އުމުރުން 14 އަހަރުގެ ކުޑަ ކުއްޖަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުން މިރޭ ކުރި އިއުލާނެއްގައި ބުނީ ގެއްލިގެން ހޯދަމުންދާ ކުއްޖަކީ ދަފްތަރު ނަންބަރު ރސ 2997، ޝައިމް ޢަބްދުﷲ ކަމަށެވެ. އެކުއްޖާ ގެއްލިގެން ރިޕޯޓް ކުރީ އަންގާރަ ދުވަހު ހެނދުނު 9:29 ގައި ކަމަށް ފުލުހުން ބުންޏެވެ.
ޝައިމް ޢަބްދުﷲ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކޮށް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 3000600 އަށް ގުޅައި އެމައުލޫމާތު ދޭން ފުލުހުން އެދެ އެވެ.