01 އޯގަސްޓް 2020 - 10:26
ހއ. އިހަވަންދު އާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ކޭޝިއަރު ކޮވިޑް-19 އަށް ރޭ ޕޮޒިޓިވް ވެފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު، "މިހާރު" އަށް ވިދާޅުވީ އެ ރަށު "242" ބޯޓު، މާލެ އިން އެ ރަށަށް ދިޔައީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. ރަށަށް ބޯޓު ދިޔަތާ އެއް ދުވަސް ތެރޭގައި އެ ކޭޝިއަރުގެ ފަރާތުން ބަލީގެ އަލާމާތަށް ޝައްކު ކުރެވިގެން، ހެދި ޓެސްޓުގެ ނަތީޖާ ރޭ ލިބުނުއިރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.
އިހަވަންދޫ އެ ފިރިހެން މީހާ އަދި ހުރީ އެ ރަށުގަ އެވެ. އޭނާ ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށުން މީހުން އަރައި ފޭބުން ވަނީ މަނާކޮށް، ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފަ އެވެ. އޭނާއާ ކޮންޓެކްޓުވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
"ކްލަސްޓާ ކުޑަ ވާނެ ކަމަކަށް ނުބެލެވޭ. އެއީ ވަރަށް ގިނަ މީހުން އަރައި އުޅޭ ބޯޓެއް. އެ މީހާ ވެސް ރަށަށް އައިސް ރަށު ތެރޭގައި އުޅެ، މީހުންނާ ބައްދަލުކޮށް ހެދި. ތަންތަނަށް ގޮސް ވެސް އުޅުނު،" ރަޝީދު ވިދާޅުވި އެވެ.
Savaaree boat ge case thakaa hedhi Dhidhoo aai Vashafaru adhi Nolhivaranfarah ves araifeybun manaakoffi
The most trusted news source in the Maldives
Mihaaru
އުތުރުގެ ރަށްތަކެއް މޮނީޓަރިންއަށް ލުން
ކޮވިޑް-19ގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށް ހަދައިފައިވާ ތިން މީހުންގެ ޖާގައިގެ ފެސިލިޓީއެއް އިހަވަންދޫގައި ހުރެ އެވެ. ނަމަވެސް ޕޮޒިޓިވްވި މީހާގެ ހާލު އެހާ ގޯސް ނުވުމުން އޭނާ ގެންދާނެ ކަމަށް ބެލެވެނީ ށ. ފުނަދޫގައި ހުންނަ ފެސިލިޓީ އަށް ކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ.
މާލެ ފިޔަވައި ރާއްޖޭން އެންމެ ފުރަތަމަ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވީ ވެސް އިހަވަންދޫ ބޯޓަކުން އެ އަތޮޅު އުލިގަމަށް ދިޔަ މީހެކެވެ. މިދިޔަ އޭޕްރީލް 15 ގައި އެ ރަށު "ކާވިޔާ" ބޯޓުން އުލިގަމަށް ދިޔަ މީހާ ޕޮޒިޓިވް ވުމުން، އެ ބޯޓުން ދިޔަ އެހެން މީހުން ވެސް ޓެސްޓު ހެދި އެވެ. އޭގެ ތެރެއިން ތަކަންދު އަށް ދިޔަ ތިން މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެ އެންމެން ވެސް މިހާރު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ.
