ހުސައިން އަބްދުﷲ
28 ސެޕްޓެމްބަރ 2018 - 10:44
ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ކުރީގެ ޗީފް ކޮމިޝަނަރު ހުސައިން އަބްދުﷲ ރޭ އަވަހާރަވެއްޖެ އެވެ.
ބ. ކެންދޫ ގަދަގޭ ހުސައިން އަބްދުﷲ 45، އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް ރޭ ފަތިހުގެ ވަގުތެއްގަ އެވެ. ހުސައިންގެ ކަށުނަމާދު އޮންނާނީ މިއަދުގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.
ފިނޭންސް މިނިސްޓްރީގެ އިންޓާނަލް އޮޑިޓަރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ހުސައިން އަވަހާރަވިއިރު، ކެންސަރުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ތިން އަހަރެއްހާ ދުވަސް ވަނީ ވެފަ އެވެ.
އޭނާގެ ރައްޓެއްސަކު ބުނީ، އިއްޔެ ވެސް ފިނޭންސް މިނިސްޓްރީއަށް ވަޑައިގެންނެވި ކަމަށާއި އަވަހާރަވީ، ހާލު ސީރިއަސްވެގެން އައިޖީއެމްއެޗަށް ރޭ ގެންދަވައި ފަރުވާ ދެމުން އަންނަނިކޮށް ކަމަށެވެ.
"އިއްޔެ ހަވީރު ހަތަރެއް ޖަހަންދެން އޮފީހުގައި އުޅުއްވި،" އޭނާ ވިދާޅުވި އެވެ.
ހުސައިން އަވަހާރަވިއިރު ހުންނެވީ އަރަބިއްޔާ ސްކޫލްގެ ގުރޫޕް ލީޑަރެއްގެ މަގާމުގަ އެވެ. ނަމަވެސް އާލާސްކަންފުޅާ ގުޅިގެން، ސްކައުޓް ހަރަކާތްތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިނުގަންނަވާތާ އަހަރެއްހާ ދުވަސް ވެދާނެ ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނު
30 September 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون. ކެންދޫ އަކީ ވަރަށް ހިންގުންތެރި، ހިތްހެޔޮ ހޫލްޤު ރަނގަޅު ބޭފުޅެއް. މީ ވަރަށް ރަނގަލޫ ރަހމަތްތެރިއެއް. ދީނީ ކަންކަމަށް ވަރަށް ފަރުވާ ބަހައްޓަވާ ވަރަށް ސާދާ މިޒާޖެއްގެ ވެރި މުދައްރިސެއް. ގެއްލިގެން އެދިޔާޢި ވަރަށް ހިތްތިރ ރަހުމަތްތެރިއެއް. މާތް ﷲ މަރުހޫމްގެ ފުރާނައަށް ސުވަރުގެޭ މަތިވެރި ނިޢޫމަތް މިންވަރުކުރައްވާށި.އާމީން.
Hussain
30 September 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون
ރައްޔިތެތް
29 September 2018
ވަރަށް ރަނގަޅު ބޭފުޅެއް. އޯގާތެރި މީހެއް. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون
Ahusan Fareed
29 September 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون
ރީތި މޫސަ
29 September 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون
އަސްފަރު
28 September 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون
ސައީދު އަލީ
28 September 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون
މުހައްމަދު ޢަބްދުއްޞަމަދު
28 September 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون
ޜައި
28 September 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون
އިސްމާޢީލް
28 September 2018
إنا لله وإنا إليه راجعون