ހުޅުމާލޭގެ ލޭބާ ކުއާޓާއެއްގައި އުޅޭ ބިދޭސީންތަކެއް މިދިޔަ ބުރާސްފަތި ދުވަހު، އެ ތަނުގެ ބެލްކަނީގައި މަޑުކޮށްލައިގެން.---ފޮޓޯ: ނިޝާން އަލީ/މިހާރު
24 މެއި 2020 - 23:07
މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ދަށުން، މާލޭގައި ތޮއްޖެހިގެން ކުދިކުދި ތަންތަނުގައި ދިރިއުޅެމުން އައި ބިދޭސީން ބަދަލުކޮށްފައިވާ ހުޅުމާލޭގެ ލޭބާ ކުއާޓާއެއްގައި މިރޭ ހަމަނުޖެހުން ހިންގައި ފުލުހުންނާ ކުރިމަތިލާން މަސައްކަތް ކޮށްފި އެވެ.
ހުޅުމާލޭ ރީތިގަސް މަގުގައި ހުންނަ "އަމީން ހިޔާ" ލޭބާ ކުއާޓާގައި ތިބި ބައެއް ބިދޭސީން ވަނީ މިރޭ ނުވައެއް ޖަހާކަންހާއިރު، އެ ތަނުގެ ބޭރުގައި ޑިއުޓީގައި ތިބި ފުލުހުންނާ ދިމާއަށް ގޮނޑި އާއި ދަގަނޑު ބުރި ފަދަ ތަކެތި އުކި އެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ އިން ފެންނަ ގޮތުގައި، އެ ލޭބާ ކުއާޓާގެ ތެރެއިން ބޭރަށް އެ ތަކެތި އުކަމުން ދިޔައީ ހަޅޭއްލަވަމުންނެވެ.
އެ ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ބިދޭސީންތައް ފުލުހުންނާ ކުރިމަތިލާން މަސައްކަތް ކުރި ނަމަވެސް ފުލުހުން މީޑިއާގައި ބުނީ ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. މި ކަމާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ކޮވިޑް-19އާ ގުޅިގެން، ހުޅުމާލެ އަށް ބަދަލުކޮށްފައިވާ ބިދޭސީންގެ ކަންކަން ބަލަހައްޓަނީ އެޗްޑީސީންނެވެ. އެޗްޑީސީގެ ބަހެއް ނުލިބޭތީ އެއީ ކީއްވެ ހިނގި ހަމަނުޖެހުމެއް ކަމެއް އަދިއެއް ނޭނގެ އެވެ.
ތޮއްޖެހިގެން އުޅޭ ބިދޭސީން ބަދަލުކުރި ލޭބާ ކުއާޓާތަކުގައި އެ މީހުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ލިބެން ހުންނާނެ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. ރެޑް ކްރެސެންޓް މެދުވެރިކޮށް އެ ބިދޭސީންގެ ކެއުންބުއިމުގެ ކަންކަން ހަމަޖައްސަމުން އަންނަ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜަށުމީހާ
26 May 2020
އަޅުގަޑު ސަރުކާރަށް ގޮވާލަން މިހިދުން މިހިދައް މިގައުމުގާ ތިހަޑި ހެދިޔަނުދީ ތިބަންގާޅިން މިރާޖޭން ބޭރުކުރޭ. ނޫން ނަމަ ވަރަށް ފުންވަޅުގަޑަކައް ވެއްޓިދާނެ.
ޙަސަން.
26 May 2020
ބޭރުކުރޭ. ދިވެހިންގެ ބިމުގަ ދިވެހި ފުލުހުންނާ ދިމާލަށް ތިހެން އެއްޗިހި ނުކިޔޭނެ.
ޙުސްނާ
25 May 2020
ދިވެހިން ނިކުންނަންވީ ތި ބައިގަޑު ބޭރުކުރަން!
އަސްލަމްމް
26 May 2020
އެމީހިން އެކުރާ އެމަސައްކަތް ކުރަންވެސް ހަމަ ތިފޯރީގަ ނިކުންނާނަން؟
ފައްލަންބޭ
25 May 2020
އަވަހަށް ނަޒްލާ ދައްތަ އަށާއި އަބައށް ދަންނަވާ ބާނގާޅީ ބޭފުޅުން މޮޔަފުޅުވެއްޖެޔޭ.
ޫމޯޑް
25 May 2020
އެމީހުންނާ ދޭތެރޭފިޔަވަޅު މިހާރުން މިހާރށް އަޅންޖެހޭ
ގަޓު ހުންނަން އެބަޖެހޭ
25 May 2020
މީގެ 30 ހަކަށް އަހަރު ކުރީން ބަންގާޅު މީހުން ދިވެހި ކުޑަ ފިރިހެން ކުދިންނާ ބެހި މަރާ ހާދިސާގަ ދިވެހިން ކެކުނު ދުވަސް ސަރުކުރާގެ ވެރީން ހަނދާން ނެތުނީ! އޭރު ރައީސް މައުމޫން ވަގުތުން ޓީވީ އަށް އަރާހަ ބަންގްލަދޭޝް މީހުން ރާއްޖެ ގެނައުން ވަގުތުން މަނާ ކޮށް އަދި ޑިޕޯރޓްކުރުމުގެ އަމުރު ނެރުނު. ބަންގާޅު މީހުން ރާއްޖޭގަ ދެވަނަ ފަހަރަށް ގިނަވީ ރައީސް ޔާމިނު ހިއުމަން ރިސޯސް މިނިސްޓްރީ އާއި ހަވާލުވި ފަހުން. މިސަރުކާރުގަ ގަޓު ނެތީތަ މިމީހުން ޑިޕޯރޓް ކުރަން؟
ޑޯން
25 May 2020
ތިބަންގާޅިން ކަންތަށް މާމައްޗަތިޔަދަނީ .،ހަމަ މިހާރު ސައިޒް ކުރޭ. ފުލުހުން ވުރެއް މައްޗަކަށްނޭރޭނެ. ..ތިވައްތަރަށް އުޅެންޔާ މަގުމަތީގައި އުޅޭ ބަންގާޅީ ބޭފުޅުންނާއި ދިމާލަށް އަހަރެމެން ދަގަނޑާއި ލަކުޑި ފަތި އުކަން ވެއްޖެއްޔާ މާ މުބައިވާނެ.
ފައިސާ ފައިސާ
25 May 2020
ތިވައްތަރަށް އުޅެންޔާ މަގުމަތީގައި އުޅޭ ބަންގާޅީ ބޭފުޅުންނާއި ދިމާލަށް އަހަރެމެން ދަގަނޑާއި ލަކުޑި ފަތި އުކަން ވެއްޖެއްޔާ މާ މުބައިވާނެ.
އިލް-ޝުޖާޢު
25 May 2020
ހަރުކަށިކަން ދައްކާނަމަ ހަރުކަށިވާން ޖެހޭނެ. މިހާރު މާ މަތިކޮށްގެން ތިޔަ ގެންގުޅެނީ.
ރަދީފުގެ މުންނަ
25 May 2020
ލޭބަރކުއަރޓަރ އިން ގައުމުހިފަން ތައްޔާރުވާއިރުވެސް ސިޔާސީމީހުން ސިޔާސީ ގމ ގައި...ދެރަކަމެއް