ޚަބަރު / ރާއްޖެ-އިންޑިއާ

ރާޑަރުތައް ބަލަހައްޓަން އިންޑިއާ ސިފައިންނެއް ނުތިބޭނެ

ޝީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. މިހާރު/ފޮޓޯ: ހުސައިން ވަހީދު

އިންޑިއާގެ އެހީގައި ރާއްޖޭގައި ރާޑަރުތައް ބެހެއްޓުމުގެ މަސައްކަތް 2005 ވަަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ކަމަށާއި އެ ރާޑަރުތައް ބަލަހައްޓަން އިންޑިއާ ސިފައިން ތިބެން ހަމަޖެހިފައި ނުވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

ކޯސްޓްގާޑް ބިލްޑިންގްގައި ބޭއްވި ނޫސްކޮންފަރެންސްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވި ގޮތުގައި، ރާޑަރުތައް ބެހެއްޓުމަކީ މިއަށްވުރެ ވެސް އަވަހަށް ކުރަން ޖެހިފައި އޮތް ކަމެކެވެ. ރާޑަރުތަކުގެ މުހިއްމުކަން ބޮޑީ ރާއްޖެ ސަރަހައްދަކީ ގާނޫނާ ހިލާފު ގިނަ ކަންތައްތަކެއް ހިނގާ ސަރަހައްދަކަށް ވާތީ އެކަންތައްތައް ހުއްޓުވަން ކަމަށް އޭނާ ވިދާޅުވި އެވެ. ރާޑަރުތައް ބަހައްޓާނެ ތަންތަން ކަނޑައެޅީ ވެސް ރާއްޖޭން ކަމަށާއި އެގޮތުން ބަހައްޓަން ނިންމާފައި ވަނީ ސްޓްރެޓީޖިކް ގޮތުން މުހިއްމު ތަންތަނުގައި ކަމަށް ޝަމާލް ވިދާޅުވި އެވެ.

"އިސްތިރާޖީ (ސްޓްރެޓީޖިކް) ގޮތުން ބަލާފައި އުތުރުން ފެށިގެން ދެކުނާ ހަމައަށް މުހިއްމު ރަށްރަށުގައި. އެގޮތުން ގަމުގައި އެބަހުރި. ލ.އަތޮޅު ކައްދޫގައި އެބަހުރި. އުތުރުން އުލިގަމުގައި އެބަހުރި، މަކުނުދޫގައި އެބަހުރި. ދެން ބައެއް ތަންތަނަކީ މިހާރު ބިނާކުރަމުންދާ ތަންތަން،" އޭނާ ވިދާޅުވި އެވެ.

ރާޑަރުތައް ބަލަހައްޓަން ސިފައިން ބައިތިއްބަން އިންޑިއާ އިން އެދިފާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަަކަތަކާ ގުޅިގެން އުފެއްދި ސުވާލަށް ޖަވާބު ދެއްވަމުން ވައިސް ޗީފް އޮފް ޑިފެންސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ވިދާޅުވީ އިންޑިއާ ސިފައިން ހަރަކާތްތެރިވާނީ ރާޑަރުތައް އިންސްޓޯލްކުރަން އެކަނި ކަމަށެެވެ.

"މީގެ ކުރީގައި ބެހެއްޓިފައި ހުރި ތިން ރާޑަރު މިހާރު އޮޕަރޭޝަނަލްކޮށް އެހެރީ. ޖުމްލަ ދިހަ ރާޑަރު މި އަންނަނީ. މިހާރު ބެހެއްޓިފައި ހުރި އެއްވެސް ރާޑަރެއް ބެހެއްޓުމަށް ފަހު އޭގެ އޮޕަރޭޝަންގައި، އޭގެ މެއިންޓެނެންސް، އޭގެ ބެލެހެއްޓުމުގައި، މިއިން އެއްވެސް މަސައްކަތެއްގައި އިންޑިއާގެ ސިފައިންގެ މީހަކު ނުހުންނާނެ،" އޭނާ ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވީ ރާޑުތައް ބަހައްޓައި ނިމުމުން ނެޓްވޯކެއް ގާއިމްކޮށް، ރާޑަރުތައް ބޭނުންކޮށްގެން ސަރަހައްދުތައް ބެލެހެއްޓުމުގެ މަސައްކަތް ކުރާނީ ދިވެހި ސިފައިން ކަމަށެވެ. އޭނާ ވިދާޅުވީ ރާޑަރުތައް މުހިއްމުވަނީ ރާއްޖެ ސަރަހައްދުގައި ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރީމާ ކަމަށެވެ.

