ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަލީ ވަހީދު ސަލާމް ކުރައްވަނީ.
09 ޖުލައި 2020 - 11:36
ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްގައި ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވުމުން ވެސް އިސްތިއުފާ ނުދެއްވުމުން އޭނާ މިއަދު މަގާމުން ވަކިކުރައްވައިފި އެވެ.
މިއީ ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވޭ މައްސަލައެއްގައި ރާއްޖޭގައި ވަޒީރަކު މަގާމުން ވަކިކުރި ފުރަތަމަ ފަހަރެވެ.
އަލީ ވަހީދު މަގާމުން ވަކިކުރުމާ އެކު ޓޫރިޒަމް މިނިސްޓްރީ ހިންގުން މިހާރު ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާ ހަވާލުކުރައްވައިފަ އެވެ.
ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ރޭ ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވަން އަލީ ވަހީދަށް ރައީސް އެންގެވީ މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަޚުލާގީ މައްސަލަތަކެއް ޓޫރިޒަމް މިނިސްޓްރީގައި ހިނގާފައިވާ ކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް އެމަނިކުފާނަށާއި ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާތީ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި އަލީ ވަހީދަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތު ޖެންޑާ މިނިސްޓްރީ އާއި ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ. ނަމަވެސް އެ މައްސަލަތަކުގެ ތަފުސީލެއް އަދި ހާމައެއްނުުރެ އެވެ.
މަގާމުން އިސްތިއުފާ ދެއްވަން ރައީސް އެންގެވުމުން، އަލީ ވަހީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަހުން ހަގީގަތް ހާމަވާނެ ކަމަށާއި ގައުމަށް ކޮށްދެއްވުނު ޚިދުމަތްތަކާ މެދު ފަޚުރުވެރިވާ ކަމަށެވެ.
ވަގުތު ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށް ވިދާޅުވެ، އަލީ ވަހީދު ޓުވީޓްގައި ހިމަނާފައި ފޮޓޯގައި ވަނީ "މިދުވަސް ވެސް ހިނގައިދާނެ" ކަމަށެވެ.
އަލީ ވަހީދު، ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުން ވަކިކުރަން އެ ޕާޓީގެ ކައުންސިލަށް މިއަދު ވަނީ ކުއްލި މައްސަލއެއް ވެސް ހުށަހަޅައިފަ އެވެ.
ވަަރަށް ޒުވާން އުމުރުގައި ސިޔާސީ ދާއިރާއަށް އަލީ ވަހީދު ނުކުމެވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު، ޑީއާރުޕީގަ އެވެ. މައުމޫން އެންމެ ފަހުން ވާދަކުރެއްވި 2008 ގެ ރިޔާސީ އިންތިހާބުގައި ޑީއާރުޕީގެ ފަރާތުން މީޑީއާ އަށް މައުލޫމާތު ދެއްވުމުގައި އޭނާ އިސް ދައުރެއް އަދާކުރެއްވި އެވެ.
މައުމޫނަށް އިންތިހާބު ގެއްލިވަޑައިގަތްތާ ހައެއްކަ މަސް ތެރޭގައި އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ނުކުންނަވައި، ތޮއްޑޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އެވެ. އަދި އޭނާ އޭރު ވެވަޑައިގަތީ، އާ ގާނޫނުއަސާސީގެ ދަށުން އެކުލަވާލީ ފުރަތަމަ ރައްޔިތުންގެ މަޖިލިހުގެ އެންމެ ހަގު މެމްބަރަށެވެ.
އެކަމަކު ވެރިކަން ކުރަމުން އައި އެމްޑީޕީ އާއި ޑީއާރުޕީން ކޮންޓްރޯލްކުރި ރައްޔިތުންގެ މަޖިލިހުގައި ސިޔާސީ ވާދަވެރިކަން ބޮޑުވެ، އެ އޮއިވަރުގެ ތެރޭގައި، ކުއްލިއަކަށް އަލީ ވަހީދު އެމްޑީޕީއާ ގުޅިވަޑައިގަތެވެ. އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ ހަމައަށް ވަޑައިގަތެވެ. އެކަމަކު މޭ 1، 2015 ގައި، އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް މާލޭގައި އޮތް ބޮޑު މުޒާހަރާގައި ހައްޔަރުވުމާ އެކު ފަހުން އިނގިރޭސި ވިލާތަށް އަމިއްލައަށް އަރުވާލެވިގެން ހުންނެވި ދުވަސްވަރު، އެ މަގާމުން ވަކިވެވަޑައިގަތެވެ. އަދި އެމްޑީޕީގެ މެމްބަރުކަން ވެސް ދޫކުރެއްވި އެވެ.
އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ، ބޭރުގައި ހުންނަވައިގެންނެވެ. އަދި އެނބުރި ރާއްޖެ ވަޑައިގަތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، 2018 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ އެކު އެވެ.
އާ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަން އަލީ ވަހީދަށް ލިބިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮބީ
10 July 2020
އަބަދު އިޖުތިމާޢީ ވިއުގައިގެ ޕްލެޓްފޯމެއް ގަ އުޅެންޏާ
ގުރަހަ
10 July 2020
ކިތައްމެ ދައްސަސް އެންމެނަށްވާވރުގެ ބޮޑުގެރިއެއް ކަތިލާ ޖާފަތެއް ތައްޔާރުކުރީމަ ކިޔާނީ ހާދަ ދީލައްޗޭއެވެ. މީގެ ނިވަލުގަ ކުރާނީ ކޮންކަމެއްބާއެވެ.
