ރައީސް މިއަދު ފިއްލަދޫއަށް ވަޑައިގަތުމުން އެރަށުން މަރުހަބާ ދަންނަވަނީ: މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ލިބެންޖެހޭނެ ކަމަށް ވިދާޅުވި --ފޮޓޯ/އެމްޑީޕީ
ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ ކުރިމަތިވާނެ ދަތިތައް އިހްސާސް ކުރެއްވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެގޮތަށް ވިދާޅުވީ އެމްޑީޕީ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ހއ. ފިއްލަދު އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާގައި ރައީސް ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބަކީ ވަރަށް މުހިންމު އިންތިޚާބެއް ކަމަށާއި ސަރުކާރަށް މަޖިލީހުގެ ތާއިދު އޮތުމުގެ މުހިންމު ކަން އެމަނިކުފާނު މަޖިލީހުގައި ހޭދަ ކުރެއްވި 25 އަހަރުގެ މުއްދަތުގައި ވަރަށް ރަނގަޅަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. އެމްޑީޕީގެ ވެރިކަމުގައި އެމަނިކުފާނު މަޖިލީހުގައި މަސައްކަތް ކުރެއްވިއިރު، އޭރުގެ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ނުލިބުމުން ގިނަ ގޮންޖެހުންތައް އޭރު ސަރުކާރަށް ކުރިމަތިވި ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހިފައިގެން އައި މެނިފެސްޓޯ ތަންފީޒު ކުރުމުގައި ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވި އޭރު ރައްޔިތުންގެ މަޖިިލީހުގެ ތެރެއިން. ކޮންމެ ވޯޓެއް، ކޮންމެ ބިލެއް ފާސް ކުރުމަށްޓަކައި އަޅުގަނޑުމެން އުޅެންޖެހުނު ބުރަ އަދި ދަތި އަޅުގަނޑަށް އިހްސާސް ކުރެވުނު. ބައެއް ރޭރޭ އަޅުގަނޑު ހުންނާނެ ރޭގަނޑު ހޭލާ ކުރެގެން އަނެއް ދުވަހު މަޖިލީހުގެ ޖަލްސާ އަށް ގޮސްފައި. އެއީ ހުށަހަޅާ ބިލްތަކަށް ވޯޓު ހޯދުމަށްޓަކައި ލޮބީ ކުރުމުގައި، މެމްބަރުންނަށް ގުޅުމުގައި." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިފަހަރު އެމްޑީޕީން ހުށަހެޅި މެނިފެސްޓޯއަކީ ވެސް ރައްޔިތުން އެދޭ ފަދަ މުހިންމު ބަދަލުތަކެއް ގެނައުމަށް ހުށަހަޅާ މެނިފެސްޓޯއެއް ކަމަށާއި އެކަންކަން މަޖިލީހުގެ ތެރެއިން ފެއިލްވެގެންދާ ތަން ދެކެވަޑައިގަންނަން ބޭނުންފުޅު ނުވާ ކަމަށެވެ. އެހެންވެ، މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބެންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަގައިމު ވެސް ވެރިކަމުގައި ހުރެ ދެކޭކަށް ބޭނުމެއް ނުވޭ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިކަންކަން ފެެއިލްވެގެންދާތަން ބަލާކަށް." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފިއްލަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށާއި އެ މަޝްރޫއު މިހާރު ޓެންޑާ ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެރަށު ސިއްހީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކާއި މުވައްޒަފުންގެ ދަތިކަން ވެސް ހައްލުކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކެލާ އާއި ވަށަވަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް މިއަހަރު ފެށިިގެންދާނެ ކަމަށާއި ވަށަފަރު އިންޖީނުގެ ބަދަލު ކުރުމުގެ މަސައްކަތް ވެސް ލަހެއް ނުވެ، ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ހއ. އަތޮޅަށް ފަތުރުވެރިކަން ގެނައުމަށްޓަކައި ވެސް ލަސްތަކެއް ނުވެ، ސަރުކާރުން މަސައްކަތް ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އަދިވެސް
02 April 2019
މަޖްލިހުގެ މެޖޯރިޓީ ސަރުކާރަށް ލިބެންޖެހޭކަމަށް މަތިމައްޗަށް ވިދާޅުވާއިރު އެއީ އެމްޑީޕީއަށް އެކަނި ލިބުން ކަމަށް އެމްޑީޕީން މާނަކުރާއިރު ރައްޔިތުންނަށް އޮޅުވާނުލާ ރީތި ސާފުބަހުން ވާހަކަ ދައްކަވާ. މިހާރުގެ ކޯޅުންގަނޑުގައި ނަޝީދު ކިޔާ އެއްޗަކާ އިބޫ ކިޔާ އެއްޗަކާ ގާސިމް ކިޔާ އެއްޗެއް ދިމައެއްނުވޭ.
އުދުހޭ
02 April 2019
އެއްއަތަށް ހަނދު އަނެއް އަތަށް އިރު ގެނެސް ލައިދިނަސް ބުނާނެ އެހެރަހުރިހާ ތަރި ބޯމައްޗަށް ލައިނުދޭތީ ދަތި އިހްސާސްވެޔޭ. ދެން ތަރިތަށް ގެނައިމާ ބުނާނެ އަދިމިއީ އެންމެ ގެލެކްސީއެކޭ. މީހަމަ ފޫނެތްފަޔަށް ފެންފުރުން.
