ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި ކައުންސިލްތަކަށް އާ މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިއްބެވި ކައުންސިލަރުން އިސްތިއުފާ ނުދެއްވައި މަގާމުގައި ދެމިތިއްބެވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ އެދިވަޑައިގެންފި އެވެ.
އިންތިޚާބު ނުބޭއްވި ކުރިމަތިވާ ގާނޫނީ ހުސްކަމާ ހެދި ލާމަރުކަޒީ ނިޒާމްގެ ހިންގުން ހުއްޓިދާނެތީ ސަރުކާރުން ހުށަހަޅައި ގާނޫނުއަސާސީ އަށް ރައްޔިތުންގެ މަޖިލީހުން ވަނީ އިސްލާހު ގެނެސް ކައުންސިލަރުންގެ ދައުރު ދަންމައިފަ އެވެ.
އެހެންވިޔަސް މަގާމުގައި ދެމިތިއްބެވުމުގެ ވިސްނުމެއް ބައެއް ކައުންސިލަރުން ނުގެންގުޅުއްވަ އެވެ.
މިކަމަށް އިޝާރާތް ކުރައްވައި ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިނިސްޓަރު އިމްރާން ވިދާޅުވީ މަގާމުގައި މިހާރު ދެމިތިއްބެވި ބައެއް ކައުންސިލަރުންނަށް ކުރިއަށް އޮތް އިންތިޚާބުގައި ވާދަ ނުކުރައްވާތީ ދައުރު ހަމަވުމާ އެކު މަގާމުން ދުރަށް ވަޑައިގަތުމަށް ބޭނުންވާ ކަމަށެވެ. ބައެއް ކައުންސިލަރުން ބޭނުން ވަނީ އެހެން ވަޒީފާތަކަކަށް ދާން ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު ގައުމަށް މި ދިމާވި ހާލަތުގައި، އޮތް އެންމެ ރަނގަޅު ހައްލަކީ ގާނޫނުއަސާސީ އިސްލާހުކޮށް ދައުރު ދެންމުމުގެ މަގްސަދު ހާސިލްވާ ގޮތަށް ކައުންސިލަރުން ޚިދުމަތުގައި ދެމިތިއްބެވުން ކަމަށް ވިދާޅުވި އެވެ.
"ކައުންސިލްތަކުން ވެސް މިދިޔަ މުއްދަތުގެ ތެރޭގައި ކުރި ބުރަ މަސައްކަތަކީ އަޅުގަނޑު ހަމަ ޔަގީނުން ވެސް ބަލައި ގަންނަ މަސައްކަތެއް. އެހެންވީމަ މިހާރު ކައުންސިލްތަކުގައި ތިބި މެމްބަރުންނަށް އަޅުގަނޑު އިލްތިމާސް ކުރަން އެ ބޭފުޅުންގެ އަރިހުން ވަރަށް އިހުލާސްތެރިކަމާ އެކު އެދެން ކުރިއަށް މިއޮތް މުއްދަތުގައި އާ ކައުންސިލް އިންތިޚާބުވެ އެ ބޭފުޅުންނާ ޒިންމާ ހަވާލު ކުރެވެންދެން ތިބޭފުޅުން މި މަސައްކަތް ފުރިހަމަ ކޮށްދެއްވުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
Vaguthee council thakuge baaru hani kuraa bill thasdheegu kuravvaifi
The most trusted news source in the Maldives
Mihaaru
ވަގުުތީ ގޮތުން ކައުންސިލްތައް ދެމިއޮންނަ މުއްދަތުގައި ބާރުތައް ހަނިކުރާ ބިލް ތަސްދީގު ކުރެއްވުން
މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮވިޑް-19އާ އެކު ކައުންސިލްތަކާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އެކުގައި މަސައްކަތް ކުރުމަށް ރަނގަޅު މާހައުލެއް ގާއިމް ކުރެވިއްޖެ އެވެ. އަތޮޅުތަކަށް ކޮވިޑް-19 އެހާ ބޮޑަށް ފެތުރިގެން ނުދިޔަ މައިގަނޑު އެއް ސަބަބަކީ ވެސް ސަރުކާރަށް އެއްބާރުލުން ދީގެން ކައުންސިލްތަކުން ކުރި މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކުރިން އިއުލާން ކުރި ތާރީހުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނުބޭއްވުމުން ގާނޫނީ ހުސްކަމެއްގެ ތެރެއަށް ދާނެ ކަމަށް ގިނަ ބަޔަކު ހީކުރި ކަމަށާއި ނަމަވެސް އެކަން ހައްލު ކުރަން ސަރުކާރުން ތިބީ ކުރިއާލާ ތައްޔާރުވެގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ގާނޫނުއަސާސީ އިސްލާހުކޮށްގެން އަންގާރަ ދުވަހު އެ މައްސަލައަށް ހައްލު ހޯދާފައިވާއިރު އެއީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު އެއް އަހަރަށް ފަސް ކުރިއިރު މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު އަންގާރަ ދުވަހަށް ވަނީ ހަމަވެފަ އެވެ.
