އައްޑޫގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ޔުނިޓް ފަޅާލައިގެން ބައި ލައްކަ ރުފިޔާއާ އެކު އެތަނުގެ ތިޖޫރީ ވަގަށް ނެގި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. ހިތަދޫ ލިންކް ރޯޑްގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ އައްޑޫ ޔުނިޓް ފަޅާލީ ރޭ ދަންވަރުގެ ވަގުތެއްގައި އެތަނުގެ މައި ދޮރު ހަލާކުކޮށްލައިގެންނެވެ.
ވަގަށް ގެންދިޔަ ތިޖޫރީގައި 50،000ރ. ހުންނާނެ ކަމަށް އެ ޔުނިޓާ ހަލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުން އައި ނަމަވެސް، މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.