ނިހާން: އިންތިހާބުގައި މައްސަލަތައް ހުރިކަމަށް މިއަދު އޭނާ ވަނީ ވިދާޅުވެފައި
26 ސެޕްޓެމްބަރ 2018 - 18:55
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭ "ޚަބަރު"ތައް ހުރީ ކުރިއަށް ކަމަށާއި ވޯޓާ ގުޅޭ ގޮތުން ހުރި މައްސަލަތައް، ވީހާ ވެސް އަވަހަކަށް ޕާޓީގެ އޮފީހަށް ފޮނުވައިދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންގެ ކިބައިން، ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން އެދިވަޑައިގެންފި އެވެ.
ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ވައިބާ ގުރޫޕަށް ނިހާން ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ވޯޓުލެވޭ މީހުންގެ ގޮތުގައި ގެޒެޓްކުރި ލިސްޓުގައި ނަން އޮވެފައި، ވޯޓުލާން ދިޔަ އިރު، އެހެން ތަނެއްގައި ނަން ރަޖިސްޓްރީކޮށްފައިވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުންދާ ކަމަށެވެ. އެހެންވެ، މެމްބަރުން ނިސްބަތްވާ ދާއިރާތަކުގައި މި ފަދަ މައްސަލަތައް ހުރިތޯ ބަލައި، އެ މައްސަލަތައް ޕާޓީގެ އޮފީހަށް އަވަހަށް ފޮނުވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
ނިހާން ފޮނުވި މި މެސެޖް ސޯޝަލް މީޑިއާގައި އާއްމު ވެފައިވާ އިރު، ޕީޖީ ގުރޫޕުގެ ބައެއް މެމްބަރުން ވަނީ މިއީ ނިހާން ފޮނުއްވެވި ސައްހަ މެސެޖެއްކަން ކަށަވަރު ކޮށްދީފަ އެވެ. އެކަމަކު މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ނިހާނަށް ގުޅުމުންނާއި މެސެޖް ކުރުމުން ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ރިޔާސީ އިންތިހާބު 58 ޕަސެންޓުން، އިދިކޮޅު ކޯލިޝަން ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބު ކުރެއްވި އިރު، ރައީސް ޔާމީން ވަނީ ބަލި ގަބޫލުކުރައްވައިފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީން، އިބޫއާ ބައްދަލުކުރައްވައި، ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރައްވާ ކަމަށާއި އޮމާންކަމާ އެކު ވެރިކަން ބަދަލުކުރުމުގެ ކަންތައް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ނިހާންގެ މެސެޖް ދައުރުވަމުންދާ އިރު، އިންތިހާބު ބާތިލު ކުރުމުގެ މަސައްކަތް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް މިއަދު ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އެ ގޮތުން ޕީޕީއެމްގެ އާންމު މެންބަރުން ލައްވާ އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރީތިކޮށް [ކަންކަން] ގެންދަން އުޅުނަސް އޭނާ [ރައީސް ޔާމީން] ހުރީ މަސްލަހަތު ގެއްލުވައިލާ ގޮތަށް،" ސޯޝަލް މީޑިއާގައި މަހްލޫފް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު އަހުމަދު ބުންޔާމީން އިސްވެ ހުންނަވައި ހުޅުމާލޭގައި ޝަކުވާ ފޯމު ފުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އަދި އެކަމަށް ރައްޔިތުން ސަމާލުވުމަށް އޭނާ ގޮވައިލެއްވި އެވެ.
އިބޫ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ 58 ޕަސެންޓު ވޯޓާ އެކު ބޮޑު ތަފާތަކުންނެވެ. އިބޫ އަށް 134،616 (58.4 ޕަސެންޓް) ވޯޓު ލިބުނު އިރު، ޕީޕީއެމްގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ އެންމެ 96،132 (41.6 ޕަސެންޓް) ވޯޓެވެ. މިއީ މިހާ ބޮޑު ތަފާތަކުން ރާއްޖޭގައި ރައީސަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާސަސް
27 September 2018
ޖަލުގޮޅީގަ ތިއްބަވައިގެން ކިޔުއްވަން ތަކެތި އެއްކުރަނީތޯ..
ޣުއިއްޒު
27 September 2018
ބޭކާރު ވާހަކަ
ލަކުޑި ހަމީދު
27 September 2018
ރައްޔިތުން ދެވަނަ ފަހަރަކަށް މާފެއް ނުކުރާނެ ކަން ހަދާން ބެހެއްޓުން މުހިންމު.
ދުއްތުރާ
27 September 2018
ޖަމަލުފޮޑިއަކަށްވީ ތިކަންތައް. ހެހެހެ.
ނިހާނު ނަގ
27 September 2018
ނިހާނު މީ ކަލޭގެ އެކަނި ގައުމެއްތަ ... ދެން ބޮލަށް އުދަގޫ ނުކޮށް ހުރެ
ސިންތިލީ ވޫމް
26 September 2018
އެކަކުގެ ށަކުވާޔެއް ވެސް ނެއް މޮޔަޔާ، ހުރިހާ މީހުން ވެސް ތިބީ ގަބޫލުކޮއްގެން އިބޫ ހޮވި، ޔާމީނު ބަލިވިކަމައް. ކަލޯ ފޮށި ތަންމަތި ބަދޭ ޕީޕީއެމް މުން ވެސް މިފަހަރު ބޭރުކުރާނެ.
އިބްޝާ
26 September 2018
މަ މިއަދު މިއިންނަނީ އެއްވެސް އެއްޗެއް ނުބުނަން އެކަމު ތިދަނީ މާމައްޗަށް .. ނިހާނޫ ! ރައްޔިތުން ބަސްބުނެފަޔޯ އެއޮތީ އެގޮތްނޫން އެހެންގޮތަކައިގެން އަރެމެންކާރިއްށް އައިސްގެންނުވާނެޔޯ "ޑިފެންސްފޯސް ".. އަޑެއްނީވޭތަ ! ނީވޭތަ ! ނީވޭތަ ! ނީވޭތަ ! ނީވޭތަ ! ނީވޭތަ ! އިވިއްޖެދޯ .. ސްޕްރީމްކޯޓަށް ގޮސްގެން ވީގޮތް ކަލެއަށް އެއްމެބޮޑަށް އިގޭނީ .. އެރޭ ދެތިން ގަނޑު ނަގައިގެން ފަރުޖެއްސި ކަމަށްވަނީ މިފަހަރު ބަސްމަގު އެހުރީ މުޅި ފުރާޅަށް ހިފާފަ ..
ޝާރުދާ
26 September 2018
ނިހާނޫ އަތަށް ގޮވަނީ ތި
އިހްސާސް
26 September 2018
ޔާމީނު ކެމްޕެއިނުގައި ބުނި ތިމަންމީ އެހާފަސޭހަިން ބަލި ގަބޫލުކުރާ މީހެއް ނޫނޭ. އެކަމުގެ ކުލަވަރު ތިއުޅެނީ. ވޯޓާސް ލިސްޓުގަ ތިބުނާވަރުގެ ގޯސްތަކެއް ހުރިނަމަ އެދުވަހު އެތާ ހާޖާނުހެދީސްނު.
ބުރާންތި
26 September 2018
ވޯޓާ ކުޅެން އުޅެފިއްޔާ ވަރަށް ގޯސްވާނެ. އެއްމެ ރީތިކޮށް މިބުނީ.