އުމަރު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފައިލް ފޮޓޯ
15 އޮކްޓޯބަރ 2016 - 13:13
ޕީޕީއެމްގެ ކައުންސިލަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު އައްޔަންކުރައްވައިފި އެވެ.
އުމަރުގެ އިތުރުން، މައުމޫންގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ އަހުމަދު ސޮފްވާން ވެސް ވަނީ މިއަދު ކައުންސިލަށް އައްޔަންކުރައްވާފަ އެވެ.
ޕީޕީއެމްގެ ކައުންސިލަށް މައުމޫން އުމަރާއި ސޮފްވާން އައްޔަން ކުރެއްވީ ކައުންސިލްގެ ތިން މެމްބަރަކު މިއަދު މަގާމުން ވަކިކުރެއްވުމަށް ފަހު އެވެ. އެއީ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމާއި ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހިމް ޔޫސުފް އަދި ޒާހިދު ރަމީޒެވެ. މީގެ ތެރެއިން އަބްދުއްރަހީމް ކައުންސިލުން ވަކިކުރުމުން، ނައިބު ރައީސްކަމުގެ މަގާމުން ވަނީ އޮޓަމެޓިކުން ވަކިވެފަ އެވެ.
އުމަރަކީ 2018ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ހޯދުމަށް ހުށަހަޅުއްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ވެސް ސޯޝަލް މީޑިއާގައި އިންތިހާބުގެ ކެމްޕެއިން ނުރަސްމީކޮށް ހިންގަ އެވެ.
އުމަރު ވަނީ ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސްކަމުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. ނަމަވެސް، 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ހިސާބުން ޖެހުނު މައްސަލަތަކުގެ ތެރޭގައި އޭނާ ޕާޓީން ވަކިކުރި އެވެ. އަލުން ޕީޕީއެމްއާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.
ޕީޕީއެމްގެ ކައުންސިލުން ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުންތަކެއް ވަކިކޮށް، މައުމޫނަށް ވަފާރެރި ބޭފުޅުންތަކެއް އައްޔަންކުރެއްވި އިރު، ރައީސް ޔާމީނާއި މައުމޫނާ ދެބޭފުޅުންގެ ސިޔާސީ ހިޔާލު ތަފާތުވުންތައް އިތުރުވެ، ބަހުގެ ހަމަލަތައް އަދި އެކި ކަންކަމުގައި ވަރުގަދަ ފިޔަވަޅުތަކެއް ދެ ފެކްޝަނުން ވެސް ވަނީ އަޅަން ފަށައިފަ އެވެ.
ޕީޕީއެމްގެ ތެރޭގައި މައްސަލަ ޖެހެން ފެށުމާ އެކު، މައުމޫން އުފެއްދެވި މަޝްވަރާ މަޖިލީހުގައި ވެސް އުމަރު ހިމެނިވަޑައިގެންނެވި އެވެ. ނަމަވެސް، 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމާ ގުޅިގެން އޭނާ ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިރާސާ
16 October 2016
އުމަރު ކައުންސިލަށް އައްޔަން ކުރުމުން އެންމެ ބިރުގަންނާނީ ރައީސް ޔާމިނެވެ.
ހެހެ
15 October 2016
ހުރިހާ ހައްލަކީ އަދި ހަލާކަކީވެސް އުމަރު
ރަޒްވަަން
15 October 2016
ކަލޯ ޗަކޮއި އުމަރާ ނަމަނަމަ ކައުންސިލް ބައްދަލުވުންތަކައް ދާއިރު އެހަރުގަނޑު ހިފައިގެން ދާން ހަނދާންކުރާތި.ދާކޮންމެ ތާކައް ހަރުގަނޑު ގެންދަންވާނެ
ގަބޭ
15 October 2016
އުމަރަކީ ޗޮއިސްއެއްނޫން.
ލެޑަރއޮންދިރައިޒް
15 October 2016
މާތް ރަސްކަނލާގެ އާ ވަކީލު. ޕާޓީ ތިޔަ ދެން އިރާލީ. މައުމޫނުގެ ފަހު ހަތިޔާރު ތި ނެންގެވީ. އެކަމު ބުނަން ރ. ޔާމިނަކީ ތަސްމީނު އެއް ނޫން އިނގޭތޯ.
ޢަބްދުﷲނާފިޒު
15 October 2016
ބޭނުމަކީ އެއީތާ، ޕާޓީގަނޑު އިރާލާ ވީދި ކުދިކުދިވެ ފުނޑިގެން ދިޔައިމަ އެކަން އެނިމުނީނު، ސިމްޕަލްކަމެއްނު، އހ.
ސިއްދީގު
15 October 2016
ކަމުދާ މީހެއްނޫން.
ފިޔާތޮށި ރީދޫ އަސުރުމާ
15 October 2016
މަރުހަބާ އުމަރު، ޝުކުރިއްޔާ މައުމޫން
ނ
16 October 2016
މަރުހަބާ = މަރު ހަބާ = މަރު ހަ ބާ
މުހަންމަދު ޝަހީމު އަލީ ސައީދު
15 October 2016
އަޅުގަނޑު ބޭނުމީ 12 ފޫޓުގެ 50 ހަރުގަނޑު ބޭނުމީ މިތާތިބި މީހުން 24 ގަޑިއިރު ހެލްމެޓު އަޅުވާފަ ބޭތިއްބުން އެމީހުން ވަރުބަލިވެގެން ނިދުނީމަ އަހަރުމެން ހިނގާލާފަގޮސް އެމަރުކަޒައް ވަންނާނީ އޭރުން މަށަކީ ގައުމުގެ ރައިސް
ކޮމާންޑޯ
15 October 2016
ތިޔަ ނިންމެވުމަކީ ޕާޓީގެ ކުރިމަގައްޓަކައި ކޮންމެހެން ކުރަންޖެހޭކަމެއް އުމަރުނަސީރު ކަހަލަ ތެދުުވެރި ހިންގުންތެރިޔަކައް ނޫނީ ޕީ ޕީ އެމް ރަނގަޅެއް ނުކުރެވޭނެ. އުމަރު ވަނީ އެކަން ސާބިތުކޮށް ދެއްވާފައި
ގޮއްފުޅަގި
15 October 2016
މަރުހަބާ އުމަރު ނަސީރު މިއަދު ހަވާލުވި ކައުންސިލް ގެކަންތައް އެއްވެސް ކަހަލުގެ ކޮރަޕްޝަނަައް މަގުފަހިނުވާނެ ގޮތަކަށް ކުރިޔައް ގެންދާނެ ކަމައް އުންމީދު ކުރަން