އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް. ކާޑުގެ އަގު ބޮޑުކުރި މައްސަލާގައި އެސްޓީއޯއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި.
05 އޮކްޓޯބަރ 2016 - 14:06
އެސްޓީއޯ އިން ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކުރަން ޖެހޭ ކަމަށާއި މާލޭގެ ބިންތައް އެސްޓީއޯ އަށް ދީފައި ވަނީ މާކެޓް އަގަށް ވުރެ ކުޑަކޮށް ކަމަށް ވިދާޅުވެ، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެ ކުންފުންޏަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރެޑްވޭވްގެ ނަމުގައި މާލޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރިކުރާ ހަ ފިހާރަ ވެސް ހިންގަވާ ސަލީމް މިއަދު ވިދާޅުވީ އެސްޓީއޯ އަށް މާލޭގެ މުހިންމު ލޮކޭޝަންތަކުން ބޮޑެތި ބިންތަކެއް ދީފައި ވަނީ މާކެޓް އަގަށް ވުރެ ހެޔޮ އަގެއް ކަމަށާއި އެހެންވެ ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
"އެސްޓީއޯ އަށް މާލޭގެ ބިންތައް އެހެރީ އަކަފޫޓެއް 50 ލާރި އަދި 1.50ރ. އަށް ދީފައި. އަޅުގަނޑުމެން ކުއްޔަށް ހިފައިގެން މިއުޅެނީ އަކަފޫޓެއް މަހަކު 40ރ. އާއި 60ރ. އާ ދެމެދު އަގެއްގައި. އެކަމަކު އެސްޓީއޯއިން ގެންނަ އާއްމު ބާވަތްތަކުގެ 90 ޕަސެންޓް އަޅުގަނޑުމެން ގެނެސް މި ވިއްކަނީ އެއަށް ވުރެ އަގުހެޔޮކޮށް،" އޭނާ ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ޕާޓީގެ މެމްބަރު ސަލީމް ވިދާޅުވީ ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމަށް ފަހު އެސްޓީއޯއިން ދައްކާ ވާހަކަތަކަކީ ދެކޮޅު ޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ.
"އެސްޓީއޯ އަށް މާލެއިން ބިންތައް ދީފައިވާ އަގަކީ ސަބްސިޑީއެއް ކަމަށް ބަލަން ޖެހޭ. އޭގެ އިތުރުން ރަށްރަށުން ވެސް ބިންތައް އެހެރީ އެތައް ގުނައެއް ހެޔޮކޮށް ދީފައި. މިވަރުގެ ބޮޑު އިނާޔަތްތަކެއް ދީފައިވާ ކުންފުންޏަށް އެ އުޅެނީ ނުފުދިގެން،" އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ސަބްސިޑައިޒްކޮށްގެން ގެންނަ ހަނޑުލުގެ ބޮޑު ބައެއް ބޭނުންކުރަނީ ބިދޭސީން ކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކައަކީ ދޮގެއް ކަމަށެވެ.
"ސަބްސިޑައިޒްކޮށްގެން ގެންނަ ހަނޑޫ ކަނީ ދިވެހިންގެ އާދައިގެ މީހުން. މިތާ އުޅޭ ބިދޭސީންގެ 90 ޕަސެންޓް މިހާރު ކަނީ ބާސްމަތީ ހަނޑޫ. އަޅުގަނޑަކީ އެ މީހުންނަށް އެ ބާވަތްތައް ވިއްކާ މީހެއް ވީމަ މިހާ ރަނގަޅަށް އެނގެނީ،" އޭނާ ވިދާޅުވި އެވެ.
ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމާ ގުޅިގެން ސަލީމްގެ އިތުރުން ޕީޕީއެމްގެ އެހެން ބައެއް މެމްބަރުން ވެސް ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ކާޑުގެ އަގުބޮޑުވި މައްސަލާގައި ސަލީމް ވަނީ މިދިޔަ އާދިއްތަ ދުވަހު ވެސް ސަރުކާރަށާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ސަރުކާރުން ހިންގާ ނޭދެވޭ ހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުން ކަމަށެވެ.
