ރޮބިންސަން ރިސޯޓުގައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

ރޮބިންސަން ކްލަބް ރިސޯޓުގައި މޫދަށް އެރި އުޅެނިކޮށް ޓޫރިސްޓް ފިރިހެނަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގެނބިގެން މަރުވެފައިވަނީ ޗައިނާ މީހެއް ކަމަށެވެ. އުމުރުން 45 އަހަރުގެ މީހާ، އެ ރިސޯޓާ ކައިރީގައި އޮންނަ ނ. މަނަދޫ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަހަކަށް އައިސް ގެނބިގެން މަރުވާ ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މިދިޔަ މަހުގެ ތެރޭގައި ވެސް އެފަދަ ގިނަ ހާދިސާތަކެއް ހިނގާފައިވެ އެވެ.