މާފަންނުގައި ހަދަމުން އަންނަ އިމާރާތެއްގެ ވައިގޮޅިން މިއަދު މީހަކު ވެއްޓި އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނިގޮތުގައި އިމާރާތުގެ ފަސް ވަނަ ބުރިން އެ މީހާ ވެއްޓުނީ ދެ ވަނަ ބުރިއަށެވެ. އެކަމަކު އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ.
ފުލުހުން ބުނީ 40 އަހަރުގެ ދިވެހި ފިރިހެން މީހާ އެ އިމާރާތަށް އެރީ، އެތަނުގައި މަސައްކަތް ކުރާ އަޑުގަދަވެގެން ހިތްހަމަނުޖެހިގެން ކަމަށެވެ. އެ މީހާ ދިރިއުޅެނީ އިމާރާތާ ޖެހިގެން ހުރި ގޭގަ އެވެ.
ފުލުހުން ބުނި ގޮތުގައި ވައިގޮޅިން ވެއްޓި އެ މީހާއަށް ސީރިއަސް އަނިޔާތަކެއް ނުލިބުނު ނަމަވެސް ވައިގޮޅީގެ ދެ އައުޓްޑޯ ޔުނިޓަށް ވަނީ ގެއްލުން ލިިބިފަ އެވެ.
ގެއެއްގެ ލިފްޓް ގޮޅިއަކުން ވެއްޓި މިދިޔަ މަހުގެ ތެރޭގައި ވަނީ އުމުރުން ދުވަސްވީ މީހަކު މަރުވެފަ އެވެ.