ކާޑުގެ ސަބްސިޑީ ދޭނީ ހަމައެކަނި ނިކަމެތިންނަށް ކަމަށް ބުނެ ސަރުކާރުން ވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކާޑުގެ ބާވަތްތަކުގެ އަގު 100 ޕަސެންޓް ބޮޑުކޮށްފަ އެވެ. އެގޮތުން ސަބްސިޑީ ކަނޑާލުމުން ހަނޑޫ ކިލޯއެއް މިހާރު މާލެއިން ގަންނަން ލިބޭނީ 7.96ރ. އަށެވެ. މީގެ ކުރިން ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް ވަނީ އަރާފަ އެވެ. ފުށް ކިލޯއެއް މިހާތަނަށް ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސަ
06 October 2016
މިއީކީ އެސްޓީއޯ ބޭނުންވެގެން ކުރިކަމެއްނޫން. މިއީ ސަރުކާރުން އަންގައިގެން ކުރުވިކަމެއް. އެސް.ޓީ.އޯގެ ފިއުލް ސަޕްލައި އިން އިއްޒަތްތެރި މެމްބަރުން ދަރަންޏަށް ނަގާނަގާ އެތަންވަނީ ބަގްރޫޓްވެފައި. އެއާއެކު މިފްކޯވެސް އެސް.ޓީ.އޯ ބޮލަށް ބިންދާލީ. މިހުރިހާ ދަރަންޏަކާއެކު ދަވްލަތުން ދޭންޖެހޭ އެތައް މިލިއަންއަކާއި ފެނަކައާއި ސްޓެލްކޯއިން ދޭންޖެހޭ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ވަނީ ދެއްކޭނެގޮތެއް ނެތިފަ. އެހެންވި ސަރުކާރަށް ގޮސްހުވީމަ މެމްބަރުންނަށްޓަކާ ސަރުކާރުން އެޅުއްވި ފިޔަވަޅެއް ނޫންތޯ
ފާތުމަ
06 October 2016
އެސްޓީއޯއަށް މާލެއިން ބިންތައް ކުއްޔަށް ދޫކޮށްފައިވަނީ ހެޔޮ އަގުގައޭ ، ވެދާނެ ހުޅުމާލޭގަ ހެދި ރެޑްވޭވް ފިހާރަ ސަރުކާރުން ތިމަށްނައަށް ދިނީ ހިލޭއޭ ބުނަން އުޅެނިކޮށް ބުނެވުނު އެއްޗަކަށް، އެތަން ހޯދަން ހެދިމަކަރު ނިކަން ކިޔާދީބަލަ
ޙަސަންބެ/ އަތޮޅުތެރެ
06 October 2016
ރައްޔިތުންނަށް ހެޔޮއެދިވަޑައިގެން ބަހެއް ވިދާޅުވީތީ ސަލީމްބެއަށް ޝުކުރިއްޔާ. ރައްޔިތުން އަދިވެސް ކަނީ ހަމަ އާދައިގެ ދެރަ ހަނޑޫ. ޒަރީރީބޭނުންތައް ނުފުދި ލިބޭ އާމްދަނީކޮޅޫން ދެކޮޅުނުހެގިގެން އުޅޭއިރު ބާސްމަތީ ހަނޑޫ ކާވަހަކަ ދައްކަވާ ބޭފުޅުންނާއިމެދު ހަމަ ހައިރާންވަން. ސްބްސިޓީ ދޭންނުޖެހޭ މީޙުންނަށް ދެވޭތީ ކަންބޮޑުވެލައްވާއިރު މުސްކުޅިންގެ ތެރެއިން ބޮޑެތި މަހުޖަނުންނަށް ވެސް 5000 ރުފިޔާ ދެއްވަނީ އެއީވެސް ހަމަ އިންސާފުތޯ. 65 އަހަރުން ދަށް ކިތައްމީހުންތީ ދަރައިވިކިގެން ޒަރޫރީބޭނުންތައް ފުއްދަނީ. އަޅެ ވިދާޅުވެބައްލަވާ.
އެނގޭ
06 October 2016
ކިހާ ވަރަކަށް ދިރާސާ ކުރައްވާފަތޯ ތި ވިދާޅުވީ އެސްޓީއޯއަށް މާލެއިން ބިންތައް ކުއްޔަށް ދޫކޮށްފައިވާ އަގު. އެސްޓީއޯ، ފިނޭންންސް މިނިސްޓްރީ އިން ނުވަތަ މީރާއިން މަޢުމާތު ސާފުކޮށްލެވުނު ނަމަ ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން އިތުރު ފުޅު ހައްދަވަން ނުޖެހުނީސްކަން ކަށަވަރު. ރައްޔިތުންނަށް އޮޅޭ ގޮތަށް ތިފަދަ ޕްލެޓްފޯމެއްގައި ހުންނެވި ބޭފުޅަކު އިތުރު ފުޅު ހެއްދެވުމަކީ ވަރަށް ބޮޑު ގޯހެއް. ޚާއްސަކޮށް މިފަދަ ދަނޑިވަޅެއްގައި. ރައްޔިތުންގެ ސަޕޯރޓު ހޯއްދަވަން ތެދުވެރިކަމަކީ އެންމެ މުހިއްމު އެއްކަންތައް. ހަމަ ގައިމުގެވެސް އަޅުގަނޑުގެ ކުރިމަތީގައި ތިބޭފުޅާގެ އަގު ކުރިއަށްވުރެ ބޮޑަށް ވެއްޓިއްޖެ.
