ރާއްޖެ އަންނަ މީހުން ސްކްރީން ކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އޭރިއާގައި ބަހައްޓާފައިވާ ތާމަލް ކެމެރާ.---ފޮޓޯ: އެޗްޕީއޭ
24 މާޗް 2020 - 21:05
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ކޮވިޑް-19 ބާރަށް ފެތުރޭތީ، އެ ބަލި ފެތުރުނަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، ރާއްޖެ އަށް ޓޫރިސްޓުން އައުން ގާތްގަނޑަކަށް ހުއްޓިފައި ވާތީ، ރާއްޖޭގެ ބޯޑަރު މުޅިން ބަންދުކުރަން ސަރުކާރުން މިއަދު މަޝްވަރާކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ރާއްޖޭގެ ބޯޑަރު ބަންދުކުރަން ނިންމުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީން ޓޫރިޒަމް އިންޑަސްޓްރީގެ އިސް ފަރާތްތަކާ ސަރުކާރުން މިއަދު މަޝްވަރާ ކުރި އެވެ. އަދި ހުރިހާ މަތިންދާބޯޓެއް ހުއްޓައިލަން ނިންމުމާ ހިސާބަށް މިހާރު ވަނީ އާދެވިފަ އެވެ. އެކަމަކު ސަރުކާރުން އަދި ރަސްމީކޮށް އެކަން އިއުލާނެއް ނުކުރެ އެވެ. ބެލެވޭ ގޮތުގައި، ރާއްޖެ އިން އެކަމާ މެދު މާދަމާ ގޮތެއް ނިންމައި އިއުލާން ކުރާނެ އެވެ.
ނެޝަނަލް އިމަޖެންސީ ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒު ވިދާޅުވީ ބޯޑަރު ބަންދުކުރަން އަދި ނިންމާފައި ނުވާ ކަމަށެވެ.
ކޮވިޑް-19 ފެތުރެން ފެށި ފަހުން ރާއްޖެ އިން ވަނީ ގިނަ ގައުމުތަކަކާ ދެމެދު ކުރަމުން އައި ވައިގެ ދަތުރުތައް ހުއްޓައިލައިފަ އެވެ. އަދި ބައެއް އެއާލައިން ތަކުން ވަނީ އަމިއްލައަށް ދަތުރުތައް ހުއްޓާލައިފަ އެވެ. އެހެންވެ، ރާއްޖެ އަށް ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު މިހާރު ވަނީ ދެތިން ސަތޭކައާ ހަމަައަށް ވެއްޓިފަ އެވެ. މީގެ ކުރިން ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދުވާލަކު 5،000 އަށް ވުރެ ގިނަ ދަތުރުވެރިން އާދެ އެވެ.
ރާއްޖެ އަށް މިހާރު ސަފާރީތަކާއި ޔޮޓްތައް މިހާރު ވަނީ ހުއްޓާލައިފަ އެވެ.
ޗައިނާގެ ވޫހާން އިން މިދިޔަ ޑިސެމްބަރު މަހު ފެނުނު ކޮރޯނާވައިރަސް ދުނިޔޭގެ ގާތްގަނޑަކަށް ހުރިހާ ގައުމަކަށް މިހާރު ވަނީ ފެތުރިފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަދާ ހަމައަށް އެ ވައިރަހަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިއަދު ވަނީ 395,694 އަށް އަރައިފަ އެވެ. އަދި އެ ވައިރަހުން ޖެހޭ ކޮވިޑް-19 ގެ ސަބަބަބުން މަރުވި މީހުންގެ އަދަދަކީ 17,234 އެވެ.
