ހުޅުލޭ އާ ނެރުގެ މަސައްކަތެއް ކުރާތީ ސަމާލުވާން އެދެފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އަލަށް ހަދާފައިވާ ނެރުގެ މަސައްކަތެއް ކުރަން ހަމަޖެހިފައިވާތީ، އެއާޕޯޓަށް އަންނަ ކަނޑު އުޅަނދުތަކުން އެކަމަށް ސަމާލުވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެދެފި އެވެ.


އެމްއޭސީއެލް އިން މިއަދު ނެރުނު އިއުލާނުގައި ބުނީ އަލަށް ހަދާފައިވާ ނެރުގެ މަސައްކަތެއް އަންނަ ހޮނިހިރު ދުވަހުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ. އެ މަސައްކަތް ކުރާނީ ނެރު އެއްކޮށް ބަންދު ނުކޮށް ކަމަށާއި އެހެންވެ، ހުޅުލޭގެ ފަޅު ތެރެއަށް ވަންނަ ކަނޑު އުޅަނދުތަކުގެ ސަމާލުކަމަށް އެކަން އަންގާ ކަމަށް އެ އިއުލާނުގައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އަންނަނީ ހިނގަމުންނެވެ.