ޝޮކްތެރަޕީ
09 July 2020
އަލީވަހީދަ ވަރައްގިނަ މައުލޫމާތު އެގޭނެ. ސީދާ އިދިކޮޅު ހަރަކާތައް ނިކުމޭ މިހާރުން މިހާރައް
ޙައްޤާނީ
09 July 2020
ދެން ސުމިތު އަށް ޓުރިޒަމް މިނިސްޓަރުކަން ދެއްވާ
ދެކުނު ތަރި
09 July 2020
މަބުރޫކު މާ ގަދަކޮށްގެން ވާހަކަދައްކަނީ ކީއްވެގެންތަ؟ ކިތައް ސުއާލުގެ ޖަވާބު ނުލިބި ހުރިހާކަމެއް ނިމިގެން ދިޔައީ. އޭނާއަކީ މައިތިރިއެއް. ކައްތިރިއެއް ހިންގުންތެރިއެއްނޫން!
ހަސަނު
09 July 2020
އަލީ ވަހީދުގެ ސިޔާސީ ކެރިއަރު އެ ނިމުނީ.. ދެން ފެނިދާނެ އުމަރު ނަސީރު ގޮތަށް ހަމަ އެކަނި ނޫހަށް އިންޓަވިއު ދޭ މީހެއް ގޮތަށް....
ޙިނި
09 July 2020
އިސްތިއުފާ ނުދިނީ ޖިންސީ ފުރައްސާރަ ކުރިކަމުގެ ގިލްޓު ފީލް ނުވާތީތަ؟ ނޫނީ ކުރެވުނީ ކުޝެއް ކަން ގަބޫލު ނުކުރާތީތަ؟ ފޮށުން މީ ޖާއްޖޭގަ ވަރައް ގަދަޔައް ހިންގާކަމެއް، ފޮށެފަ ގުރޫމް ކޮއް ދެން ގަޔައް އަތްލާ ހިސާބައް ދަނީ. މިމައްސަލަ އޮއްބާނުލާ ކުށުގެ އަދަބުދޭނެކަމައް އެއްމީދުކުރަން. ކުރިންވެސް ދައުލަތު ގެ އިސް ވެރިޔެއް ޖިންސީ ފުރައްސާރަކޮއް އަދަބު ނުލިބި ސަލާމަތްވެ އެހެރީ އަދިވެސް މެލޭޝިޔާ އެންބެސީގަ ވަޒީފާގަ
ދިއްދޫމީހާ
09 July 2020
ބަލަ އެވަރު ވީމަވެސް އެންގީ އިސްތިއުފާދޭން؟ ވަގުތުން ވަގުތަ ވަކި ކުރަންޖެހޭނީ
އެފް8_87
09 July 2020
މާ ޅައުމުރުގަ ސިޔާސީ ގޮތުން މާ ބާރުހުރި މަގާމްތައް މާ އަވަހަށް ފުރަން ފެށުމުން ކަންކަންވާ ގޮތުގެ 2 މިސާލު މީނައާ އަދީބަކީ
ނަރީނާ
09 July 2020
މީގެއިންވެސް އިނގެނީ ރައީސަކަށްވެސް ކެބިނެޓަށް މަޖިލީހަށް އާދެވޭނީ 40 އަހަރު ވުމުންކަން! ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވުނީވެސް 40 އަހަރު ވުމުން ކަމުން އެނގިގެންދަނީ ބައެއްގެ މައްޗަށް އިސްކުރާ ވެރިން ތިބެން ޖެހޭނީ ވަކި އުމުރެއްގެ ތަޖުރިބާ ލިބި ތަސައްރަފު ފުދިފަކަމެވެ
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
09 July 2020
ޖަރީމާ ތަކާއި ގާނޫނު އަރާ ހަމަކުރަންޖެހޭ. އަދުލު އިންސާފް ކަށަވަރު ކުރަން ޖެހޭ. ރައީސްގެ ގާނޫނީ ހައްގެއް ރައީސްގެ ވަޒީރުންނަކީ. އެމެރިކާގެ އިންޓާން އެށް ގޮތުގައި ވައިޓްހައުސްއަށް މޮސާޑުން މޮނިކާ ލުއިންސްކީ ޕްލާންޓް ކުރި. ސްޓަރ ރިޕޯޓް އަސްލު ހާމެވެގެން ދިޔަ. މިރާއްޖެ: ދިފާއީ ވަޒީރެއް ފިސްތޯލަ - ޓުއަރިޒަމް ވަޒީރެއް ޖިންސީ ތުހުމަތެއް - މިކަން ކަމުގެ އަސްލު ޖޯންއޮފް ކެނެޑީ މަރު ތަހުގީގު ކުރި މިންވަރަށް ތަހުގީގުކޮށް ހައްގު ބާތިލް ވަކިކުރަންޖެހޭ.
ސާޑުބެ
09 July 2020
ކެނެޑީގެ މަރުގެ ފަހަތުގާ ތިބީ ކޮންބައެއްކަން އަދިވެސް ސާފެއްނުވޭ. އީޑރ. އަފްރާޝީމުގެ މަރުފަދަ މަރެއް.
ސާޖިދު ނަދި އަދުވާލާ
09 July 2020
އާދަނާ، ޖޯން އޮފް ކެނެޑީ އެއް ނޫނޭ. ޖޯން އެފް. ކެނެޑީ