"ދޭތެރެއަކުން ޚަބަރު ލިބޭނެ ތެޔޮބޯޓްފަހަރު ވަންނަ ވާހަކަ. ވަދެ އިލީގަލީ (ހުއްދަ ނެތި) ތެޔޮ ވިއްކަން މަސައްކަތްކުރާ، ލޯ ގްރޭޑް ތެޔޮ ވިއްކަން މަސައްކަތް ކުރާ ވާހަކަ. މަސްތުވާތަކެތި އަޅުގަނޑުމެންގެ އީއީޒެޑް ތެރެއަށް ވަންނަ ވާހަކަ،" އޭނާ ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވީ ރާއްޖޭގެ މަސްވެރިންނަށް ކުރިމަތިވާ މައްސަލަތައް ވެސް ގިނަ ކަމަށާއި ރާޑަރުތައް ބެހެއްޓުމަކީ އެކަމަށް ވެސް ހައްލެއް ކަމަށެވެ.

"ސަލާމަތީ ގޮތުން ކަނޑުގެ ސަރަހައްދު ބަލަހައްޓަން ހުރި ހުރިހާ ގޮންޖެހުންތަކަށް ވަރަށް ބޮޑު ހައްލެއް އަންނަ ކަމަކަށް ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ އެހީގައި ބަހައްޓާ ރާޑަރުތަކާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން އަންނަނީ ތަފާތު ވާހަކަތައް ދައްކަމުންނެވެ. އެގޮތުން ރާއްޖޭގައި ރާޑަރުތައް ބަހައްޓަން ސިއްރު އެއްބަސްވުންތަކެއްގައި ސޮއިކުރަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން އޭރު ތުހުމަތު ކުރި އެވެ. ނަމަވެސް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ރާޑަރު އެއްބަސްވުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެފައި އޮތް އެއްބަސްވުމެއް ކަމަށާއި އެއާ ގުޅޭ ވަކި އިތުރު ކަމަކަށް މި ސަރުކާރުން އެއްބަސްވެފައި ނޯންނާނެ ކަމަށެވެ. އެއްބަސްވުމާ އެއްގޮތަށް، ރާޑަރުތައް ހަރުކުރަން މަޝްވަރާކުރިތޯ ދެންނެވުމުން މިނިސްޓަރު ވިދާޅުވީ އެ ވާހަކަތައް ދެކެވުނު ކަމަށެވެ. "ކުރީއްސުރެން ހުރި އެއްބަސްވުންތައް، ހުއްޓިފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދާ ވާހަކަ ދެއްކި. އެނގިވަޑައިގަންނަވާނެ ޔާމީންގެ ސަރުކާރުގައި އެކި ތަންތަނުގައި ރާޑަ ސިސްޓަމްތައް ހަރުކުރަން ބުޑު ޖަހާފައި ހުރީ. އެއްޗެހިތައް ކުރިއަށް ގެންދާ ވާހަކަ ދެއްކި،" މާރިޔާ ވިދާޅުވި އެވެ.

42 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 0%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާއްޖެ ނެތިދިއުން

07 February 2019

މިބޭފުޅާ މަލާމާތުގެ ފާޑަކަށް ހެވިފައި ހުރެގެން ގައުމީ ސަލާމަތާއި ގުޅޭ ވާހަކަ ދެއްކި އިރު، ދިވެހި ރައްޔިތުން އެކަންކަމަށް ކޮންސާންވާ މިންވަރު އެނގޭހެން ހީވެސް ނުވޭ.

The name is already taken The name is available. Register?

ރާއްޖެ ނެތިދިއުން

07 February 2019

އިންޑިއާ ސިފައިން ނެތަސް ލިބޭ މައުލޫމާތު އިންޑިއާއަށް ދާނީ. ވަރަށް ސާފު.

The name is already taken The name is available. Register?

