02 ޖެނުއަރީ 2019 - 18:31
ދިވެހި އަންހެނަކާ ކައިވެނި ކޮށްގެން ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް، ދައުވާއެއް ވެސް އަދި ޝަރީއަތެއް ވެސް ކުރުމަކާ ނުލައި މިދިޔަ އަހަރުން ފެށިގެން ހައްޔަރު ކޮށްފައި ހުންނަ ޔަމަނު މީހާއާ ގުޅޭ ސީރިއަސް މައްސަލަތަކެއް ހުރި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އިމްރާން ވިދާޅުވީ އޭނާއާ ބެހޭ ގޮތުން މިހާތަނަށް އާއްމު ވެފައި ވަނީ އެންމެ ރަނގަޅު މައުލޫމާތު ނޫން ކަމަށެވެ.
"އެކަމުގައި ސީރިއަސް ކަންތައްތަކެއް އެބަހުރި. ޕަބްލިކާ ހަމައަށް އައިސްގެން މިއުޅޭ އަޑުތަކާއި ހަބަރުތަކަކީ އޭގެ އެންމެ ރަނގަޅު މައުލޫމާތު ނޫންކަމުގައި އަޅުގަނޑަށް މިހާރު ދަންނަވަން ކެރޭ. ހަމަ ޔަގީން ކަމާ އެކު ދަންނަވަން ކެރޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މާލޭގައި ޓީޗަރެއްގެ ވަޒީފާގައި ހުރި ޔާސިރު ޔަހްޔާ ސާލިހް 2017 ގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ޑީޕޯޓް ކުރުމަށް ފަހު އިމިގްރޭޝަނާ ހަވާލުކުރަން ކަމަށް އޭރު ފުލުހުން ބުނެފައިވެ އެވެ. އެކަމަކު އޭނާ މިހާރު ހުރީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގަ އެވެ.
ޔާސިރުގެ އަންހެނުން މިދިޔަ އޮގަސްޓް މަހު ނެރުނު ބަޔާނެއްގައި ތުހުމަތުކޮށްފައި ވަނީ ފިރިމީހާއާ މެދު ވަރަށް އިހާނެތިކޮށް ކަންތައް ކުރަމުން ދާ ކަމަށެވެ. ޔާސިރާ ބެހޭ ގޮތުން އާއްމުންނަށް މައުލޫމާތު ލިބުނީ އަންހެނުންގެ އެ ބަޔާނުންނެވެ.
އިމްރާން ވިދާޅުވީ ގާނޫނު ތަންފީޒުކުރުމާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުން ހުރި ކަންކަމުގައި މައުލޫމާތު އާއްމުކުރަންވީ މިންވަރާ މެދު އިތުރަށް މަޝްވަރާ ކުރަން ޖެހޭތީ ޔާސިރާ ބެހޭ ފުރިހަމަ މައުލޫމާތު ހާމަކުރައްވާނީ އޭގެ ފަހުން ކަމަށެވެ.
"އަޅުގަނޑު އެބަ ވިސްނަން އެއާ ބެހޭ ގޮތުން ސީދާ ޕަބްލިކަށް އޭގެ ބައެއް މައުލޫމާތުތައް ގެނައުމާ ހަމައަށް ގެންދިއުމަށް. އެހެން ނަމަވެސް އަދި މި ވަގުތަށް އެ މައުލޫމާތު ހާމަކޮށްދިނުމަކީ އަޅުގަނޑަށް ހީވާ ގޮތުން އަޅުގަނޑުމެންގެ އަމަންއަމާންކަމާއި ރައްކާތެރިކަމަށް ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުރި މައްސަލައެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ޔާސިރު ހައްޔަރުކުރީ ސައުދީ ރަސްގެފާން ސަލްމާން ބިން އަބުދުލް އަޒީޒް ރާއްޖެއަށް ދަތުރެއް ކުރައްވަން ހަމަޖެހުނު ދުވަސްވަރެއްގަ އެވެ. ނަމަވެސް އެ ދަތުރުފުޅު ފަހުން ކެންސަލްކުރެއްވީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެންވީމަ
03 January 2019
މިހާރު ޝޭޚަށްވެސް ގަބޫލުކުރެވޭބާ ސަރުކާރުގެ އެކި ހިސާބުގައި ތިބޭ އެކި މީހުންނަށް ބޭނުންވާހާ އިރަކު ބޭނުންވާހާ ވާހަކައެއް ބޭނުންހާ އިރަކު ރައްޔިތުންނަށް ކިޔައެއްނުދެވޭނެކަން. މާބޮޑަށް ރައްޔިތުން ވެގެން އެންމެން އުޅޭއިރު ގައުމުގެ މަސްލަހަތު ކިޔާއެއްޗެއްވެސް އޮންނަކަން އަދިކިރިޔާތާ ތި އެނގުނީ. ކޮންމެ ގައުމެއްގައިވެސް އާއްމު ރައްޔިތުންނާ ހިއްސާނުކުރެވޭނެ ސިއްރު ކަނޑައަޅާނީ އެއިރަކު އެތިބޭ ބަޔަކު.
