އިންތިޚާބީ ރައީސް އިބޫ އާއި ރައީސް ނަޝީދު ލަންކާގައި-- ފޮޓޯ: އެމްޑީޕީ
23 އޮކްޓޯބަރ 2018 - 23:53
އަންނަ ހަފުތާގައި ރާއްޖެ ވަޑައިގަންނަވަން ނިންމަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، މިނިވަން ކުރުމަށް އެދި މާދަމާ މަޖިލީހަށް ގަރާރެއް ހުށަހެޅުމަށް އިދިކޮޅު ކޯލިޝަނުން ނިންމައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި 42 އަށް ވުރެ ގިނަ މެމްބަރުން ސޮއިކުރައްވައި އެ ގަރާރު މަޖިލީހަށް ހުށަހަޅަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް މައްސަލައާ އެކު އެވެ. މަސީހުގެ މައްސަލާގައި 51 މެމްބަރަކު މިހާތަނަށް ސޮއިކުރައްވާފައި ވެ އެވެ. އެއީ އިދިކޮޅު ކޯލިޝަންގެ އިތުރުން ޕީޕީއެމާއި އެމްޑީއޭ މެމްބަރުން ވެސް ހިމެނޭގޮތަށް ކަމަށް އިތުބާރު ހުރި ފަރާތަކުން ޔަގީންކޮށްދެ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ފޮނުވުމުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ނަޝީދު ރާއްޖެ ވަޑައިގަތުމަށް ނިންމާފައިވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ.
ސުޕްރީމް ކޯޓުން ނަޝީދު މިނިވަން ނުކުރަނީސް ރާއްޖެ ވަޑައިގަންނަވާތީ އިދިކޮޅު ކޯލިޝަންގެ މެދުގައި ވެސް ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަދަ ބޭފުޅުން ވިދާޅުވަނީ ރައީސް ނަޝީދު ވަޑައިގަންނަވަން ވާނީ އޮންނަ އުސޫލުގެ ތެރެއިން ކޯޓުން މިނިވަން ވެގެން ކަމަށެވެ. ނަމަވެސް މިހާތަނަށް އެ މައްސަލަ ކޯޓަށް ހުށަހަޅާފައެއްނުވެ އެވެ.
އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެމްބަރަކު ނަން ނުޖެހުމަށް އެދިވަޑައިގެން ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ މެމްބަރުންގެ ސޮޔާއެކު މާދަމާ ހުށަހަޅާ ޕެޓިޝަންގައި ބާރު އަޅާފައިވާނީ ނަޝީދަށް ހުކުމް ކޮށްފައި ވަނީ ނުހައްގުން ކަމަށްވާތީ މިނިވަން ކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިޒް މައިޝް
24 October 2018
ޔާމީންވެރިކަމުގަ ހުކުމްކުރީ މިހާރު މިއޮތީ ވެރިކަންބަދަލުވެފަ ދެން ހުރިހާބޮޑުންދޫކޮއްލާނެ ދެން ޖަލުގަތިބޭނީނިކަމެތަތިމީހުން މިއޮތީވާ ގާނޫނުއަސާސީއެއް އެއިރެއްގަ އޮންނަވެރިކަމަކައްފެތޭނެ ގާނޫނުއަސާސީއެއް ބޯހަލާކު
ރައްޔިތެއް
24 October 2018
އަންނި އަށް ކޮށްފައިވަނީ ކުރަންވާ ދައުވާނޫން މުޅިން އެހެން ދައުވާއެއްކަން ގަބޫލުކުރަން އަދި ޝަރީއަތް ވެސް އިންސާފުވެރި އެއް ނޫން. އެކަމަކު ތިކުރަން އުޅޭ ކަންތައްވެސް ގޯސް. އަންނި ކަމުގައި ވިޔަސް އޮންނަ އުސޫލުގެ ތެރެއިން ކަންތައް ކުރަންވާނީ. އެމްޑީޕީ އިން އަންނި ދޫކުރުމަށް ޑީލް ހަދައިގެން ގާނޫނު އަސާސީ ބަދަލު ކުރުމަށް ވޯޓްދިން ހަނދާންވެސް އެބަހުރި. ފަރުދަކަށްޓަކައި ގައުމު ފުޑާލަނީ. މުޅިންވެސް އަމިއްލަ އެދުން.