ރާއްޖޭން މިހައިތަނަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 13 އެވެ. އޭގެ ތެރެއިން ފަސް މީހަކު ރަނގަޅު ވި އިރު، އެކަކަށް އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސަ
25 March 2020
ރާއްޖޭގެ ބޯޑަރ ބަންދުކުރަން ޓޫރިޒަމް އިންޑަރސްޓްރީގެ އިސްފަރާތްތަކާ މަސްވަރާ ކުރުމަކީ ވަރަށް ބޮޑު ގޯހެއް. އެހެނީ އެވެރިން ބަލާނީ އަބަދުވެސް ދެތިން ޑޮލަރަށް. އިންސާނުންގެ ފުރާނަ އަކީ އެ ވެރިންގެ ކުރިމަތީގައި އަގެއް ހުރި އެއްޗެއް ނޫން. ބޯޑަރުތައް ބަންދުކުރުން މިހާރުވެސް ލަސްވެއްޖެ. ﷲ ގެ ކޯފާއިން ސަލާމަތް ވޭތޯ މިޤައުމަށް ބަނގުރަލާއި އޫރުމަސް އެތެރެކޮށް ވިއްކުން ހުއްޓުވަންވީ. ﷲ އަށް ބިރުވެތިވޭ. މާއްދިއްޔަތަށަ ގޮސް ހުސްނުވޭ. ކޮބާތަ މިޤައުމުގައި ތިބި ޝޭހުން. ކީއްވެތަ ޙައްޤު ބަސް ބުނަން ނުކެރިގެން ތި އުޅެނީ
ސިޔާސީބޭކާރު
25 March 2020
މިތަނަށް ޓުއަރިސްޓުން ނާންނަން ގޮވަމުން މުޅި ޔޫރަޕާ އެމެރިކާގައި ދިވެހިންތަކެއް ދުވި އެކަމަށް މިތާ ތިބި ބަޔަކު ތާއީދުކޮށް އުފާކުރި އެހެންވެއްޖެނަމަ ވާނެގޮތެއް ނުވިސްނާ މިއަދު އެމީހުން އެންމެ ބާރުލާފަ އެކިޔަނީ ބޯޑަރު ބަންދުނުކުރާށޭ ޓޫރިޒަމް ހުއްޓިއްޖެނަމަ މިގައުމު ބަނޑަށް ޖެހޭނޭ... އަމިއްލަ އަށް ބަންދު ނުކުރިޔަސް މިއަދު އަންނާނެ ފުލައިޓެއް ނެތި މިތިބީ މާޔޫސްކަމެއްގައި ...
އުމަރުބެ
25 March 2020
އަދި ނުކުރޭތަ މަހީކުރީ ބަނދު ކުރީކަމަށް ފުލައިޓެއް ނުޖައްސާތާ 2ދުވަސް ވަނީވިއްޔާ...
ބަޑިބޭސް
25 March 2020
ފަރުދީ ޒިންމާއޭ ކިޔާ އެއްޗެއް އޮވޭ.. ޢެކަން ކޮށްބަލަ ފުރަތަމަ..
އަލީ ރަސްގެފާން
25 March 2020
އެމްޑީޕީގަ އުޅެނީ ގަމާރުމީހުން.
ބޯޑަރު
25 March 2020
އަސްލުވެސް ދޯ
ނުރަބޯ ހަސަންބޭ
25 March 2020
ބޯޑަރު ވެދާނެ ބަންދު ނުކުރިޔަސް މިހާރަކު ރާއްޖެ އަންނާނެ ބަޔަކު ނޫޅޭ ވިއްޔާ
ސޭން
25 March 2020
އިންޑިޔާ މީހުން ގެންނަން ޖެހޭތީ ނުވެފަ އޮތީ. މިހާރު ވާވަރަށް ގެނެސް އެމީހުން އެކިތަންތަނަށް ވައްދާފި
ޙުސަންބޭ
25 March 2020
ރައްޔިތުން ބަނޑަށްޖައްސަން ބޭނުންނަމަ ބޯޑަރު ބަންދުކުރަންވީއެވެ.
ނީރާ
25 March 2020
މިވަގުތު ކުރަންޖެހޭ އެންމެ މުހިންމު މަޝްވަރާއަކީ ޗެނަލް 13 ބަންދު ކުރުމުގެ މަޝްވަރާ. އެހެންނޫނީ ޑޮކްޓަރުންނަކަށްވެސް ހަމަނޭވާއެއް ނުލެވޭނެ
Fathimath Nasma
25 March 2020
ފިތުނަ އުފެއްދުން ނުން ކަމެއް ދިވެހިރާއްޖޭގެ އެއްވެސް އިދިކޮޅު ބަޔަކަށް އިނގޭތަ
މަރިޔޯ
25 March 2020
ތިނަދޫ މެންބަރު އެއީ އިދިކޮޅު މެންބަރެއްތަ ނޫނީ ޗެނަލް ތޭރާއިގަ މަސްސަތް ކަތް ކުރާމިހޭތަށް އެނާނުން ބުނި ލައިވްޓީވީ ގަ އިދިކޮޅަށް ކޮވިޑް ޖަސްސާފަޔޭ އިންތިހާބް ކަމިޔާބުބުކުރާނީ.. އެދުވަުހު ކޮބާތޯ ތިބެފުޅުން..