މިހާރު ތިބި ކައުންސިލް މެމްބަރުން ވަގުތީ ގޮތުން މަގާމުގައި ދެމިތިބޭ މުއްދަތުގައި ކައުންސިލްތަކުގެ ބައެއް ބާރުތައް ހަނިކުރުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން ބައެއް ބާރުތައް ކައުންސިލްތަކަށް ބޭނުން ކުރެވޭނީ އެލްޖީއޭގެ ހުއްދަ ހޯދުމަށް ފަހު އެވެ. އަދި މިހާރު އޮތް އެލްޖީއޭގެ ބޯޑު އުވައިލުމަށް ފަހު، އާ ބޯޑެއް ރައީސް އައްޔަން ކުރަން ވެސް އެ ގާނޫނު ލާޒިމްކުރެ އެވެ.
ގާނޫނު ބުނާގޮތުން އާ ކައުންސިލް މެމްބަރުން ހުވާ ކުރެވެންދެން، ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުރި އިމާރާތްތަކާއި ބިންތައް ވިއްކުމާއި ހަ މަހަށް ވުރެ ދިގު މުއްދަތަށް ކުއްޔަށް ދިނުމާއި ކައުންސިލް ޒިންމާވާ ގޮތަށް ދަރަނި ނެގުމާއި އާންމު ޚިދުމަތްތަކަށް އިންވެސްޓް ކުރުމާއި ރައްޔިތުންގެ ނަމުގައި ހުރި ފައިސާއިން ޚަރަދު ކުރުމާއި މުވައްޒަފުން ވަކި ކުރުމާއި އައްޔަން ކުރުމުގެ ކަންކަން ކުރުމަށް އެލްޖީއޭގެ ހުއްދަ ހޯދަން ޖެހޭނެ އެވެ.
މީގެ އިތުރުން، ގާނޫނީ އަދަދު ހަމަނުވާ ކައުންސިލްތަކުން މަސައްކަތް ކުރަންޖެހޭ ގޮތުގެ އުސޫލުތައް އެލްޖީއޭއިން އެކުލަވާލަން ޖެހޭއިރު، މަގާމެއް ހުސްވިޔަސް، ވަގުތީ ކައުންސިލްތަކަށް އާ މެމްބަރުން އިންތިޚާބު ކުރުން ވެސް އެ ގާނޫނުގެ ދަށުން މަނާ ކުރެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
05 June 2020
މި ދުވަސްކޮޅު ކައުންސިލްގައި އޮންނާނީ ސިޓީ ބަލައިގަތުމާއި ޖަވާބު ދިނުން. ކައުންސިލަރުން ނެތަސް މިކަންވާނެ.
މުއްދަތުކަނޑައެޅި ކައުންސިލަރުން
05 June 2020
ކައުންަިލަރުން އޭގެ ގޮތުގައި ޙަރަކާތްތަެރި ނުވާތީ މިމުއްދަތުގައި އޮތީ ރަށްކުނިކަހާ ސާފުކުރުމާ ވިހާ މަރުވާ ބލެހެއްޓުން އެކަނި މޮޔާތް އަތަށް ކަނޑި ދެވިދާނެތީ މުޅިގައުމު ބިރުގަނޭ
ދެބޯގެރި 1
05 June 2020
ދަންނަވަންތޯ މަނިކުފާނު. ތިޔާގެ ތެރޭން ގިނައީ ކަރަޕްޓް އަދި ނިމިދިޔަ އެމްޑީ ޕްރައިމަރީތެރެއިން ފޭލިވީ މީހުން. ރައްޔިތުން ނޫނެކޭ ބުނެފައިވާ މީހުން. އިންތިޚާބު އަވަސްކުރޭ.
