ގދ. ފަރެސްމާތޮޑާގެ ޒުވާނުންގެ މެދުގައި ގްރޫޕް މާރާމާރީތަކެއް ހިނގައި ތިން މީހަކަށް އިއްޔެ އަނިޔާވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ މާރާމާތީތަކުގައި ތިން މީހަކަށް އެކިވަރަށް އަނިޔާވެފައިވާ ކަމަށާއި ތިން މީހުންނަށް ވެސް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށެވެ. އެކަމަކު އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.
އެ މައްސަލައާ ގުޅިގެން 18 އަހަރާއި 20 އަހަރާ ދެމެދުގެ ތިން މީހަކު ހައްޔަރުކޮށް، ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އެމީހުންގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފަރެސްމާތޮޑާގައި ހިންގި މާރާމާރީ ތަކަކީ ސިލްސިލާ މާރާމާރީތަކެއް ކަމަށް ބެލެވޭ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެެ.