ޚަބަރު / ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ހަނގުރާމަވެރި ހަތަރު ލީޑަރުން ގެންގުޅެން މިއީ އަފްޣާނިސްތާނެއް ނޫން: ޝަހީމް

ޑރ. ޝަހީމް ޖަލްސާގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ހަނގުރާމަވެރި ހަތަރު ލީޑަރުން ގޮވައިގެން އުޅެން، ދިވެހިރާއްޖެއަކީ އަފްޣާނިސްތާން ނޫން ކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަނަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ފާޑުވިދާޅުވެއްޖެ އެވެ.

ރަށްރަށުން ގެނައި ގިނަ އަދަދެއްގެ ބަޔަކާ އެކު ޕީޕީއެމުން ރޭ މާފަންނު ސްޓޭޑިއަމްގައި ބޭއްވި ޖަލްސާގައި ޝަހީމް ވިދާޅުވީ ރާއްޖެ ބޭނުން ވަނީ ހަމަނުޖެހުން ނޫން ކަމަށާއި ތަރައްގީ ކަމަށެވެ. އެކަން ކޮށްދެވޭނެ ބޭފުޅަކީ ރައީސް ޔާމީން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަތަރު ވެރިންނާ މި ގައުމުގެ ވެރިކަން ހަވާލު ނުކުރާށޭ. އެ ބޭފުޅުންގެ ތަޅާފޮޅުންތަކުގައި ވީރާނާވެ ހަލާކުވެގެން ހިނގައިދާނެ އަޅުގަނޑުމެންނަށް އަތު ނުޖެހޭ ހިސާބަށް،" އަޑުހަރުކޮށް ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވި އެވެ.

"މި ރާއްޖެ އަށް ބޭނުންވަނީ ރާއްޖެ އުމްރާނީ ގޮތުން ތަރައްގީ ކުރާނެ ވަރުގަދަ ފަލްސަފާވެރިއެކޭ. ވަރުގަދަ މުފައްކިރެކޭ ބޭނުންވަނީ."

ޝަހީމް ވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީއަކީ އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށް ވިދާޅުވެ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

އެމްޑީޕީ އަކީ ދިވެހިރާއްޖޭގެ އިސްލާމީ ވަހުދަތު ނަގާލަން ބޭރުގެ ފަރާތްތަކުން "އިންދި ގަހެއް" ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން އެންމެ ރަނގަޅަށް އެނގި ވަޑައިގަންނާނީ ކޯލިޝަންގެ ބައިވެރިން ކަމަށްވާ އަދާލަތު ޕާޓީގެ ޝެއިހު އިމްރާން އަބްދުﷲ އާއި ރައީސް މައުމޫން އަބްދުލްގައްޔޫމަށް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

މި ސަރުކާރާ ދެކޮޅަށް ފަހުން މަސައްކަތް ކުރެއްވި ރައީސް މައުމޫނާއި ޝެއިހް އިމްރާން ހުންނެވީ ޖަލު ހުކުމްތައް އިއްވައިފަ އެވެ.

އިދިކޮޅު އިއްތިހާދަށް ފުންނާބު އުސް ދީނީ އިލްމުވެރިންތަކެއް ތާއީދު ކުރައްވާއިރު އެ ބޭފުޅުންނަށް ޝަހީމް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ދީނީ ސިޔާސަތުގައި ސިޓީ ކައުންސިލަށް މިސްކިތްތައް ދިނުން ފިޔަވައި އިތުރު ކަމެއް ނެތް ކަމަށެވެ.

"އެއްވެސް ދީނީ އިލްމުވެރިއަކު އެމްޑީޕީއާ ގުޅޭ ހިސާބަކީ އޭނާގެ ދީނީ މެންޑޭޓް ނިމޭ ހިސާބު. ވަރަށް ސާބިތު ކަމާއެކު މި ދަންނަވަނީ ޖަދަލު ކުރަން ވަޑައިގަންނަވާ،" އެމްޑީޕީ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ނައިބަކަށް ހުންނެވި ޝަހީމް ވިދާޅުވި އެވެ.

"އެ ބޭފުޅުންގެ ވެރިކަމުގައި ދީނީ އިލްމުވެރިން ޓެރަރިސްޓުންނަށް ހެދީ. ބަދުނާމް ކުރީ. އިސްލާމީ ތައުލީމް ދޭ މުއައްސަސާތައް ބަންދު ކުރަން މަސައްކަތް ކުރީ."

ޝަހީމް އެމްޑީޕީ އަށް ކުރެއްވި ބޮޑެތި ތުހުމަތުތަކުގެ ތެރޭގައި އަރަބި އަދި އިސްލާމީ ތައުލީމް ނައްތާލުމަށާއި މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ އާންމު ކުރަން މަސައްކަތް ކުރުން ހިމެނެ އެވެ.

ޝަހީމް ވަނީ އޭނާ ސިޔާސީ ދާއިރާ އަށް ނުކުންނެވި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝެއިހް އިލްޔާސް ހުސައިން ޕީޕީއެމާ ގުޅިވަޑައިގަތުމަށް ރޭ ވެސް ތަކުރާރުކޮށް ގޮވާލައްވައިފަ އެވެ.

