އައިމިނަތު ނަޝާ ނާޝިދު: ގެއްލިގެން ހޯދި ނަޝާ އިއްޔެ ފެނުނުކަމަށް ފުލުހުން ބުނި -- ފޮޓޯ: ފުލުހުން
28 އޮކްޓޯބަރ 2019 - 12:29
ގެއްލިގެން ހޯދަން އިއްޔެ އިއުލާން ކުރި އަންހެން މީހާ ފެނިއްޖެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ހ. ލާމިޔާގައި ދިރިއުޅޭ 23 އަހަރުގެ އައިމިނަތު ނަޝާ ނާޝިދު ހޯދަން ފުލުހުން އިއުލާނުކުރީ އިއްޔެ މެންދުރެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ނަޝާ ފެނުނީ އިއްޔެ، އޭނާ ފެނުނީ ހޯދަން އިއުލާނުކުރި ފަހުން ކަމަށެވެ. ނަޝާ ފެނުނު އިރު ހާލު ރަނގަޅު ކަމަށާއި އޭނާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.
ނަޝާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަނީރު
30 October 2019
ގެއްލުނު އަންހެންމީހެއްކަމަށް ބެލެވޭ މީހަކު ފެނިއްޖެ
އަބްދުﷲ
30 October 2019
ހުރިހާ މައުޞޫމާތު ދޭކަށް ނުޖެހޭ، އެއީ އެހީތެރިވުމުގެ ޝަރުތެއްނޫން. އޭނަ ފެނިގެން ރިޕޯޓުކުރި މީހާއަށް ނުވާވަރު ކަލޭމެންނަށް އެބަވޭ. "އޭނަ ފެނުނީ ދަގަނޑު ކެނޑިގޭ ގޯޅި ތެރޭން"
ސަލާން
29 October 2019
ކޮންކަހަލަ ކަބަރެއް؟؟؟ ޚަބަރު ނިމުނު އިރުވެސް ވީގޮތެއް ނޭގުނު. ޚަބަރު މި ކިޔާލީ އޭނާ ފެނުނުގޮތަކާ ފެނުނުތަނެއް އެނގޭތޯބަލާލަން. އެކަމެއް ނުވި.
އަހްމަދު
29 October 2019
ނަޝާ ގެއްލިގެން ރިޕޯޓްކުރީ މިދިޔަ ބުދަ ދުވަހު. އެއީ މިއޮކްޓޯބަރ މަހުގެ 23 ވަނަދުވަސް. ފުލުހުން މިއަންހެންމީހާހޯދަން އިއުލާނުކުރީ އިއްޔެ. އެއީ މިއޮކްޓޯބަރ މަހުގެ 27 ވަނަދުވަސް. ހާދަ އަވަހަކަށް އެމީހާހޯދަން އެ އިއުލާނުކުރީ. އެމީހާ ފެނުނީމާ ހޯދަން އިއުލާނު ކުރަން މަޑުކޮށްލިނަމަ..
އަބްދުﷲ
30 October 2019
އިއުލާނު ފެނިފަ އޮތީމަ، އޭނަ ފެނުނީމަ ރިޕޯޓް ކުރަން އެނގުނީ. ހޯދަން އިއުލާނުކުރާ މީހަކު އަވަހަށް ފެނުނީމަވެސް މައްސަލައަކަށްވީތަ؟
ހަމްމމމމމމ
28 October 2019
އެއްވެސް ކަމެއްގަ ޕޮލިހުންނައް ހަާމަ ކުރެވިފަކާއެއްނެއް. ނަމެއްވެސް، ކަމެއްވެސް، އެއްޗެއްވެސް
އަބްދުއްالله
28 October 2019
ނަޝާ މިއީ ނަށާ މީހެއްތަ؟
ވާނުވާ 28/10/2019 2،50
28 October 2019
ވައްކަން ކުރާ މިހުން ކޮންމެ ކަމެއްވެސް ކުރާނެ 2،55
ހިގޮ
28 October 2019
ފުލުހުން ރައްޔިތުންގެ އެހީތެރިކަމަށް އެދެންޔާ ރައްޔިތުންނަށް މައުލޫމާތު ހާމަކުރަންޖެހޭނެ ކޮންމެ ކަމެއްގަ ފުލުހުން ވާނުވާ ވަނީ ކީއްވެ
ފުންއަސަރު
28 October 2019
އޭނާފުނުނުތަނަކާ ކަންވީގޮތް ތިމީހުންވެސް ހާމަނުކުރަންޏާ ދެންފަހަރަކުން މަމެންވެސް ތިފަދަ ކަންކަމުގާ އެއްބާރުލުމެއް ނުދޭނަން.
ނާން
28 October 2019
100 ކައިގެ ވާހަކައެއް
ފިތެ
28 October 2019
ގެެއްލުނީކީނޫން ތަނަކަށްދިޔައީ
މަކުނު
29 October 2019
ތަނަކަށް ދިޔައީކީވެސްނޫން. ނޫސްތަކަށް ފޮޓޯ އަރުވާލީ. މީ އަންހެންކުދިންގެ މިހާރުގެ ސްޓަންޓެއް.
މިޒަނީނާ
29 October 2019
ފުންއަސަރު މީ ސަަޅި ކޮމެންޓް އާޓިކަލްތަކަށްކުރާ ބޭފުޅެއް