މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލައި އަޅާފައިވާ ކޯޒްވޭ، ހޯޑެއްދޫކޮޅުން ކަނޑާލާފައި. މި ދެ ރަށުގައި އެއް ނެޓްވޯކަކުން ކަރަންޓު ދޭން ވަނީ ނިންމާފައި/ފޮޓޯ: ފޭސްބުކް
11 އެޕްރީލް 2019 - 18:45
ގދ. މަޑަވެއްޔާއި އެ ރަށާ ޖެހިގެން އޮންނަ ހޯޑެއްދޫގެ ކަރަންޓު އެއް ނެޓްވޯކަކުން ދޫކުރަން ފެނަކަ ކޯޕަރޭޝަނުން މަސައްކަތް ފަށައިފި އެވެ.
ސަރުކާރުން ފެށި އާ މި މަޝްރޫއުގެ ދަށުން، ދެ ރަށުގައި ވެސް ކަރަންޓު ދޭނީ އެއް ޖަނަރޭޓަރުތަކަކުންނެވެ. ފެނަކައިން މިހާރު އަންނަނީ ދެ ރަށުގައި ވެސް ޓްރާންސްފޯމަރުތައް ބަހައްޓާނެ ތަންތަން ކަނޑައަޅައި، އެތަނުގެ މައި މަރުކަޒު ގާއިމު ކޮށްދޭނެ ފަރާތެއް ހޯދަމުންނެވެ.
ކަރަންޓު ދިނުމަށް ސެންޓްރަލް ޕަވަ ސްޓޭޝަން ޑިޒައިންކޮށް އިމާރާތްކޮށް، އަދި އެތަނަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ވެސް ގެޒެޓްގައި ވަނީ އިއުލާން ކޮށްފަ އެވެ.
ކޯޒްވޭއަކުން ގުޅާލާފައި އޮންނަ މަޑަވެއްޔާއި ހޯޑެއްދޫ އަކީ ކަރަންޓުގެ މައްސަލަތައް ވަރަށް ގިނައިން ދިމާވާ ދެ ރަށެވެ. ޖަނަރޭޓަރުތައް ހަލާކުވެގެން އެ ދެ ރަށުން ވެސް ގިނައިން ކަރަންޓު ދާއިރު، އެއް ނެޓްވޯކަކުން ދެ ރަށުގެ ކަރަންޓު ގުޅާލުމަކީ އެކަމަށް ލިބޭނެ ހައްލެއް ކަމަށް ފެނައިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންމަނިކު
12 April 2019
ތި ހުވަދޫ މީހުން މާލޭ ގަ ރަށުގަ ދެތިން މުސްކުޅިން ؟
ނެތީމޭ
11 April 2019
ތިޔާ ޕްރޮޖެކްޓް ފައިނޭންޝަލީ ފީސްބްލްތޯ މަމެން ބަލަން ބޭނުންވެއޭ އައްޑޫން ވެސް ވަނީ ގެއްލުމޭ ދެން ތިޔާ ދެރަށުން ފައިދާވާނެ އެއްގޮތެއް ވެސް ނޯންނާނެއޭ މަމެން ބުނަން ނެތީމޭ...
މަމެން
11 April 2019
ބަލަގަ މިހާރުވެސް ތިގޮތަށް ގުޅާލާފަ އެތައް ރަށެއް އެބައޮތް ކޮއްކޯ ކަރަންޓެއް ކަޑާނުލާ އެރަށް ތަކުގެ މީހުން .
ބަބުރުލް ސަލީމް
11 April 2019
އަނެއްކާ ރުޅިއަންނަގަޑީގާ އަނެއްރަށުން ކަރަންޓުނުދުއްވާލާނެބާ؟ މިހެންމިބުނީ ޑިމޮކުރަސީގާ މެޖޯރިޓީ އެގޮތަށް ބުނެފިނަމަ ހަމައެގޮތަށް އަމަލުކުރެވޭނެތީ.