ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް އިމްތިހާނު ހަދަނީ: ދަރިވަރުންނަށް ދަތިނުވާ ގޮތަށް މަސައްކަތް ކުރަން ވަނީ އެދެފަ.
05 އޮކްޓޯބަރ 2016 - 17:35
އޯލެވެލާއި އޭލެވެލް އިމްތިހާނު ހަދަމުންދާ ވަގުތުތަކުގައި، އިމްތިހާނު އޮންނަ ހޯލުތައް ހިމެނޭ ސަރަހައްދުތަކުގައި ދަރިވަރުންނަށް ދަތިވާ ގޮތަށް މަސައްކަތް ނުކުރަން ހައުސިން މިނިސްްޓްރީން މިއަދު އެދެފި އެވެ.
އެ މިނިސްޓްރީން ނެރުނު ނޫސްބަަޔާނެއްގައި ބުނީ އިމްތިހާނު ހަދާ ކުދިންނަށް ރޭގަނޑުު ނިދުމާއި ފަތިހު ފިލާވަޅު ދަސްކުރުމަށް ފަސޭހަވާނެ ގޮތަށް މަސައްކަތްތައް ކުރުމަކީ ދަރިވަރުންނަށް މުހިއްމު ކަމެއް ކަމަށެވެ. އެހެންވެ، ދުވާލު މަސައްކަތްކުރުމުގެ ހުއްދަ ދޭ އަދަދު މަދުކުރުމާއި މަސައްކަތް ކުރުމަށް ހުއްދަ ދޭ މަގުތަކަށް ބައެއް ބަދަލުތައް ގެންނާނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
"ވީމާ މަތީގައި ދެންނެވުނު ފަދަ މަސައްކަތްތައް ކުރެއްވުމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން، މި މިނިސްޓްރީ އަށް އެއްބާރުލުން ދެއްވާނެ ކަމަށް ގަބޫލުކޮށް ޝުކުރު ދަންނަވަން،" ބަޔާނުގައިވެ އެވެ.
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޯލެވެލް އާއި އޭލެވެލް އިމްތިހާނު ވަނީ މިދިޔަ ހޮނިހިރު ދުވަހު ފަށައިފި އެވެ. ރާއްޖޭގެ އެކި ސްކޫލުތަކުން މި އަހަރުގެ އޯލެވެލް އިމްތިހާނުގައި 7،033 ދަރިވަރުން ބައިވެރިވާއިރު އޭލެވެލް އިމްތިހާނުގައި 334 ދަރިވަރުން ބައިވެރިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަދު
05 October 2016
ކާޑު އަގުބޮޑުވެގެން މައިން ބަފައިންނަށް ދަތިވެގެން އެވާހަކަ ދައްކާ އަޑު އިވުނީމާ ދަރުވަރުން މާބޮޑަށް އަސަރު ކުރާނެ ކަމަށް ފެންނަނީ.
މުގާބޭ
05 October 2016
ބަޔާން ނެތެލީމާ އެނިމުނީ. މިހާރު ކޮންމެކަމަކަށް ބަޔާނަކުން ފުދޭނެ. ކޮބާތަ ޑޮކްޓަރުކަން ކިޔަވަމުންދަނިކޮށް ހޮޅިދަނޑިއެއް ބޮލަށްވެއްޓިގެން މަރުވިކުއްޖާ..... ހައުސިން މިނިސްޓްރީއިން ލަދުގަންނަށްޖެހޭނެ މިފަދަ މޮޅެތި ބަޔާންތައް ނެރެން.