މޫސުމަށް ބަލައިގެން ދަތުރުކުރަން މެޓުން އިލްތިމާސްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންކުޅި
19 August 2018
އީދަށްމޫސުންރަނގަޅުނުވެއްޖެއްޔާ ؟
މެޓް
19 August 2018
މެޓް އޮފީހުން ތިހެން ބުނިތަ؟ އެހެންވިއްޔާ އެންމެ ވިއްސާރަވާނީ ޢީދު ދުވަހު.
އާދަނު
19 August 2018
ތި ގޯސްވީ. މެޓް އޮފީހުން ބުނާގޮތަކަށް ދުވަހަކުވެސް ނުވާނެ
ޔޫސޭ
19 August 2018
ރަނގަޅު ކޮބާހޭވެފަ؟؟؟؟
އައިސޭ
19 August 2018
އަދި ބޮޑި އީދު ނާދޭ އިނގޭތޯ؟