އިންތިޚާބީ ރައީސް އިބޫ އާއި ކުރީގެ ރައީސް މައުމޫން ބޭއްވެވި ބައްދަލުވުމަށް ފަހު، މައުމޫން މިއަދު މީޑިއާއާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
02 އޮކްޓޯބަރ 2018 - 12:23
ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ ވާދަކުރައްވައި ބަލިވިބަލިވުން ގަބޫލުފުޅު ކުރައްވައި، "ހިނިތުންވުން ދެއްކެވުމަށް"، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އެމަނިކުފާނުގެ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީނަށް ދެންމެ ގޮވާލައްވައިފި އެވެ.
މައުމޫން ފައުންޑޭޝަންގެ އޮފީހުގައި އިބޫއާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެގޮތަށް ގޮވާލެއްވުމުގެ ކުރިން މައުމޫން ވަނީ 2008 ގައި އެމަނިކުފާނު ކުރެއްވި ތަޖުރިބާ ވިދާޅުވެފަ އެވެ. އެގޮތުން ދެވަނަ ބުރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބުކުރެއްވުމާ އެކު، މައުމޫންގެ އަރިސް ބައެއް ބޭފުޅުން، އެ ނަތީޖާ ގަބޫލުނުކުރެއްވުމަށް ދެންނެވި ކަމަށް ވިދާޅުވި އެވެ.
އެކަމަކު މައުމޫން ވިދާޅުވީ ރައީސް ޔާމީނަށް ވުރެ މާ ކުޑަ ތަފާތަކުން 2008ގެ އިންތިހާބުން ބަލިވެވަޑައިގަތަސް، އެރޭގެ ދަންވަރު އެބަލި ގަބޫލުކުރައްވައި، ނަޝީދަށް ގުޅުއްވާ މަރުހަބާ ދެންނެވި ކަމަށެވެ.
"އޭރުގެ ނަތީޖާ މާ ގާތް، މިހާރުގެ ނަތީޖާ މާ ތަނަވަސް، އޭރު އަށް ޕަސެންޓް އުޅުނީ ތަފާތު. މިހާރު ބައްލަވާ، އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 58 ޕަސެންޓް، ޔާމީނަށް ލިބިވަޑައިގަތީ 42 ޕަސެންޓް، 16 ޕަސެންޓްގެ ތަފާތު،" ހަތް މަސް ދުވަހު ޖަލުގައި އޮންނެވުމަށް ފަހު، އިންތިހާބަށް ފަހު ކަފާލާތުގެ ދަށުން ދޫކޮށްފައިވާ މައުމޫން ވިދާޅުވި އެވެ.
"އޭރު އަޅުގަނޑު މައްސަލައެއް ނުޖައްސަން. އަޅުގަނޑު ކޮންމެހެން މޮޅު ވާހަކައެއް ދައްކަނީކީ ނޫން. އަޅުގަނޑު މި ދަންނަވަނީ މިއެއްޔޭ ކަންތައް އޮންނަން ވީ ގޮތަކީ ޑިމޮކްރަސީއެއްގައި. އެންމެ ވޯޓަކުން ބަލިވިޔަސް ބަލި ގަބޫލުކުރާށޭ، މައްސަލަ ނުޖައްސާށޭ."
ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ފެބްއަރީ 5 ގައި ހައްޔަރުކުރި ގޮތަށް ދޫނުކޮށް ޖަލުގައި ބެހެއްޓި މައުމޫން ވިދާޅުވީ ރައީސް ޔާމީން ބަލިގަބޫލުފުޅު ކުރައްވަން ޖެހިވަޑައިގަންނަވަނީ "ރައްޔިތުން އަނެއްކާވެސް ފިތުނަގަނޑެއްގެ ތެރެއަށް ވައްޓާނުލުން" ކަމަށެވެ.
"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނަތީޖާ ގަބޫލުކޮށްގެން، ހިނިތުންވެލައި، ރީތިކޮށް ހިނިތުންވެގެން ހުރެ، ރައްޔިތުންނަށް އަލްވަދާއުކިޔާފައި ދާށޭ،" މައުމޫން، ރައީސް ޔާމީނަށް ގޮވާލެއްވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި އިންތިހާބުގައި ރައްޔިތުން ވޯޓުލީ ނާއިންސާފާއި ހިޔާނާތާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
03 October 2018
ޔާމީނު ހިތައް އެރިއަސް އަންނަނީ ހިނި. ޔާމީނަށް ތިހިރީ މީހާ ބޮޑާވެގަތުމާއި، ކިބުރުވެރިވެގަތުމާއި، އަނިޔާވެރިވެގަތުމުގެ ހައްގު އަދަބު ރައްޔިތުންގެ ބާރުން ދީފައި. މީހާ ތިހިރީ ކޯނަރު ކުރެވިފައި. މާތްﷲ އަށް ހަމްދާއި ޝުކުރު ކުރަން މިގައުމު މި ޔާމީނުގެ މުށުތެރޭން ސަލާމަތް ކޮށްދެއްވީތީ.
