ޚަބަރު / މަގުމަތީގެ އެކްސިޑެންޓް

ގަސްދުގައި ސައިކަލެއްގައި ޖެއްސި މީހަކު މަރުވެއްޖެ

ރޭ ްއެކްސިޑެންޓެއްް ކޮށްލި ހާދިސާގައި މަރުވި މިދުހަތު

16 ފެބުރުއަރީ 2020

140 comments
happy icon 61%

މާލޭގައި ރޭ ގަސްދުގައި ސައިކަލެއްގައި ޖެއްސި ޒުވާނަކު މަރުވެއްޖެ އެވެ.

ބުރުޒުމަގުގައި ރޭ 10:30 ވާން އުޅެނިކޮށް ކުރި މި އެކްސިޑެންޓުގައި މަރުވެފައި ވަނީ ހ. ބްލޫބާޑުގޭ މުހައްމަދު މިދުހަތު 26، އެވެ. އޭނާ މަރުވީ، ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށް ރޭ ދަންވަރު 1:45 ހާއިރު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު ބުނީ، ބުރުޒުމަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއްގައި، އެ މަގުން އިރުން ހުޅަނގަށް ދިޔަ އެހެން ސައިކަލަކުން ޖައްސައި އެކްސިޑެންޓު ކޮށްލާފައިވާ ކަމުގެ މައުލޫމާތު ރޭ 10:28 ހާއިރު ލިބުނު ކަމަށެވެ.

ގަސްދުގައި ސައިކަލެއްގައި ޖެއްސި ޒުވާނާ ރޭ ހޮސްޕިޓަލަށް ގެންދަނީ.

އެ ތަނުން އެއް ސައިކަލް ދުއްވަން އިނީ އުމުރުން 31 އަހަރުގެ ފިރިހެނެއް ކަަމަށާއި އެ ސައިކަލްގެ ފަހަތުގައި 22 އަހަރުގެ އަންހެނަކު އިން ކަމަށް ފުލުހުން ބުނެ އެވެ. އަނެއް ސައިކަލް ދުއްވަން އިން މީހާގެ އުމުރަކީ 26 އަހަރެވެ. މި އެކްސިޑެންޓުގައި މަރުވީ 26 އަހަރުގެ އެ ޒުވާނާ އެވެ.

ފުލުހުން ބުނީ، މަރުވީ އަނެއް ސައިކަލްގައި ޖެއްސި ޒުވާނާ ކަމަށެވެ.

އެއް ސައިކަލެއްގައި ތިބި ފިރިހެންމީހާ އާއި އަންހެންމީހާ އަށް ވެސް އަނިޔާވެގެން ފަރުވާ ދިން ކަމަށް ފުލުހުން ބުންޏެވެ. އަންހެންމީހާ އަށް ފަރުވާދިނީ އައިޖީއެމްއެޗުގަ އެވެ. ފިރިހެންމީހާ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ.

ގަސްދުގައި ސައިކަލެއްގައި ޖެއްސި ޒުވާނާ ރޭ ހޮސްޕިޓަލަށް ގެންދަނީ.

ފުލުހުން ބުނިގޮތުގައި، މި ސައިކަލް ދުއްވަން ތިބި ދެ މީހުންގެ އަތުގައި ވެސް ލައިސަންސެއް ނެތެވެ.

އެކްސިޑެންޓުގައި މަރުވި މިދުހަތަކީ 2016 ވަނަ އަހަރު ސ. މަރަދޫ، ހުދުހިރި، އަހުމަދު މަފާޒް (މަފާ)ގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުންގެ ތެރެއިން އެކެކެވެ.

140 ކޮމެންޓް, 513 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 29%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސެން

10 August 2020

ގަސްދުގައި ސައިކަލުން ޖެއްސިކަމެއް ނުވަތަ ގަސްދުގައި އެކުސިޑެންޓު ކުރީކަމެއް އެނގެނީ ކިހިނެއްބާ؟

The name is already taken The name is available. Register?

