ހުޅުމާލޭގައި ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއް ދީ އޭނާގެ ވޮލެޓާއި ފޯނު ފޭރިގެންފި އެވެ.
ފުލުހުން ބުނީ މި މައްސަލަ ރޭގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މީހާއަށް ފަރުވާ ދޭން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަކަން ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯއަކުން ފެންނަ ގޮތުގައި ބިދޭސީ މީހާގެ އެއް ފައި ވަނީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފަ އެވެ. އަދި އެ މީހާ ލައިގެން ހުރި އަންނައުނު ވެސް ވަނީ ވީދާލައިފަ އެވެ.
ފުލުހުން ބުނީ މި މައްސަލައާ އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލަ އަންނަނީ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.