ރަންބުއްދި
03 October 2018
ތިޔަހާވަރަށް ހާސްނުވޭ.ޔާމިނު އެހުރީ ވޯޓުން ބަލިވެފަ.އިންތިހާބުގެ 2 ދުވަސްކުރިން އަހަރެން ހުވަފެނުން ދެކުނިން ސަބުމެރިންއެއްގަ ޔާމިނު ފިލައިގެން ރާއްޖެދޫކޮށްފަ ދާތަން....އެގިދާނެތާ ހަދާގޮތެއް
ޢަލީ 8
02 October 2018
ސާބަހޭ ޒައީމް..
ހިތްތަލަ ގޭންގު
02 October 2018
ތިޔައީ ޒައީމެ ލޮބުވެތި އަދު މިދިވެހި ގައުމު ފަހުރުވެރިވާ ...
ހެހެހެހެ
02 October 2018
އުފެދޭ ޝުއޫރުން ނަންފުޅު، ލިޔެވިދާ ހަނދާން ތަކުގާ. ލަލަލާ!
ޖެކް
02 October 2018
މަށަށް ފެންނަނީ އިބޫ އެއްފަރާތަކަށް ޖެހިލާފަ މައުމޫނުއާ ވެރިކަން ހަވާލުކުރަން!
ރަދީފުލް އައްވަލް
02 October 2018
ހެހެ. ސަޅިކޮމެންޓެއް. އަދި ސަޅިވަނެ ނަޝީދުއާ ދެމީހުން އެއްކޮށް ބަހައްޓައިފިއްޔާ ރައީސްކަމުގާ. އޭރުން ގައުމު ހިންގާލާނެ ފަތުއަޑުކިޔައިގެންދާވަރަށް.
އައްޑޫ ރަދުން
02 October 2018
ހެ ހެ ހެ ... މިއީ ދެން ބޮޑުވަރު އިންތިޚާބުން ބަލިވީމަވެސް މިޖެހެނީ އާދޭސް ކޮށްގެންތަށް ގޮނޑިން ބާލުވަން..އަޅެ ލޮލީ ޕޮޕެއް ދީފަ ބުނެބަލަ ދޮންކަލޯ ދެން ފައިބާށޭ...މަށަށް ހަމަ ހެވެނީ...
އުމަރުބެ
02 October 2018
2023 ގެ އިންތިޚާބަކަށް ޔާމީނަކަށް ކުރިމައްޗެއް ނުލެވޭނެ. އޭރު ހުންނާނީ 65 އަހަރުގެ މައްސަލަ ޖެހިފަ. ލޮލް
އުދުހޭ
02 October 2018
އެއްކަލަ ހިންގުންތެރި ވިސްނުންތޫނު ދީލަތި އޯގާތެރި ނުފޫޒުގަދަ މެޑަމް މިހާރު ކޮބާ؟ މިއީ ކަމަކާޖެހުނީމާ ހިލަމެއްވެސް ނުވެ އޮވެފާ ވެރިކަންލިބި ފޮނިކޮޅުބޯލަން ލިބުނީމާ ކުއްލިއަކަށް ފެންނަ މެޑަމެއްތަ؟
މުޙުއްމާ
02 October 2018
ޔާމީނު ތިހެން ނުހައްދަވާ ފައިބާ. މަނިކުފާނު ކޮންމެގޮތެއް ހަދައިގެންވެސް މިފަހަރު ބާލާނެ. ރީތިގޮތުގަ ނުފޭބިއްޔާ ފަހަރުގަ ބޭރު ސިފައިން އަރާވެސް މަނިކުފަނު ބާލާނެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރުއަރުވާން ނޫޅެ އަވަހަށް ފައިބާ. މަނިކުފާނަށް ހެޔޮވެގެންކަމަށް ހެދިގެން އުޅޭ އަދާވާތްތެރިން އަލީ އާރިފް އާއި ނިޙާނުއާއި އަދުރޭ އާއި ޚަލީލުމެން ކަހަލަ މީހުން ނުފައިބާށޭ ކިޔާފަ ނުބައި ނަސޭހަތް ދޭނެ. އެއީ މަނިކުފާނުގެ އަގުވައްޓާލަން. އަވަހަށް ފައިބާ
މުހައްމަދު އަޙްމަދު
02 October 2018
ޜައީސްމައުމޫނު މަގާމްދޫކޮއްލެއްވީ އެމަނިކުފާނު ކިރެއްވި ވައްކަމެއް ނޯންނާނެތީ ޔާމިނައް ނުކެރޭސަބަބު ނޫސްތަކުގެ ހެޑްލައިންއުން ޢެމްއެމްއޭ އޭ ފައިނޭންސިއަލް އިންޓެލިޖެންސޭ ކިޔާ ހެޑްލައިން ތަކުން ފެންނާނެ