ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން: އެ ކޯޓުގެ އިސް ފަނޑިޔާރަކަށް އޭނާ ވަނީ ހަމަޖައްސާފައި ---ފޮޓޯ: ނިޝާން އަލީ/މިހާރު
15 އޯގަސްޓް 2018 - 16:41
ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އެ ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން ހަމަޖައްސައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އިސް ފަނޑިޔާރު ކަމަށް ޝުޖާއު އައްޔަން ކުރަން ނިންމީ މިއަދު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.
ޝުޖާއު ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަން ކުރީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި ފަނޑިޔާރު އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މިދިޔަ މަހު އައްޔަން ކުރެއްވުމުންނެވެ. އަބްދުﷲ ދީދީ ސުޕްރީމް ކޯޓަށް އައްޔަން ކުރުމުން ހައި ކޯޓު ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ވެސް ފަނޑިޔާރު ޝުޖާއު އެވެ.
ފަނޑިޔާރު ޝުޖާއުއަކީ ހައި ކޯޓު ފަނޑިޔާރު ކަމަށް 2015 ގައި އައްޔަން ކުރުމުގެ ކުރިން ކްރިމިނަލް ކޯޓުގެ ފަނޑިޔާރެކެވެ. އޭގެކުރިން އޭނާ ހުންނެވީ މެޖިސްޓްރޭޓަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލަދުހަޔާތަ
18 August 2018
ޖުޑީޝަރީގެ އިސް މަޤާމު ތަކަށް ނާޤާބިލް,ކޮރަޕްޓް, ތައުލީމީ ގޮތުން ބުރަދަން ކުޑަ ބޭފުޅުން އިސް ކުރަނީ ކޮންކަމެއް ނުވެގެން ބާއެވެ.
ގަބުޅި
16 August 2018
މިހާރު ދެން ޔަގީން ވެއްޖެއް. ރޭވި ިނިމެނީ ކުރިޔަށްއޮތް އިންތިހާބް ކާމިޔާބް ކުރާނެ ފޯމިއުލާރ މިއޮތީ ފެންނަން. އިބޫ ގެ ނަމެއް ވޯޓްކަރުދާހުގައި ނޮއޮތްނާނެ.
ކޯޑިނޭޓަރ
16 August 2018
އިލްމީ ދިރާސާތަކާ ޙުކުމް ތައް ކުރުމަށް އާދަޔާ ޚިލާފަށް ޤާބިލް ބޭފުޅެއް...ދެން ވިސްނަވާ މިޤައުމުގެ ޙާލަތު...
ސަލާމީ
15 August 2018
އިންތިހާބު ކާމިޔާބް ކުރުމައް އެޅިފިޔަވަޅައްބާ!!!!
ޟަަދު
15 August 2018
ފެންވަރު ދޯ..އެންމެންނަށް އެގޭ ފެންވަރު...
ކޯޓް
15 August 2018
އަޖައިބެއްނުވޭ. ރަނގަޅު ބުނާގޮތް ހަދާބޭފުޅުންނަށް އިނާމުލިބޭނީ
ެއިބްރަހިމް ހުސެން
15 August 2018
ހަމީދުމެން ރައޫފްމެން ސަމީރުމެން ތިއްބާ ، އެމީހުން ގެ ދަރިވަރަކަށް އިސްގާޒީކަން!!!!
ޢަހޫ
15 August 2018
ކުރިއަށް ހުކުމެއް އޮތީތޯ
އާދަނު
15 August 2018
އިންތިހާބަށް ވާއިރަށް ގޮޅިގޮޅިއަށް މީހުން އަރަނީ....!!
ވަސީމު
15 August 2018
އިންތިހާބު ފެށެންވާއިރަށް ކުޅިބައި ރާވައިލަނީ.