ގދ. ގައްދޫ މަސްދޯންޏަކުން އެންދަމަން ފީނި ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.
ގައްދޫ ކައުންސިލުން ބުނީ އެންދަމަން ފީނަނިކޮށް މަރުވީ އެރަށު ވެނަބުލީގޭ އަބްދުލް ބާއިސް އަބްދުﷲ، 21، ކަމަށެވެ.
ފުލުހުން ބުނީ ގައްދޫ ދޯންޏަކުން އެންދަމަން ފޭބި މީހަކު އަޑީގައި ހަރަކާތް ހުއްޓިފައި އޮއްވާ އޭނާއާ އެކު ޑައިވްކުރަން އުޅުނު މީހުންނަށް ފެނިގެން ގައްދުއަށް ގެންނަ ކަމުގެ މައުލޫމާތު މިއަދު ހަވީރު ހަތަރެއް ޖަހާކަންހާ އިރު ލިބުނު ކަމަށެވެ. އެ މީހާ ގައްދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.
ފުލުހުން އަންނަނީ އެކަން ތަހުގީގު ކުރަމުންނެވެ.
ގައްދޫ ކައުންސިލުން ވެސް ބުނީ އެ ހާދިސާއާ ބެހޭ އިތުރު މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށެވެ.