ހުޅުމާލޭ ގުދަނެއްގައި ހުރި މުދާ އުފުލާ ލިފްޓެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާގައި އަނިޔާވީ ދެ ބިދޭސީންނަށެވެ. ބެލެވޭ ގޮތުގައި އެއީ އެ ގުދަނުގައި މަސައްކަތް ކުރާ ދެ މީހުންނެވެ.
އެ ދެ މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުން އަންނަނީ ފަރުވަދެމުންނެވެ. އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
މިއަދު ހަވީރު 5:00 ހާއިރު ހިނގި އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.