ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު: އޭނާގެ އިތުރު މައްސަލަ އާއި އިތުރު ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަން ޖޭއެސްސީން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
16 ޖެނުއަރީ 2020 - 14:05
ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ އާ މައްސަލައަކާއި އިތުރު އެހެން ބައެއް ފަނޑިޔާރުންގެ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިސް ފަނޑިޔާރު ޝުޖާއުގެ އިތުރުން ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ އަދީބާއި ގއ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރުގެ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަތައް ބަލަން ތަހުގީގު ކޮމިޓީތައް އެ ކޮމިޝަންގެ އިއްޔެ ޖަލްސާގައި އެކުލަވާލާފައިވާ ކަމަށް ބުންޏެވެ.
އެކަމަކު އެ މައްސަލަތަކުގެ ތަފްސީލެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.
މީގެ އިތުރުން، ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ސަސްޕެންޑް ކުރަން އެ ކޮމިޝަނުން ކުރިން ނިންމާފައިވާތީ، އެ ޖުޑީޝަލް ދާއިރާ ހިންގުން ދ. ކުޑަހުވަދޫ ކޯޓުގެ މެޖިސްޓްރޭޓް އަބްދުލްގާދިރު އާދަމްއާ ހަވާލު ކުރަން ވެސް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް ބަޔާނުގައި ވެ އެވެ.
އިސް ފަނޑިޔާރު ޝުޖާއުގެ މައްސަލައެއް ބަލަން ނިންމިއިރު، ޖޭއެސްސީން ކުރިން ވެސް އޮތީ އޭނާގެ އެހެން މައްސަލައެއް ބަލަން ނިންމައި، ތަހުގީގު ކޮމިޓީއެއް އެކުލަވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްސަން
17 January 2020
ސިވިލްކޯޓުގެ ފަނޑިޔާރަކަށް އަލަށް އައްޔަންކުރި މަތީން ފަނޑިޔާރަކަށް އައްޔަންކުރި އިރު ހުރީ ސިވިލްކޯޓުގެ ރަޖިސްޓްރާގެ މަގާމުގައި. ރަޖިސްޓްރާގެ މަޤާމުގައި ހުރެ އެކޯޓަށް ބަލައިނުގަނެވޭނެ ކިތައް މައްސަލަތޯ ބަލައިގަތީ. މަތީނާ ބެހޭ އެތައް ބައިވަރު ސަކުވާތަކެއް ޖޭ އެސް ސީ އަށް ހުށަހަޅާފައި ވަނިކޮށް އެ މައްސަލަތައް ނުބަލާ އޭނާ އަށް ފަނޑިޔާރުކަން ދިނީ. މިއިން އެނގެނނީ ޖުޑިސަރީ ރަނގަޅުކުރުމުގެ ވިސްނުމެއް ނެތްކަން. ބޭނުމީ ޖަންގަލީ ސިސްޓަމަށް ކޯޓުތައް (ޖޭ. އެސް. ސީ)
ޢާސީ
17 January 2020
ކޮބާ ކޮމަންޑޫ ޢާޒީ އަހުމަދުފުޅުގެ އަޑި ސަރުކާރައް އިނގޭބާ
އިއްޒަތު
16 January 2020
ޔާމީންގެ ކެމްޕެއިން މެނޭޖަރ
ފެންތަށި
16 January 2020
ބަލަ ޔާމީނުގެ މައްސަލަ މީނާ އިސްފަޑިޔާރަކަށް ހުރެގެން އިންސާފުވެރިކަމާއިއެކު ނުނިންމާނެ ކަމީ އެންމެންނަށްވެސް އެގޭ ހަގީގަތެއް! ޝުޖާއުސްމާނަށް ހައިކޯޓްގެ އިސްފަޑިޔާރަކަށް އާދެވުނުގޮތް އެއީ އިބްރަތަކަށް ފުދޭނެ.
ކަނަމަނަ
16 January 2020
ތިހުރިހާވެސްމައްސަލައަކީ ރ ޔާމީނުގެ އިސްތިއުނާފް މައްސަލަބަލާގަނެ އެމައްސަލަބަލަން ތާވަލްކޮއްފިއެއްނުން އެހެންވެދައްކާހާބިރު
ޞޭރުކުރޭ
16 January 2020
ސުޖާއު ބޭރުކުރޭ ވަގުތުން ވަގުތައް.
ޤާދިރު
16 January 2020
ޔާމީންގެ މައްސަލަ ތާވަލް ކުރުމާއެކު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް ފެށީ. ސާބަހޭ.
އެސްމީ
16 January 2020
ނަމުން ފަނޑިޔާރުންނަށް ނުފޫޒެއް ނުފޯރުވާ. ކަމުން ބިރުދެއްކުން މި އޮންނަނީ.
ފަތުހީ
16 January 2020
ޔާމީންގެ މައްސަލަ އެޖެންޑާ ކުރީ ހަމަ ކުއްލިއަކަށް މައްސަލަ ބަލަން ފެށީ. އަދުލު އިންސާފު ގާއިމުވާނީ ތިވަރަށް. ބޭނުމަކީ ފަނޑިޔާރަށް ބިރު ދެއްކުން. އިންސާފު ގާއިމުވިޔަ ނުދިނުން. މީ އަނިޔާވެރި ސަރުކާރެއް. އިންސާފެއްނެތް ސަރުކާރެއް. މުޅި ޝަރުއީ ދާއިރާ އޮތީ ވެރިން ބުނީމާ ބުނާ މީހަކަށް ނޫނީ ފަނޑިޔާރުކަން ނުކުރެވޭގޮތަށް. ވަރަށް ދެރަ. އިސްލާހެއްނުވި. ގޯސްވީ.
ކާޖާ
16 January 2020
އިސް ފަނޑިޔާރު ޝުޖާއުގެ މައްސަލައެއް ބަލަން ނިންމިއިރު، ޖޭއެސްސީން ކުރިން ވެސް އޮތީ އޭނާގެ އެހެން މައްސަލައެއް ބަލަން ނިންމައި، ތަހުގީގު ކޮމިޓީއެއް އެކުލަވާލައިފަ އެވެ.
ގަޑުބަޑު
16 January 2020
ތި ބަދަލު ހިފުން ހުއްޓާލައިފާ ރައްޔިތުން ނަށް ކަމެއް ކޮށްދެވޭތޯ ބަލާބަލަ..މިހާރު ވެރިކަމުގެ 5/1 ވޭސްޓް ވެެއްޖެ ނޫން ތޯއެވެ؟
ގުރަހަ
17 January 2020
އެންމެން ކުރިމަތީ ރޯދުވާލު މެންދުރު ޔާމީނަށް ކެމްޕެއިންކޮށް، ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވެފައި ހުރި މީހެއްގެ މައްސަލައެއް ބެލީމާވެސް ބުނަނީ ބަދަލު ހިފަނީކަމަށް، ނަޒާހަތްތެރިކަމެއް ނެތް ބައެއް، ފަހަރުގަ ވެދާނެ ބަދަލުހިފަނީކަމަށްވެސް، އެކަމަކު ޝުޖާއަކީ ފަނޑިޔާރުކަމުގައި ހުންނަވަރުގެ ގާބިލު މީހެއްވެސް ނޫން. އަދި ނަޒާހާތްތެރިމީހެއްވެސް ނޫން.