ހޮޓްކިންގ
24 October 2018
ދެން އުއްމީދު ކުރަން ސްޕްރީމް ކޯޓުގެ ބޭނުން ކެނޑުނީކަމަށް. އެހެންވީމާ ޖަލުގައި ތިބި އެންމެން މިނިވަންވާނެފަދަ ގަރާރެއް ފާސްކޮށްދެއްވާ. އޭރުން އިންސާފުވެރިވާނީ.
ޗިއްލޫ
24 October 2018
މަޖިލީހަކަށް ކޯޓަކުން ކޮށްފަވާ ހުކުމެއްބާތިލު ނުކުރަވޭނެ! މިރާއްޖޭގަ ޖަލުތަކުގަ ކުއްވެރިންގޮތުގަ ހައްޔަރުކޮށްފަވާ ހުރިހާ ކުއްވެރިންވެސް ދޫކުރެވެންޖެހޭނެ ނަޝީދު ދޫކުރަންޏާ، ކަލޭމެން އެންމެންވެސް އިންސާފޭކިޔާފަ ގޮވަގޮވާފަ އަމަލުތައް ބަހައްޓަނީ އެހެންގޮތަކަށް!
އަދި
24 October 2018
އެ ގާޒީ އޭރު ވުޖޫދުގައި ނުވާ ކަމަަށްވެސް ގަރާރުގައި ހިމަނަންވާނެ. ބައެއް މީހުން ހަނދާނުގަ ހުރެދާނެ ގާޒީއަށް ކޯޓާ 100 ފޫޓާ ދެން ކައިރިނުވެވޭނެއޭ ބުނި ހަނދާން.
ބޯލާ
24 October 2018
އާ ސަރުކާރާ މެދު ކުރެވުނު އުއްމީދު ސަރުކާރު ނުފެށެނީސް ގެއްލިގެން ދަނީއެވެ. މި ކަމަކަށް ކޯޓުން ހަލެއް ހޯއްދަވުމަށް އާ ރައީސް އަރިހުން އެދެމެވެ.
ވިސްނާ1
24 October 2018
މަޖިލީހުން ފާސްކުރާ ގަރާރަކީ ގާނޫނީ ގޮތުން ބައިންޑް ވާ އެއްޗެއް ނޫނެވެ. ނަޝީދަށް އޮތް ހަމައެކަނި ގޮތަކީ ސްޕްރީމް ކޯޓުން ގޮތެއް ނިންމުމެވެ. ނުވަތަ ޕޭރޯލްގެ ގާނޫނަށް ބަދަލުގެނެސްގެން ގޮތެއް ހޯދުމެވެ. ގާނޫނީ އިމުން ބޭރުން ކަންކަން ކުރާތީ ސަރުކާރަށް ނޫނެކޭ ބުނެ ގެނައި ސަރުކާރު ނުފެށިގެން އުޅެނިކޮށް މި ފެންނަނީ ގާނޫނުތަކުގެ ބޭރުން ކަންކަން ކުރަން ދިމާ ކުރާތަނެވެ. ކޯޓުން ގޮތެއް ނުނިންމަނީސް ނަޝީދު މާލެ ވަޑައިގެން މިނިވަނެއްގެ ގޮތުގައި އުޅެވިދާނެބާ؟؟؟؟
ޖުޑީ
24 October 2018