އަލީ ރަސްގެފާން
05 June 2020
އިމްރާނަ ކުރި ތާއީދު ގެންގޮފިން.
އައްޔުބެ
05 June 2020
ކައުންސިލަރުން ނެތަސް ރަށު އޮފީސްތައް ހިނގާނެ. ވަޒީރަކު ނެތަސް މިނިސްޓްރީތައް ހިނގާނެ. ރައީސް ނެތަސް ޤައުމު ހިނގާނެ. މީހަކު ނެތިއްޔާ ޖެހިގެންހުރިމީހާ އެކަންކުރާނެ، ކޮންމެހެން ޤާނޫނީ ހުސްކަމޭ ފުސްކަމޭ ކިޔާނެކަމެއްނެތް. ސިޔާސީ މީހުން ތިބެގެނެއްނޫން އޮފީސްތަކުން މަސައްކަތްކުރަނީކީ، އެތަންތަނުގައި ތިބި މަދަނީ މުވައްޒަފުން އެތަންތަނުގެ ކަންކަންކުރަނީ. ގިނަފަހަރު ސިޔާސީމީހުން ގިނަވުމުން އޮފީސްތައް ބަރުހެލިވަނީ.
ހާލަތު
05 June 2020
ގައުމު ހަމައަކަށް އެޅެންދެން މިހާރު ތިބި ކައުންސިލަރުން ތިބޭގޮތަށް ތިބޭގޮތަށް ނިންމުން އެއީ މިވަގުތަށް ސަރުކާރުން ކުރި ވަރަށް ރަނގަޅު ކަމެއް. މަދުވެގެން 5 ކައުންސިލަރުންލުންވާނެ ސަރުކާރަށް ފައިނޭންޝިއަލީ ވަރަށް ބޮޑު ބުރަޔަކަށް.
އެމެރިކާ
05 June 2020
ބައެއްމީހުން އިންޑިޔަގެ ރިސްވަތުގެ ފައިސަގަ ހިފާފަ އެމީހުންގެ ޕަޕެޓަކަ ވަނީ.
މިލިޓަރީ
05 June 2020
މުނާފިގުންނާ އެކީގަ މަސައްކައް ކޮއްގެން ކާމިޔާބެ ނުވާނެ.
ޙާސަން
05 June 2020
ތީ ފޭލްވެފަ ހުރި މިނިސްޓަރެއް! ކުރެވުނު އެއްވެސް ކަމެއް ނެތް! ތިމާއަށް ދަޢުލަތުުން ބޮޑު ޙަރަދެއްކުރާއިރު، ޕްރޮޑަކްޓިވިޓީ ޒީރޯ! މި ކޮމެންޓް ޝާޢިރު ކުރާނެ ކަމަށް ހީކުރަން! ވަރަށް ވެދުމާއި ޝުކުރު!
ޚިޔާލު
05 June 2020
ކައުންސިލްތަކުގެ ދައުރު ދިގުދަންމާފައި އެކަމަކު ބާރުތައް ހަނިކުރީމާ އެއީ ލާމަރުކަޒީ އުސޫލުން ހިންގުން ކަމަކަށް ނުވާނެ. މިއީ ރައީސް އިބޫގެ ހުވާކުރެއްވުން 17 ނޮވެމްބަރަށް ފަސްކުރިކުރުން ކަހަލަ ކަމެއް. މިއަށްވުރެ މާރަގަޅުވާނެ ކައުންސިލަރުން އައްޔަންކުރިނަމަ. މިހާރު ނަމެއްގައި ބުނެވޭނެ އިންތިހާބުކުރި ކައުންސިލަރުންނޭ ތިބީ.