ރައީސް އިބޫ (ވ) އަދި ކުރީގެ ރައީސް މައުމޫން ރައީސް އޮފީހުގައި މިއަދު ބައްދަލުކުރައްވަނީ--ފޮޓޯ: ރައީސް އޮފީސް
22 ނޮވެމްބަރ 2018 - 13:50
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުކުރެއްވުން އޮތީ ރައީސް އޮފީހުގަ އެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް ނުދެ އެވެ.
މިއީ މިިދިޔަ ހޮނިހިރު ދުވަހު ރައީސް ކަމަށް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގެންނެވިފަހުން އެ ދެ ބޭފުޅުން ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ. މީގެ ކުރިން ވެސް ދެ ފަހަރު އެ ދެ ބޭފުޅުން ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައި ވެ އެވެ.
ރައީސް އާއި މައުމޫން ބައްދަލުކުރެއްވިއިރު، އާ ސަރުކާރުގެ ކެބިނެޓަށް އައްޔަންކުރެއްވި ބޭފުޅުންނަށް ދަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.
ކެބިިނެޓް އެކުލަވާލާފައިވަނީ އެމްޑީޕީ އަށް 40 ޕަސެންޓު، ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ އަށް 15 ޕަސެންޓު ހިއްސާވާ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުރޭގެސަރުދާރު
22 November 2018
މައުމޫނާ ގާސިމްގެ ކިބައިން ރާއްޖެ ސަލާމަތްވާދަވަހަކީ ރާއްޖޭގައި އަދުލް އިންސާފު ގާއިމުކުރެވި، ދިވެހިންނަށް ހައްގު މިންވަރު ލިބޭދުވަސް
އިދުޔޫސް
22 November 2018
ދަރިންނަށް ވަޒީފާ ކަށަވަރުކުރީބާ؟
ޢަލިމަނިކުފާނު
22 November 2018
ދެބޭފުޅުންގެ ގުޅުން ބަދަހިކޮށް ދަމަހައްޓަވާތި. މީވަރަށް ވާހަކަ
ވަހުމް
22 November 2018
އަދިވެސް ހަމަ ރައީސް އޮފީސްއަށް ވަންނަހިތްވާލެއް ބޮޑުކަމުން ދޯ.ރައީސް ޔާމީން ވެސް އޭނަ އަށް ކޮޓަރިކޮޅެއް ތިތާ ނުހައްދަވައިގެން ފުރަތަމަ ބޮޑާހާކަން ފެއްޓެވީ.އިބޫ ވެސް މީނާ އަށް ކޮޓަރިކޮޅެއް ނަހައްދަވަންޏާ އިސާހިތަކު ހިތުގަޖެހިގެން ގޮސް ފަޅައިގެން ދާނެ.ހާދަހާވާ ލޮއިތްބެކޭ ދޯ ރައީސް އޮފީސް ދެކެ އެވަނީ.
ގްރޫޕަށް
22 November 2018
މިހާރު ޝޭހު ޝަހީމުވެސް އުޅެނީ ގްރޫޕަށް ވަދެގެން. ގާސިމަށް ބާރުހޯދަން މަޝްވަރާކުރާ ސިއްރުބައްދަލުވުންތަކުގއިވެސް ބައިވެރިވޭ
އައްޑޫސިޓީ
22 November 2018
4 ލީޑަރުން އެކުގަނޫންތަ މަޝްވަރާ އަރުވަން އޮތީ. މަށައް ހީވަނީ އިބޫއައް ޕީޕީއެމް ހޯދާނުދެވުނީމަ ތާއިދުއަނބުރާ ނަގަންވާހަކަ ދެއްކީހެން.
ހާރަން
22 November 2018
ރައީސް ސޯލިހް ރައީސް މައުމޫންއާބައްދަލުކުރެއްވުމަކީ މައްސަލައެއްނޫން އެމަނިކުފާނަކީ މެދުކެނޑުމެއްނެތި ތިރީސްއަނހަރު މިޤައުމައްޚިދުމަތްކުރައްވާ ރައްޔިތުންގެ ލޯތްބާ އިޙުތިރާމް ލިބިލައްވާފަ ހުރިބޭފުޅެ އެކަން އެނގޭނެ މިދިޔަ އިންތިޚާބުންވެސް ވީމާ އެފަދަބޭފުޅަކާ މިއަދުގެރައީސް ބައްދަލު ކުރެއްވުމަކީ އެމަނިކުފާނައްވެސް ލިބިލައްވާނެޝަރަފެއ
މާރނީ
22 November 2018
މައުމޫނަށް މިފަހަރު ވޯޓުން، ރަށުން ލިބިފަހުރި 12 ވޯޓު 10 ވޯޓު.
އަލިހަންޖާ
22 November 2018
ތީގަ ނެތް މައްސަލައެއް. އިބޫ ނުދޭތާ މައުމޫނު އޮފީހަށް... ރޫޙާނީ އާ ބައްދަލު ކުރަން ސަފީރުންވެސް، މިނިސްޓަރުންވެސް ދާން މިޖެހެނީ ޕާޓީ އޮފީހަށް. ސަހަނރޯ! ރައީސް ދާން ނުޖެހިއްޖެއްޔާ ރަނގަޅު!
އައްޑޫސިޓީ
22 November 2018
އަދި އިބޫވެސް ދާންޖެހޭނެ ލީޑަރާބައްދަލު ކުރަންޕާޓީ އޮފީހަތް.
އާބިދާ
22 November 2018
އާނ ސުރައްޔާ ތިޔަ ބުނީ ރަނގަޅު ވާހަކަ އެއް. އިބޫ ހޮވަން ޒަހާ ކުރީ ކޮން ކަމެއް؟ ހުޅުނބު ދަން ދެން ތެޅުނު މީހުން ތިއްބާ ޒަހާ އަށް ދިނީ މީނާގެ ތިމާގެ މީހެއް ވީމަ. މިހިރީ ކުރާ ނުބައި ނުލަފާ ކަންތަން މައުމޫނު. ޒަހާ އަކީ އެގްރިކަލްޗަރ މިނިސްޓރީގެ މުއައްޒަފުން ރުޅި އަރާމީހެއް. މުއައްޒަފުންގެ މަސްލަހަތުވެސް ބެލެހެއްޓޭހާ ވިސްނުމުގެ ފެންވަރު ނެތް މީހެއް.
އަލިހަންޖާ
22 November 2018
އަޅެ ކުރީބައިގަ ބުނި ނަމަ ހުޅުނބު ދާ ވަރަށް މި ތެޅެނީ މިިނިސްޓަރު ކަން ބޭނުން ވެގެންނޭ... އޭރަކަށް ނު އިނގޭނީ އެހެން މީހުނަށް