ވާރޭ ވެހޭއިރު މަގުމަތިން މީހަކު ހިނގާފައި ދަނީ: މިއަދާއި މާދަމާ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނޭ -- ފޮޓޯ/މިހާރު
11 އޯގަސްޓް 2019 - 14:00
މިއަދާއި މާދަމާ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން މިއަދު ބުނެފި އެވެ.
މި އަހަރުގެ އަޟްހާ އީދު ދުވަސް މިއަދު ފާހަގަ ކުރަމުން ދާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ، މިއަދު ހެނދުނުން ފެށިގެން މާދަމާ ހެނދުނު 10 އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އެހެން ސަރަހައްދުތަކަށް ވުރެ ދެކުނުގެ އަތޮޅުތަކަށް ވައިގެ ގަދަވާނެ ކަމަށް ލަފާ ކުރެވޭއިރު، ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދަ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެންވެ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވާން މެޓް އޮފީހުން އެދެ އެވެ.
ދެކުނު ބައެއް ރަށްރަށަށް ރޭ ވެސް މޫސުން ގޯސްވުމުން ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ. އެގޮތުން ވައި ގަދަވެ، އައްޑޫގެ ބައެއް ގޭގެ ފުރާޅު އެއްލާލުމުގެ އިތުރުން ގަސްތައް ވެއްޓި އަދި ބައެއް ގޭގެއަށް ވަނީ ފެން ވަދެފަ އެވެ. އަދި ފުވައްމުލަކާއި ގދ. އަތޮޅުގެ ބައެއް ރަށްރަށުގައި ވެސް ފުރާޅު އެއްލާލުމާއި ގަސް ވެއްޓުމުގެ ހާދިސާތައް ހިނގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަސްޓަމްސް އައިޓީ އަސްނާ
11 August 2019
ދެން އޮފީސްތައް ބަންދުކުރަންވީނު އެހެންވިއްޔާ. ބޭކާރުގޮތުގަ ކީއްކުރަން އެގެންދަނީ އޮފީހަށް.
މަރޭމިތުރު
11 August 2019
ވެއްސަވާނދޭވެ ރަހުމަތުގެ ވާރޭވިލާ، އައްސަވާނދޭ ދުޢާ އަޅުގެ އާޒަލްޢުލާ، އެންމެހާ ރީތި ހަމްދާއި ތަޢުރީފްގާ، ދެންނެވޭހާ ސަނާއި ތަޝްރީފްގާ، ގެންނަ ލަފްޒޭމިއީ އަޅުގެ ނިޔަތާއު ދުލާ....
ސަމަދު
11 August 2019
ދެންނުޖެހޭނެތާ ފެންޖަހާކަށް. ގުދުރަތުން އެއޮށް ފެންޖެހެނީވިއްޔަ.
ހުޒާމު
11 August 2019
މިފަހަރު އީދަކީ ފެން އީދެއް
މަރޭމިތުރު
11 August 2019
ރަނގަޅާއި ނުބައި އޮންނަނީ ގޯހާއި ހެވާއި އޮންނަނީ. މިބުނާވާހަކައަކީ މޫސުން ގޯހެއްނުވާނެއޭ [މޫސުން ނުބައިވާނީ އަދި މޫސުން ރަނގަޅުވާނީ] ދިވެހި ބަސްފޮތުންވެސް މިކަން ސާބިތުވޭ! އަހަރެން މިހެން މިބުނެލީ ބަސް ރަނގަޅުކުރުމުގެ ގޮތުން.