ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން ދިޔަ ފުލުހަކު މިރޭ މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޯފް ޑިއުޓީގައި އުޅެނިކޮށް ސްޓްރޯކެއް ޖެހުނީ ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރަމުން އަންނަ ފުލުހެއް ކަމަށެވެ. އޭނާ މަރުވީ ހާލު ސީރިއަސްވެގެން އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
ސްޓްރޯކެއް ޖެހިގެން މަރުވީ ކޯޕްރަލް ސިމްރާހް އަލީ އެވެ.
"ގޭގައި ހުއްޓައި ސްޓްރޯކެއް ޖެހުނު ކަމަށް މައުލޫމާތު ލިބުނީ. މިދިޔަ ހޯމަ ދުވަހު އިތުރު ފަރުވާ ދިނުމަށް ސިމްރާހް މާލެ ގެނެސްފައި ވަނީ" އޮފިޝަލް ވިދާޅުވި އެވެ.
ސިމްރާހްގެ ގާތް މީހެއް ކަމަށްވާ އިސްމާއިލް އަލީ "މިހާރު" އަށް ބުނި ގޮތުގައި ސިމްރާހަކީ ވަރަށް މަޑުމައިތިރި އެކަމަކު މަޖާ އަދި ސަކަ މިޒާޖެއްގެ މީހެކެވެ.
"އަހަރުމެންނާ އެކީގައި ޓްރެއިނިން ހެދި އިރު، އެއް ބެޗެއްގައި އުޅުނީ. ވަރަށް ސަކަރާތް ޖަހާނެ. ސިއްހީ މައްސަލައެއް ކުރިން ފާހަގަވެފައި ނެތް،" އިސްމާއިލް ބުންޏެވެ. "ސިނގިރޭޓު ބޯ ކަމެއް ވެސް އަހަރުމެންނަށް އެނގިފައެއް ނެތް."
ސިމްރާހް ކުޅުދުއްފުށީގައި ދިރިއުޅޭ އިރު، އޭނާގެ އަންތްބެއް ހުރެ އެވެ.