ގާނޫނުއަސާސީގަބުނާ ހުރިހާދިވެހިންނަކީ ހަމަހަމަބަޔެއްގެ ދަށުން ޖަލުތަކުގަތިބިހުރިހާމީހުން ދޫކޮއްލުމަށް ކޮންމެސްމީހަކުމިހާރުވެއްޖެ ކޯޓަށްމައްސަލައެއްވައްދަން ސިޔާސީމީހަކަށްވީމަކުރިކުށަކީ ނުކުރާއެއްޗަކަށް ހަދަމުންދާއިރު ރާއްޖޭގެނިކަމެތިރައީތުންނަށް ޖަލުއަދަބުދިނުން އެއީއިންސާފުތޯ؟ ކޮބާތޯފުންނާބުއުސް ގާނޫނީވަކީލުން ނިކަމެތިގައިދީންގެހައްގުގަ ބަހެއްބުނެލަންކެރޭވަރު މީހަކުނެތީތޯ؟ ނޫނީގާނޫނަކީ ހަމައެކަނި ނިކަމެތިންގެމައްޗަށް އެކަނިހިގަންޖެހޭއެއްޗަކީތޯ؟
އިބްރާ
24 October 2018
މިދާގޮތަށް ދަންޏާ ކޯޓްގެ ބަދަލު މީސްތަކުންނަށް ހުކުމް ޖަހާތަނަކަށް މަޖިލިސް ނުވާނެ ބާވައޭ ހިތަށްއަރަނީ.
ސޯވަޓް
24 October 2018
ބާރު ހޯދަނީ އެންމެންވެސް އެބައެއްގެ ފައިދާއަށް އެ އެބިއުޒްކުރަން. އޭގެ ބޭނުން ރަގަޅު ގޮތުގަ ހިފާކަށްނޫން.
ކޮށާރު
24 October 2018
ކަން ހިގާގޮތުން އިންސާފު ހޯދަން ޖެހޭގޮތް ބަދަލު ވެދާނޭވެސް ހިތައްއަރާ. ކޯޓުން ނިންމާފައިވާ ހުކުމެއް ކޯޓުން ހައްލު ހޯދަން އުޅުމަކީ ކުރިއަށް އޮތް ސަރުކާރަށް އިތުބާރު ބޮޑުވާނެކަމެއްކަމަށް ފެންނަނީ. މިހާރު ތިވާގޮތުން އިންސާފު ހޯދާދޭނަމޭ ގޮވި މީހުނާދިމާލަށް އިގިލިދިއްކުރުމުގެ ފުރުސަތުބޮޑު. ފޮނި އުންމީދުތަކަކާއިއެކު އެތައްބަޔަކުގެ ބުރަމަސައްކަތުން ގެނައި ސަރުކާރުގެ އިތުބާރު ގެއްލުވާނުލުމަކީ ވަރަށްބޮޑަށް އެދޭކަމެއް. ހެޔޮވިސްނުމާއެކު ކުރިއައްދަމާތޯ.
ބޭބެ
24 October 2018
ވަރަށް ހިތާމަވެރި! އަދުލުއިންސާފޭ މިކިޔާއެއްޗެއް މިގައުމަކު ނެތް! ފައިސާ ތިބި މަހުޖަނުންނާ ނުފޫޒުގަދަ ސިޔާސީ މީހުން ބޭނުންހާއެއްޗެއް މިގައުމަށް ހަދަމުންދާތަން ވަރަށް ސާފުކޮށް މިފެންނަނީ! އެންމެ ދެރަވާކަމަކީ ފަނޑިޔާރުގެއިން ޢަދުލުވެރިކަން ގެއްލިފައިވާތީ! “ނިކަމެތި ރައްޔިތުން” މިލަފުޒުގެ ބޭނުން ސިޔާސީ މީހުން ހިފަނީ އެއިރެއްގައި އެމީހަކު ބޭނުންވާ ދިމާލަކަށް ރައްޔިތުންގެ ވިސްނުން އަނބުރާލުމުގެ ބޭނުމުގައި! ރައްޔިތުންނަށް ގައުމަށް ހެވެއް އެދިގެންނޫން!