ތުއްތޮންބެ
02 April 2019
ބައްލަވާ ފުރަތަމަ ވިދާޅުވީ ރައީސްކަމައް ހޮވުނީމަ ކޮއްދެއްވާނެ ކަންތައްތަކުގެވާހަކަ އޭރަކު ވިދާޅެއްނުވޭ މަޖްލިސްގެ އަގުލަބިއްޔަތުލިގެންނޭ ވައުދުތައް ފުއްދޭނީ ނަމަވެސް މިހާރު މަޖުލީހާ ވެރިކަމާ ކޯރޓުތަކާބސިފައިންނާ ފުލުހުންނާ މިނިވަން މުއައްސަސާތަކާ ކޮމިޝަންތައް ހައްދަވައިގެންނޫނީ ވައުދެއް ފުއްދޭ ކަމަކައްނުވޭ. އަދިވެސް މަތިމައްޗައް ހުސްވައުދު.
ގައުމީ ލޯބީގާ
02 April 2019
ދައްކާވާހަކަ އަކުން ބަޔަކު ބޮލެއް ނުގޮވާނެތަ އެހެންވީމަހޭ މިއަހަނީ ސަރުކާރަށް އެއްބާރުލުންނުދީ ބަޔަކު ހަވާލުކުރި އަމާނާތަކަށް ހިޔާނަތް ތެރިވީ .ހަމަ އެކަނި ވޯޓް ދޭށޭ ތަ ބުނެލަނީ ތިއެއްޑީޕީ ސަރުކާރެއްގަ ވޯޓް ހޯދަން ނުނިދާ ހޭލާއިދެ .ސަރުކާރަކަށް އެއްބާރުލުން ނުދީ އިދެ 25 އަހަރަކު ގޮޑީގަ އިންނެވިކަން އެއީ ގޮޑީގަ ބެއިންދެވި ބަޔަކަށް ކޮއްދެއްވި ހެއުކަމެއްތޯ؟.ތިމާއަށް ކުރެއްވުނު ކަންތައް ދެން ފެންނާނީ ތިމާއަށް އަމާޒު ވާތައް .
މެޖޯރިޓީ
02 April 2019
ރައްރަށައްކޮއްދޭން ތިބުނާ އެއްވެސްކަމެއްކުރާކަށް ޤާނޫނީ އެއްވެސް ހުރަހެއްނެތް. ޔާމީނަށް ފ.އަތޮޅު ހިމެތި ވިއްކާނުލެވުނީ މަޖްލިސްމެ މެޖޯރިޓީނުލިބިގެން. އެމްޑީޕީން މަޖްލިސްގެމެޖޯރިޓީ ބޭނުންވަނީވެސް ވެލާނާ އެއާޕޯރޓް އަބެއްކާވެސްޖީއެމްއާރ އަށްދިނުމަށާއި ޤާނޫނު އަސާސީ ބަދަލުކޮށް އިންޑިޔާގެ މިލިޓަރީ ބޭހެއް ރާއްޖޭގައި ރަސްމީކޮށް ހަދައި ޤައުމު އަޅުވެތިކުރުމަށް. އޭގެއިތުރުން ބަރުލަމާނީ އަށް ބަދަލުކޮށް އުމުރަށް ސާލިހު ރައީސްކަމުގަ ހުރުމަށް. ޢަމިއްލައެދުން.
ރާއްޖެ
01 April 2019
ރައީސުލްޖުމުޙޫރިއްޔާގެ މަގާމަކީ 25 އަހަރު މަޖިލީހުގައި އަގައިން ނުބުނެ އިނުން ހާ ފަސޭހަ ކަމެއް ކަމުގައި ދެކިގެން ނުވާނެ.
ވަތަން އިސްކުރަންޖެހޭ
01 April 2019
ދިވެހިންނަ ހެޔޮވިސްނުން ދެއްވާންދޭ. އެމްޑީޕީއަ ނޫނެކޭ ބުނަންޖެހޭ. މި ޤައުމުގެ މިނިވަންކަމުގެ ހައްގުގާ.
ތެދުވެރިޔާ
01 April 2019
އެމްޑީޕީއަ ވޯޓުދޭނީ މި ރާއްޖެދެކެ ލޯބިނުވާމީހެ. އެމްޑިޕިއަ އަޅުގަނޑު ވޯޓެއްނުދޭނަން. އިންޝަﷲ
މަންޑޭލާ
01 April 2019
އިބޫއަކީ މަކަރުވެރި މިހެއްކަން އެބައެގޭ. މީގެ ފަހަތުގަ އޮތީ އިންޑިޔަގެ އަސްކަރީ މަރުކޮޒެ ހެދުން. ވަރައްދެރަ.
ޝޮކްތެރަޕީ
01 April 2019
އެމްޑީޕީއަ މަޖުލިސް މެޖޯރަޓީ ލިބިއްޖީޔާ މިރައްޖެގެ ދުވަސް ދިޔައީ.