އިލްޔާސް އަންނަނީ މި ސަރުކާރުން ނާއިންސާފުން ކަންކަން ކުރައްވައި ބޮޑެތި ހިޔާނާތުގެ އަމަލުތައް ހިންގަވާ ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއެކު އިސްލާމް ދީން ހިމާޔަތް ކުރެއްވޭނެ ކަމަށް ވިދާޅުވެ އިބޫ އަށް ވޯޓް ދެއްވުމަށް އިލްޔާސް ވަނީ ގޮވާލައްވައިފަ އެވެ.

35 ކޮމެންޓް, 288 ރިއެކްޝަންސް

icon happy icon happy 66%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނިމާ

19 September 2018

ހަމަ އެ ބުނީ ތެދެއް

The name is already taken The name is available. Register?

ޖަހޯބަރާ

19 September 2018

މިރާއްޖެއަށް މިއަދު ތަރައްގީ ގެނެވެނީ ލޯންލިބެނީ ދައުލަތަށްލިބޭ އާމްދަނީ އިތުރުވީމަ... އެކަންކުރީީ އެމްޑީޕީން.. ޓޫރިޒަމް ޓެކްސް. ޖީއެސްޓީ. ބީޕީޓީ ފަދަ އެތައްޓެކްސް އެއް ތައާރަފުކޮށްދިނީ އެމްޑީޕީން..

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

19 September 2018

ޝަހީމޫ ﷲގެ ރަޙުމަތުން ކިތަންމެ ވަރަކަށް ދުލަށް ބާރު ލާއި ރައްޔިތުން ގުނބޯ ހެއްދޭނެ ކަމަށް ހީވިއަސް މިފަހަރު ރައްޔިތުން ތިބީ ތަމެންނަށް ފުރުޝަތު ދޭ ގޮތަކަށް ނޫނެވެ. ރައްޔިތުން ﷲގެ ރަޙުމަތުން އެއްލަކިން މިކަން ނިންމާނެއެވެ.

The name is already taken The name is available. Register?

ޠަޔާޠީޞް

19 September 2018

މީ ޗައިނާއެއްނޫން، މުސްލިމުންގެ އަގީދާއާއި ކުޅެން ނޫޅޭތި. ތުބުޅިއެއްލިޔަސް އަދި ދީންކިޔެވިސް ޝޭހަކަށްނުވާނެ. ޝޭހަކަށް ވާނީ ދީނުގައި އަންގަވާފައިވާގޮތަށް އަމަލުކުރުމުން. އެ ގޮތަށް ވާހަކަތައްބައްޓަންކޮށް އަމަލުކުރުމަށް ޝަހީމަށް ނަސޭހަތްތެރިވަން.

The name is already taken The name is available. Register?

ދެކޭމީހާކިޔާމީހާ

19 September 2018

ޝެއިޚް ޝަހީމް - ދެއުޅިއެއްނުވާ، ފޭލްވެފައިވާމީހެއް. ނޯކޮމެންޓް!

The name is already taken The name is available. Register?

ޙުސް

19 September 2018

ޝަހީމް ގެ މާޒީ ބަލާލިމަ އެންގޭ ތީކީ ތެދުވެރިއެއް ނޫން، އަދާލަތުން ކެންޑިގެން ބަގާވާތައް ދީލާލީވެސް މާގާމުގެ ދައިވެތިކަމުގައި، ޅިޔަނު ޖިހާދުގެ ގެ އެދިލެއްވުމަ

The name is already taken The name is available. Register?

އަލީ ނަސީމް

19 September 2018

މިއީކީ މެދުއިރުމަތްޗެއްވެސް ނޫން! އެކަމަކު އެވެރިން ފޫބުޑުން ނެއްޓެން ނޭނގިގެންނު ތިއުޅެނީ!!!! މިހާރު ތިކަންތައްތައް ވެސް ދިވެހިންނައް ބޮޑުވޭނަކައް ވެއްޖެ! ކިހާބޮޑު ނޮހޮރޮއްޕާނެއް!!!!

The name is already taken The name is available. Register?

ހަސީނާ

19 September 2018

އެމްޑީޕީ އަކީ ދިވެހިރާއްޖޭގެ އިސްލާމީ ވަހުދަތު ނަގާލަން ބޭރުގެ ފަރާތްތަކުން "އިންދި ގަހެއް" ތިބާ ހިމެނުނީ އޭރު އެގަހުގައި އެޅި އެންމެ ބޮޑެތި މޭވާތަކު ތެރެއިން ނޫންތޯ.

The name is already taken The name is available. Register?

ބޮނަކޭ

19 September 2018

ކަލޯމެން މިތަނަށް ވެރިކަމަށް އައިސްފިއްޔަ އަފްގާނިސްތާނަށް ނުވާނެގޮތެއް ނެތް

The name is already taken The name is available. Register?

ގޯޕާލް

19 September 2018

ބޭފުޅާ ތިއީ ބާލިޣުވީއްސުރެ ވެރިކަން ބޭނުންވެގެން އުޅުއްވާ ބޭފުޅެކެވެ. އަޅުގަނޑަށް ލަފާކުރެވޭގޮތުގައި ބްރޯ މަޑުކުރިވަރަކަށްވެސް ބޭފުޅާއަކަށް މަޑެއްނުކުރެވޭނެއެވެ. އެއަށްވުރެ މާއަވަހަކަށް ކަރުގައިހިފާނެއެވެ. ޔާނުއެވެ. ނިކަން ވިސްނަވައިގެން ހުންނަވައްޗެވެ. މިއީ ވަރަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454