ޙުސްނާ

25 May 2020

ތިވީ ހަމަރަގަޅަށް!

The name is already taken The name is available. Register?

ޙަސަން ނޡ

17 February 2020

ތީ ވަރައް ފުއްޕާ މީހުން އުޅޭ ގެއެއް މަށަައްވެސް އިންޒާރުދިން ތިގޭ މީހެއް

The name is already taken The name is available. Register?

ސޭކު އަލިބޭބެ

17 February 2020

އެންމެނަށް ހުރި އަދި ވަކިން ޚާއްސަކޮށް މިއީ ދެން މި ފާޑަށް ތިމާވަރުގެ މޮޅުބަޔަކު ނެތްކަމަށް ހެދިގެން އުޅޭ މީހުންނަށްހުރި ބޮޑު ޢިބްރަތެއް. އެކަކު މެރި ކަމުގެ ދަޢުވާ އުފުލާފައި އޮއްވާ އަނެކާ މަރަން ހިތުލައިގެން މި ދިޔައީ ގުދުރަތުގެ ރޭވުން ނުދަނެ ހުރެ. ދުނިޔޭގެ ލޯތަކުގެ ކުރިމަތީ ގައި މާ ޓަފުކަމަށް ހެދުނު މީހާ އެންމެންގެ މަލާމަތް ލިބޭ ގޮތަށް ނެތިގެން ތި ދިޔައީ. ވިސްނަވާ..! އިލާހީ ރޭވުން މާމޮޅުވެފައި ފުރިހަމަ. ދެން ތިބި މިކަހަލަ މީހުންވެސް ތައުބާވޭ

The name is already taken The name is available. Register?

ޢެހެންތަ ހީވަނީ

16 February 2020

ގަސްތުގަ ސައިކަލުން ޖެއްސުމުން މީހަކު މަރުވެއްޖެ .

The name is already taken The name is available. Register?

ޢަބްދު

16 February 2020

އިންސްޓޭންޓް ކަރްމާ ދޯ؟

The name is already taken The name is available. Register?

ފުއްލާދުލި

16 February 2020

އަބްދުﷲ ގާޒީ، ފަނޑިޔާރު ހައިލަމްމެން ފިލާވަޅެއް ލިބެން ޖެހޭ، ތިމާމެން ގަދަކަން ދައްކަން ކުއްލިއަކަށް އަޑުއެހުން ބާއްވާފަ ދޫކުރާ ކުއްވެރިންގެ ޝިކާރައަކަށް މިވަނީ އާއްމު ރައްޔިތުން އަދި ބައެއް ފަހަރު އެމީހާ. މިއީ އިބުރަތްތެރި ފިލާވަޅެއް. ފޭސްބުކް ޕްރޮފައިލް ކަޅުކޮށްލައިގެން މިއަދު އުޅުނު ކުދިންނަށް މީނާގެ ގޯސް ނުހުއްޓުވީ ކީއްވެތޯއޭ ހިތަށްއަރާ. ކިތައްމީހުން މަރާ ކަތިލާ ބިރުދެއްކީމަތޯ

The name is already taken The name is available. Register?

އަހުމަދު ދީދީ

16 February 2020

ކަލަކުވޮޑިގެންވާ ކަމުގެ އަލިގަދަ ހެއްކެއް.އިންސާނަކަށް ތިމާ ބޭނުންހާ ގޮތެއް ނުހެދޭނެ ކަމުގެދިރިހުރި މިސާލެއް .ދިރިތިބީންނަށް އިބުރަތްތެރި ފިލާވަޅެއް.

The name is already taken The name is available. Register?

މިދުހަތު

16 February 2020

މިހެން އަދި ކިތަންމެ ކަމެއް ނިމިގެންދާނެ، އެއީ މަސްއޫލިއްޔަތު ހަވާލު ކުރެވިފައިވާ ބަޔެއްގެ އިހުމާލުން ކަންކަން ދާތީވެ.

The name is already taken The name is available. Register?