ޔާނު
03 January 2019
ބައެއްމީހުންނަކީ ދުނިޔޭގެ ކުޑަ ކުޑަ އެދުމަކަށް، މަގާމަކަށް ދީނާއި އާޚިރަތް އަދި ތިމާ ގަބޫލުކުރާ ވެލިއުސްތައް ވިއްކާލަން ތައްޔާރަށް ތިބި މީހުން، އޭގެ މީހަކަށް ޝޭޚު ވާކަށް އުއްމީދެއް ނުކުރަން.
އަޖާބު
03 January 2019
ހާމަ ނުކުރވެން ޖެހެނީ ރަނގަޅަށް ތެދުހަގީގަތް ނޭގޭ ކަންތަކުގެ ވާހަކަ. ހަގީގަތް އެނގޭ ސާބިތުކަނތަށް ފޮރުވާކަށް ނުޖެހޭ. ކޮންމެ އެއްޗެކޭ ކިޔާފާ ގައުމީސާލާމަތަށް ނުރައްކަލޭ ބުނީމާ ހުރިހާކަމެއްވެސް ދެން އެިހސާބުން ނިމުނީ. ގައުމީ ސަލާމަތަށް ނުރައްކާ ވަނީ ބިންހެލުމުން ނޫނީ ސުނާމިން ނޫނީ ކޮލެރާއިން ޑެންގީ ހުމުން ކަހަލަ ކަންކަމުގާ މީނާގެ ވާހަކަ ބުނުމުން މީގެ ކަމެއް އަންނަނީބާ
ގުރައިދޫ
03 January 2019
ކަލޭ އަދި ރޯ ނުފިލާ މިއަދު މުޖުތަމައުއަށް.
ފަޔާޒު!
03 January 2019
ޝެއިޚް އިމްރާނެވެ. ޔަމަނަށް ނިސްބަތްވާ މީހާ ހައްޔަރުކޮށްގެން 2 އަހަރު ވެގެން ދާއިރު އެމީހާ ހައްޔަރުކުރުމަށް ފަހު ފަނޑިޔާރެއްގެ މައްޗަށް ހާޒިރުނުކުރީ ކީއްވެ ހެއްޔެވެ؟ ކޯޓު އަމުރެއް ނެތި އުފުރާލައިގެން ގޮސް މީހުން އެގޮތަށް ބަހައްޓަނީ އަހަރުމެން އަޑުއަހަނީ ގުއަޓަނާމޯބޭ ޖަލުގައި ކަމެވެ. ރާއްޖެ ވެސް އެފެންވަރަށް ވައްޓާލީ ހެއްޔެވެ؟ ތިޔަހާ ގައުމީ ސަލާމަތަށް ނުރައްކާ މީހެއްގެ މައްސަލަ ޝަރީޢަތަށް ނުފޮނުވައި ލަސްކުރަނީ ކީއްވެ ހެއްޔެވެ؟
ފިިތުނަ ވަޒީރު
03 January 2019
ޕަބްލިިކަށް އާންމުވެ ފެތުރިިފައިިވާ އަދި ތިިބާވެސް ފެތުރިި އެތަކެއް ވާހަަކައެއްގެ ހަގީގަތް މުޅިިން ތަފާތުކަން މިިހާރު ކަލެއަށް އެނގޭނެ. އެ ހުރިހާ ވާހަކައެއްގެ ހަގީގަތް ހާމަކުރަން ކެރޭނެތަ؟ އަފްރާޝީމްގެ މަރާ ގުޅޭ ހެކި މިހިރީއޭ ކިިޔާފަ މީހުންގަނޑު ތެރެއަށް އުކާލި ހުސް ކަރުދާސްތަކުގެ ހަގީގަތްވެސް ސާފުކޮށް ދީބަލަ ނިކަން.
