މާލެ އިން ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވި އުމުރުން ދުވަސްވީ ދިވެހި މީހާގެ ހާލު ސީރިއަސް ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) ގެ މެމްބަރު ޑރ. މޫސާ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

މާލެ އިން މިހާތަަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި 63 މީހުންގެ ތެރެއިން އުމުރުން 80 އަހަރުގެ އެ މީހާ އަށް މިހާރު ފަރުވާ ދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް-11 ފެސިލިޓީގަ އެވެ. މި ފެސިލިޓީގައި މީގެ ކުރިން ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީގެ ދެ ޓޫރިސްޓަކަށް ފަރުވާދީފަ އެވެ. ބަތަލާ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އައި އެ ދެމަފިރިން ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ޑރ. މޫސަ ވެސް ހިމެނޭ ޑޮކްޓަރުންގެ ޓީމަކުން ފަރުވާދީ، ވަނީ ރަނގަޅު ކޮށްފަ އެވެ. އެ ދެ ޓޫރިސްޓުން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ ރާއްޖެ އިން ފުރައިފަ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި، އައިޖީއެމްއެޗްގެ ނެޝަނަލް ރެސްޕިރޭޓަރީ ސެންޓަރުގެ ހެޑް، ޑރ. މޫސަ ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވްވި އުމުރުން 80 އަހަރުގެ މީހާ އަކީ ސްޓްރޯކެއް ޖެހުމުގެ ސަބަބުން ދެ އަހަރު ވަންދެން އެނދުމަތި ކޮށްގެން ފަރުވާދީފައިވާ މީހެއް ކަމަށެވެ. އަދި އެ މީހާގެ އެ ނޫން ވެސް ވަރަށް ގިނަ ބަލިތައް ހުންނަ ކަމަށް ވިދާޅުވި އެވެ.

ޑރ. މޫސަ ވިދާޅުވި ގޮތުގައި، ހަކުރު ބައްޔާއި ލޭމައްޗަށް ދިއުމާއި ކޮލެސްޓްރޯލް މަތިވުން ފަދަ ބަލިތައް އެ މީހާ ދަނީ ތަހައްމަލް ކުރަމުންނެވެ. މި ބަލިތަކުގެ އިތުރުން ކާއެއްޗެހި ނޭވާ ހޮޅިއަށް ގޮސްގެން ނިއުމޯނިއާ ޖެހުމުގެ ސަބަބުން ވެސް އެތަކެއް ފަހަރަކު އެ މީހާ އެޑްމިޓްކޮށް ފަރުވާ ދީފައިވާ ކަމަށް ޑރ. މޫސަ ވިދާޅުވި އެވެ

"އަޅުގަނޑުމެން އެންމެ ދެކެން ބޭނުން ނުވި ދުވަސް މިއައީ. ޑީއެޗް-11 ގަ މިހާރު އުމުރުން 80 އަހަރުގެ މީހަކު އެޑްމިޓް ކުރެވިފައި މި ވަނީ،" އުމުރުން ދުވަސްވީ މީހުންނަށް ކޮވިޑް-19 ޖެހިގެން އެޑްމިޓް ކޮށްގެން ފަރުވާ ދިނުމަކީ ކިހާ ސީރިއަސް ކަމެއް ކަން ބަޔާން ކުރައްވަމުން ޑރ. މޫސަ ވިދާޅުވި އެވެ.

"ބަލި މީހާ އަކީ މީގެ ކުރިން ސްޓްރޯކެއްގެ ސަބަބުން ދެ އަހަރު ވަންދެން އެނދުމަތިވެފައިވާ މީހެއް، މީގެ އިތުރަށް ބަލި މީހާގެ އެހެން ބަލިތައް ވެސް އެބަހުރި."

ޑރ. މޫސަ ވިދާޅުވި ގޮތުގައި، ހަކުރު ބައްޔާއި ލޭމައްޗަށް ދިއުމާއި ކޮލެސްޓްރޯލް މަތިވުން ފަދަ ބަލިތައް އެ މީހާ ދަނީ ތަހައްމަލް ކުރަމުންނެވެ. މި ބަލިތަކުގެ އިތުރުން ކާއެއްޗެހި ނޭވާ ހޮޅިއަށް ގޮސްގެން ނިއުމޯނިއާ ޖެހުމުގެ ސަބަބުން ވެސް އެތަކެއް ފަހަރަކު އެ މީހާ އެޑްމިޓްކޮށް ފަރުވާ ދީފައިވާ ކަމަށް ޑރ. މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިހާ ބަލި މީހެއްގެ ގައިން ކޮވިޑް-19 ފެނުމުން ދޭހަ ވަނީ މާހައުލުގެ ތެރޭގައި ބަލި ވަރަށް ބޮޑަށް ފެތުރިފައި ވުމެވެ. އެހެންވީމާ އެއްވެސް މީހެއްގެ ގައިން ވަކިން ހާއްސަކޮށް ދުވަސްވީ މީހެއްގެ ގައިން ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ވީ އެންމެ އަވަހަކަށް އެޗްޕީއޭގެ އަށް ގުޅައި ލަފާ ހޯދުމަށް ޑރ. މޫސަ އެދިވަޑައިގަތެވެ.

އޭނާ ވިދާޅުވީ، އެ މީހާ އޮބްޒަވޭޝަނަށް ގެންދިޔައިރު އޮކްސިޖަން ލެވެލް ވެސް ހުރީ އާންމުކޮށް ހުންނަންޖެހޭ މިންވަރަށް ވުރެ ދަށުގައި ކަމަށެވެ. އާންމުކޮށް އޮކްސިޖަން ލެވެލް ހުންނަން ޖެހެނީ 98 ގައި ކަމަށް ވިޔަސް އެ މީހާގެ ހުރީ 94 ގަ އެވެ. އެހެންވީމާ މިއީ އެ މީހާގެ ހާލަތު ބޮޑަށް ގޯސްވެގެން ހިނގައިދާނެ ކަމުގެ އިންޒާރެއް ކަމަށް ޑރ. މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިހާ ބަލި މީހެއްގެ ގައިން ކޮވިޑް-19 ފެނުމުން ދޭހަ ވަނީ މާހައުލުގެ ތެރޭގައި ބަލި ވަރަށް ބޮޑަށް ފެތުރިފައި ވުމެވެ. އެހެންވީމާ އެއްވެސް މީހެއްގެ ގައިން ވަކިން ހާއްސަކޮށް ދުވަސްވީ މީހެއްގެ ގައިން ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ވީ އެންމެ އަވަހަކަށް އެޗްޕީއޭގެ އަށް ގުޅައި ލަފާ ހޯދުމަށް ޑރ. މޫސަ އެދިވަޑައިގަތެވެ.

ހޯދުންތައް ދައްކާ ގޮތުން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށާއި ހަކުރު ބައްޔާއި ލޭމައްޗަށް ދިއުމުގެ އިތުރަށް ނިއުމޯނިއާ ފަދަ ބަލިތައް ޖެހިފައިވާ މީހުންނަށެވެ.