ޔޮންޑައިމޭ

16 February 2020

ދިވެހިން މިހާ ކުލުނެއް ހަމްދަރުދީއެއް ނެތް ބަޔަކަށްވީ ކޮންއިރަކު.ތެދެއް ކުއްޖާ އަކީ ދިރިއުޅުމުގަ ބޮޑެތި ކުއްތަކެއްކޮށްފަ ހުރި ކުއްޖެއް،އެކަމަކު މަރުވެ ދިޔުމުން އޮތީ މައްޔިތާއަށް ހެޔޮދުއާ ކޮށްދިނުން.ގޯސްވާހަކަ ދެއްކުމެއްނެތް.ކޮންމެވެސް ވަރެއްގެ ކުލުނެއްބަހައްޓަވާ، އޭނާ ނިޔާވީމާ އެކަމުގެ ހިތާމަކުރާނެ ބަޔަކުވެސް ތިބޭނެ،ހަމްދަރުދީވެލައްވާ،އަހަރެމެންގެ ތެރޭތިބީ ފާޅުގަ ކުށްކުރާ މީހުނާ ސިއްރުން ކުރާ މީހުން.މަރުގެންދަވާނީ ކޮންއިރަކު ކިހިނެއްކަމެއް ނޭނގެ

The name is already taken The name is available. Register?

ހަސަނު1

16 February 2020

ނޫން މިކޭސް ހަމަ ތަފާތީ.. އުނދަގޫ ވެގެން މިއުޅެނީ އެހެން މީހަކު ދުއްވާލަން އުޅެނިކޮށް އޭނާ މަރުވެގެން ދިޔައީމައި. އަދި މީހާޔަކީ މީހުން މެރުމުގެ ރެކޯޑެއް އޮތް މީހަކަށްވަތީ ހަމްދަރުދީވާން ދަތިވެގެން މިއުޅެނީ. އަނެއް ދެކުދިން މަރުވެ މީނާ ސަލާމަތްވިނަމަ ދެން ވީހީ ކިހިނެތްބާއޭ ވެސް ހިތައްއަރާފައި ހަމްދަރުދީވާން ދަތިވޭ..

The name is already taken The name is available. Register?

ވަހީދު

16 February 2020

ލޯއްބާއި ކުލުނަކީ އެމީހާގެ ވެސް ޢަމަލުގެ މައްޗަށް އޮންނަ އެެއްޗެއް. އޭނަ ގަސްތުގައި މީހަކު ( މަފާޒު) މަރާލުމުގައި ބައިވެރިވެ، އޭގެ ފަހުން ގަސްތުގައި ދެ މީހެއްގެ ފުރާނަ ދުއްވާލަން އުޅެނިކޮށް މަރުވީ. ކުލުނާއި ހަމްދަރުދީގެ އަގެއް ނެތެއްނު ތިޔަހެން ވާކަމަށް ވަންޏާ.

The name is already taken The name is available. Register?

މަ ސަލާމް

16 February 2020

އޯކޭ ކަލޭ އެކަނި ކޮށްލާ

The name is already taken The name is available. Register?

ތަކުރުބެގެ އައްޑަނަ

16 February 2020

ވަރަށް ގިނަ އިހްސާސް ކުރެވިއްޖެ. ހަމްދަރްދީގެ ގޮތެއް ނޭގެ. އެކަމަކު ގައިމުވެސް ދިވެހިން ވަރަށް މަޖާ..

The name is already taken The name is available. Register?

ހަސަނު1 އަށް ސަލާމް!

17 February 2020

ޙަސަނާ ބުނަން! ކަލޭ ވާ ހަކަ ލިޔަން ފަށަން ފެނޭ! އޭރުން ބިންމާ ވެސް ފަހ ހަތަށް ޖެހޭނެކަން ކަށަވަރެވެ. ތިއޮށް ކޮމެންޓެއްގެ އަަސަރު ގަދަކަމުންނެވެ. ފިސާރި ތެދެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!