އަބުރޫން
06 October 2016
ރައްޔިތުން ނޮޅާ ސަރުކާރު. މަހުޖަނުން ގެ ސަރުކާރު
ޜރރ
06 October 2016
ޢަނެއްކަންތައް، ގައުމު ނުހިންގެންޏާ އެސްޓީޢޯ އާ ގައުމުގެ ވެރިކަންކުރަން ހަވާލުކުރަންވީނުން
ގަރުދިޔަ
05 October 2016
ރައްޔިތު މީހާ އަަވަހަށް ކޭބަލް ޓީވީ ކަނޑާލާ، ދަރިންނަށް ތަށިދޮވެ ހަދަން މަޖްބޫރު ކުރޭ، ކީއްކުރާ ބިދޭސި މަސައްކަތު މީހެއް؟ ގޭގަ ބޭނުން ނުކުރާ ވަރަށް ހެދުމާ ފައިވާނާ ލޯޝަން ވެއްދުން ހުއްޓާލާ. މިއީ މިހާރު އޮތް ފަސޭހަ ގޮތް.
މެންޓަލިސްޓް
05 October 2016
ކާޑުގެ ސަބްސިޓީއޭ ބުނީމައި އަޅުގަނޑު ކުޑާކޮށް ހައިރާންވޭ !!! އެއީ ތިޔަކާޑުގެ ބާވަތްތަށް އަޅުގަނޑުމެންވެސް 1998-2001 އާހަމަޔަށް ޓްރޭޑްއިން ދީފައިއޮތް ކޯޓާޔާއެއްގޮތަށް އެތެރެކޮށްހެދީން ، އޭރު 50 ކިލޯގެ ހަނޑޫ އަދި ފުއްގެންނަނީ އިންޑިޔާއިން ،،، އިންވޮއިސްގައި ޖަހާފައި އިންނަނީ " ޕާރބޮއިލްޑްރައިސް" ގެނެސް ގުދަންކޮއްގެން އޭރު އެސް.ޓީ.އޯއިން ހޯލްސޭލްކޮށް ދޫކުރާއަގަށް ވިއްކީމައި ބަސްތާއަކުން 30 ހަކަށް ރުފިޔާފައިދާ އިނދޭ ،، އަދި ފުށުންވެސް ފައިދާއޮވޭ ،،، ވީމާ ކޮންސަބްސިޓީއެއްގެ ވާހަކައެއްތޯ ތިޔަދައްކަވަނީ ؟؟ ހަނީކޯނަރ ތަންތަނުންވެސް ކާޑްގެ ބާވަތްތަށް އެތެރެކޮށް ހަދާ އެމީޙުންވެސް އެވިއްކަނީ ގެއްލުމަކުނޫން ،،،
ސަހީރު
05 October 2016
އެސްޓީއޯ އަކަށް ރިސޯޓެއް ނުހުޅެވުނު. ހޮޓަލެއް ނުހުޅުވުނު. ސައިފަތްދަނޑެއް ނެހެއްދުނު. މާލޭގެ ހުރިއްޔާ ހުރިބިމެއް ނަގާގެން ވާ އެއްކަމެއްވެސް ނެތް. ފެންނަނީ ކަންމަތީ ފިހާރަ އެއްގޮތަށް ދަމާ ކަޑާ ތަން.
ހަލީމު އޭދަފުށި
05 October 2016
ތިޔާހެޔޮފުޅުނަމަ އިންކަމްޓެކްސްގެ ބިލެއްވައްދަންވީނޫންތޯ އާންމުންގެ އަތުން ނުފެލަ އޭރުބުނި ޓެކްސްކަމަކުނުދެޔޭ ޕޕމ އައްމެޖޯރިޓީ ލިބުނީމަ ކީއްވެތަ ކަނޑާނުލީ