ހާލި

07 February 2019

ކޮންމެހެން ތިބޭކަށް ނުޖެހޭއޭ...ސަބަބަކީ އިންޑިއާގެ ރާޑަރުތަކެއް އަނެއްކާ މިޒަމާނުގެ ޓެކްނޮލޮޖީއާއި ކުޅޭކަށް ކައިރިއަކު ތިބެ ނުވަތަ ކޮންމެ ސެޓެލައިޓެއްކައިރީ ފުލުހެއްބަހައްޓާކަށްނުޖެހޭ...އިންޑިއާ ބޭނުން އިރަކު ތިޔަސިސްޓަމަށްވަދެ ޑާޓާތަކާކުޅެ ބޭނުންބަޔަކާއި ޝެއާކޮށް ހެދޭނެ. ތިވާހަކަ އެންޓީޕީ އެކްޓީވިސްޓުން ގަބޫލުކުރާނެ.

The name is already taken The name is available. Register?

ވިލްސް

07 February 2019

ތިހެން ބުނެފިތަ؟ ދެން ޔަގީން ތި ބަލަހައްޓާނީ އިންޑިޔާ ސިފައިންކަން

The name is already taken The name is available. Register?

ޢިންޑިއާއެޖެންޓު

07 February 2019

"ރާޑަރުތައް ބަލަހައްޓަން އިންޑިއާ ސިފައިންނެއް ނުތިބޭނެ" އެކަން ކުރާނީ އިންޑިއާގެ އަޅު ތިޔަ 2 އެޖެންޓުން ލައްވާ ޝައްކެއްނެތެއްނުންތޯ؟ އިންޑިއާ ސިފައިންނަކީ ސާރސް. ތީ އަޅުން. ތި އަޅުންނަށް އޮތީ 30 އަހަރު ތެރޭ މި ރާއްޖެ އެއްކޮށް އަތުލައި އެނެކްސް ކުރުމުގެ އިންޑިއަން-އެމެރިކަން ޕްރޮޖެކްޓަށް ސިޔާސީ އަދި އަސްކަރީ ވެށި ތައްޔާރުކޮށް ދިނުން. ދިވެހި ރައްޔިތުންނަކީ ތި ކަހަލަ 2 ކަންޑުކޮހުންކަމަށް ކަލޭމެން 2 މީހުނަށް ހީވީތަ؟ ނޯނޯނޯނޯނޯ.

The name is already taken The name is available. Register?

ޅަބޭ

07 February 2019

ހެލިކޮޕްޓަރަކާ ކުޅެން ނޭގުނު ބަޔަކައް ރާޑަރަކާ ކުޅެން އިނގޭނެތޭ؟؟! ކޮބަޑިތަޅަންވެސް އިންޑިޔާއިން ސިފައިން ގެންނަންވީނު.

The name is already taken The name is available. Register?

ޏަޖީބް

07 February 2019

ޟމޯގަ ރަނގަޅު ގޮތަކީ އެބަލަހައްޓަން އިންޑިއާސިފައިން ބެއިތިއްބުން އޭރުން ސިފައިންނައްވެސް ތަންކޮޅެއް ބޮލައްފަސޭހަވާނެދޯ

The name is already taken The name is available. Register?

ބަހާރޯ ޕޫލް ބަރުސާއޯ

06 February 2019

އޭރު ތިބޭނީ ހުސް ޖަޒީރާ ސިފައިން. ދެން އެއީ ވާނީ އިންޑިޢާގެ އަވަށަކަށް. ކޮބައިތޯ މައްސަލައަކީ

The name is already taken The name is available. Register?

އަހުމަދުބާއި

06 February 2019

ރާޑަރު ބަހައްޓާ ވަރަށް ދައުލަތުގަ ފައިސާ އެބަހުއްޓެވެ. ބޭނުމީ އިހްލާސް ތެރި ކަމެވެ.

The name is already taken The name is available. Register?

ތިމާވެށި

06 February 2019

މިހާރުވެސް އިންޑިޔާ ސިފައިން ރާއްޖޭގަ ދިވެހި ސަރުކާރުން ހުއްދަ ދީގެ ތިބޭ ކަމީ ގާބޫލު ކުރަން ޖެހޭ ހަގީގަތެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!