އެންވަޔަރްމަންޓް މިނިސްޓްރީގެ ނައިބަކަށް އާ ބޭފުޅަކު މިއަދު ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ މަގާމަށް ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރެއްވީ ފުވައްމުލަކު ނަޒާލް، ނިޒާހު މުހައްމަދު ރަފީއު އެވެ.
ނަޒާލްގެ އިތުރުން އެ މިނިސްޓްރީގެ ނައިބަކަށް މިހާރު ހުންނެވީ އަލީ އާމިރެވެ.
އެންވަޔަރްމަންޓް މިނިސްޓްރީގެ ނައިބަކަށް ނިޒާހު ހަމަޖެއްސީ ކުރިން އެ މިނިސްޓްރީގެ ނައިބަކަށް ހުންނެވި އަބްދުﷲ މުހައްމަދު އިސްތިއުފާ ދެއްވާފައިވަނިކޮށެވެ.
އަބްދުﷲ ވަނީ ހަ މަސް ވަންދެން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯއެއްގެ މަގާމު ފުރުއްވައިފަ އެވެ. އޭގެ ކުރިން އޭނާ ވަނީ ފުވައްމުލަކު އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަން ކުރައްވައިފަ އެވެ. އޭނާ މިނިސްޓްރީގައި ވަނީ ދެ އަހަރު ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.