ފޮނިޓައްޕު ހަސަނު
02 January 2019
ހަގީ ގަތަކީ ޔަމަނު މީހުން ސިޔާސީގޮތުން ނިސްބަތްވަނީ ހޫތީން ނުވަތަ ސުންނީންނަށް. ސައުދީ އިސްވެ އޮވެގެން ޔަމަނާއި ދެކޮޅަށް ހަނގުރާމަ ދަނީވކުރަމުން. ތި ޔާސިރު ހަޢްޔަރުކުރީ ސައިދީ ރަސްގެފާނު ހޮތް ހަމަ ޖައްސަން.
ޔަމާނީ
03 January 2019
ފޮނިޓައްޕު ހަސަނު ވަރުގެ މައުލޫމާތު މުއްސަނދި އަދި އިމްލާކުށް ނުލައި ތާނައަކުރުން ލިޔަން މޮޅު މީހަކު މަވާނުދެކެން. ވަރަށް ސަލާން!
ޙަސަނާ
02 January 2019
މިހާރު ތިވާގޮތުން ނެތެންނު ބިދޭސީ އަކާ ކައިވެނި ކުރެވެންވެސް. ސަރުކާރުން ބޭނުންވީމަ ހުންނަންޖެހެނީ އަނބިފިރިކަމުގެ ގުޅުމުންވެސް މަހުރޫމްވެފަ...
ޔެމެނީ
02 January 2019
ސީރިޔަސް ވިއްޔާ އަވަހަށް ހުކުން ކުރަންވީނުން؟ ޝަރުއީ ހުކުމެއް ނުކޮށް މީހަކު ބަންދުގައި އެތަށް އަހަރެއް ބެހެއްޓޭނެ އެއްވެސް ހަމައެއް ނޯންނާ ދީނީގޮތުންވެސް އަދި އިންސާނިޔަތު ކަމުގެ ގޮތުންވެސް.
މަގޯތިއަލީ
02 January 2019
ދަވްލަތުގެސިއްރުތަކަކީ ޤައުމުތަކުން އެއްއިރަކުވެސް ފާޅުކަންބޮޑު ގޮތެއްގައި ހާމަކުރާއެއްޗެއްނޫން ހާމަކުރިޔަސް ހާމަކުރެވޭނީ ރައްޔިތުންނައްކޮންމެހެން އެވަޤުތަކުއެނގެންބޭނުންވާމިންވަރައް އެއީމައްސަލައިގެ ސީރިއަސްކަމުން
ކެކެކެ
03 January 2019
ނާ ހަމަ ތެދެއް! ތިކަން ކަލެއަށް އެނގުނުތާ މަހަކާއި ވިއްސަކަށް ދުވަސް ފުރުނުކަން ފާހަގަ ކުރަމާ ބަހީ.
އަނިޔާވެރިން
02 January 2019
ސައުދީން ޔަމަނުގެ ކުޑަކުދިން މަރަމުން ދާއިރި ސީރިޔަސްއެއް ނޫން. އެކަމުގައި ބައިވެރިވުމުގެ ގޮތުންބާ ޔަމަނު މީހަކު ޝަރީއަތަކާ ނުލާ ބަންދުކޮއްގެން ތިޔަ އުޅެނީ؟ އޭނާ ކުށެއް ކޮއްފަވާނަމަ ޝަރީއަތަށް ހާޒިރުކޮށް ހުކުމް ކުރޭ. ނޫނީ އޭނާ ދޫކޮއްލާ!