ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން: މިނިސްޓަރު އިއްޔެ ބައިވެރިވި ބައްދަލުވުމެއްގައި ރާއްޖެއަށް 100 ސްކޮލަޝިޕްގެ ފުރުސަތު ދޭން ކިއު ސްޓަޑީ މެލޭޝިއާ އިން ހުށަހެޅި -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
މެލޭޝިއާގައި މަތީ ތައުލީމު ހާސިލްކުރަން 100 ސްކޮލަޝިޕް ރާއްޖެ އަށް ދޭން ކިއު ސްޓަޑީ މެލޭޝިއާ އިން އިއްޔެ ހުށަހަޅައިފި އެވެ.
މި ސްކޮލަޝިޕްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައި ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ކިއު ސްޓަޑީ މެލޭޝިއާ ދެމެދު އިއްޔެ ބޭއްވި އޮންލައިން ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އާއި ކިއު ސްޓަޑީ މެލޭޝިއާގެ އިސްވެރިން ބައިވެރިވަޑައިގަތެވެ.
Minister Dr Ibrahim Hassan held a virtual meeting with the management of Q Study Malaysia today in which @qstudyworld proposed 10 full scholarships & 90 partial scholarships from top Malaysian Universities to Maldivian students.@presidencymv @FaisalNasym
— Ministry of Higher Education (@MoHEmv) July 1, 2020
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކުރި ޓްވީޓެއް
ކިއު ސްޓަޑީ އަކީ، ބޭރު ދަރިވަރުންނަށް މެލޭޝިއާއިން ލިބެން ހުރި މަތީ ތައުލީމު ފޯރުކޮށްދޭ އޭޖެންސީ އެކެވެ.
ދަރިވަރުންގެ އަތުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ގޮތަށް 10 ސްކޮލަޝިޕެއް ކިއު ސްޓަޑީ އިން ހުށަހަޅާފައި ވެ އެވެ. އަނެއް 90 ސްކޮލަޝިޕް ލިބޭ ދަރިވަރުންގެ ޓިއުޝަން ފީ، 50 ޕަސެންޓާ ހަމައަށް މައާފްކުރާނެ ކަމަށް ކިއު ސްޓަޑީ އިން ބުނެފައި ވެ އެވެ. މި ހުށަހެޅުމުގައި މަޝްވަރާކުރެވުނު އިތުރު ކަންތައްތަކުގެ ތެރޭގައި މެލޭޝިއާގެ ޔުނިވާސިޓީތަކަށް ޒިޔާރަތްކޮށް، އެ ޔުނިވާސިޓީތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރުމުގެ ފުރުސަތު ހިމެނެ އެވެ.
މި ބައްދަލުވުމުގައި ރާއްޖެ އަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރަން، މެލޭޝިއާ އިން ލިބެން ހުރި ފުރުސަތުތައް މަޝްވަރާކޮށްފައި ވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އަދި ވަޒީފާ އަދާކުރަމުން އަންނަ މީހުންނަށް އަމާޒުކޮށްގެން ހާއްސަ ޓްރެއިނިންތަކަކާއި ފޯރަމެއް ބާއްވަން ވެސް މަޝްވަރާކޮށްފައި ވެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އަސްލު
04 July 2020
މެލޭޝިއާގައި މިހާރުވެސް ކިޔަވަމުންދާ ބައެއް ދަރިވަރުންނަށް އެމްބީބީއެސް އަށް މިފަހަރު ސްޓޫޑެންޓް ލޯނު ނުލިބުނީމަ, ވ ދެރަވަން
ޝަމްޝަރޕްރިންސް
02 July 2020
ސްކޮލަރޝިޕް ކަންކަން ބަލަހައްޓަން މިނިސްޓްރީ އެއް ބޭނުންވޭތޯ. ހަޔަރ އެޑިޔުކޭޝަން އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި އެފަދަ މިނިސްޓްރީ އެއް ނުހުރޭ.
މަޖިލިސް
03 July 2020
ރާއްޖޭއަށް އެހާކުރިނާރާތީ މިފަދަ ކަންތައްތައް އިތުރު ކޮއްގެން ދޯ ކުރިއެރުވޭނީ.