ހއ. ކެލާ ސަވާރީ ބޯޓުގެ ކެޕްޓަނާ އެކު އެ ބޯޓުން ދަތުރުކުރި 10 މީހަކު ވެސް މިދިޔަ ހަފުތާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އެ މީހުންނާ ކޮންޓެކްޓްވެފައިވާ މީހުން ތިބުމުން ކެލާގެ އިތުރުން އެ އަތޮޅު ދިއްދު އާއި ވަށަފަރު އަދި ހދ. ނޮޅިވަރަމްފަރަށް ވެސް އަރައިފޭބުން ވަގުތީ ގޮތުން އިއްޔެ ވަނީ މަނާ ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްތާ
02 August 2020
3 މީހުންގެ ޖާގައިގެ ފެސިލިޓީއެކޭ؟ އެއަށްވެސް ފެސިލިޓީކިޔާތަ؟ އެންމެ ކުރިން މުޅި ރާއްޖޭގަ ހާހުން ފެސިލިޓީ ހެދި ވާހަކަ ލިއުނީމަވެސް ކޮމެންޓްކުރިން ތިޔަ ތަންތަން ރަގަޅަށް ބަލައިފިނަމަ ނުވާނެއޭ ފެސިލިޓީތަކަކަށް. އިމާރާތެއްގަ ބޯޑެއް އެޅުވުނީމަ ނިމުނީތަ؟ ނަންވާނީ ކޮތަރުކޮށި ހެދި މީހުން އެކަމު.
އިރުމަތީ އަވަށް
02 August 2020
މިރަށުގަ ހަދާފަ ހުރި ކޮވިޑު މަރުކަޒު މިރަށު މީހުންނަށް ބޭނުންކުރެވެން ޖެހޭ އަދި ޖާގައޮތް މިންވަރުން އެހެން ރަށްރަށުގެ މީހުން ގެންނަން ޖެހޭ ރަށު މީހުން ބަލިވި ކަމަށް ވިޔަސް އަމިއްލަ ރަށު ފަސްގަނޑުގަ ޢާއިލާ ކައިރީގަ އޮންނަން ފަސޭހަވާނެ
މޯޑް
01 August 2020
ސަރުކާރުތައް ބަދަލު ވިޔަސް ސިޔާސަތުބަދަލެއް ނުވޭ. ރަށްއިތުންނަށް ނަނާ ހުވަފެން ދަށްކަނި ކޮންމެ ސަރުކާރަކުންވެސް. މާލެއަށް ހުރިހާ ކަމެއް ޖަމާކުރުމުގެ ސިޔާސަތު ގެންގުޅެނި. ޖަޒީރާ ރާއްޖެއޭ ކިޔާފަ ހުވަފެން ދަށްކަނި. ފޯޓްވެސް ހަދަނި މާލޭ ސަރަހަންދުގަ. ފާކެއްހެފިޔަސް ފެންއަރުވާތަނެއް ހެދިޔަސް މާލޭގަ. ރާއްޖެތެރެއަށް ހަމަ މިހާރު ވެސް މި ކޮށްދެނި ފުޓްސަލު ދަނޑަކާއި ބަދަރު ހެދުން އާކަމެއް ނުކުރޭ.
ކައްކާ
01 August 2020
މަބުނީ އެއްކަލަ އައިހެވަން މަޑުމަޑުން ކުދިކުދި އޮޅުންތައް އަރަމުންގޮސް ނޭނގުމެއްގެތެރޭ އެންމެފަހުން ހަމަ ގުޅިފަޅުގައޭ މާލޭމީހުން އެހަދަނީ. އުތުރުމީހުނަށް އަދި ރޭކާލާހެނެއް ހިއެއްނުވޭ.
ފާނު
01 August 2020
މާލެއަށް ހުރިހާ ބާރަކާއި ވަސީލަތެއް ޖަމާކޮށްފަ ނާންނާށޭ ގޮވިޔަސް މާލެދިޔުން ނޫންގޮތެއްނެތް. އަތޮޅުގެ ރައްޔިތުންނަށް ބޭނުންވާ ސާމާނު ލިބޭ ހަމައެކަނި ތަނަކީ މާލެވީމަ މާލެ ދާނެ.. ކުޅުދުއްފުށީގަ ޕޯޓް އެދެވޭގޮތުގައި ހިންގާނަމަ، އެބޯޓުތައް ދަތުރުކުރާނީ ކުޅުދުއްފުށިން ރަށަށް.. މާލެއަކަށްނޫން.. އެންމެރަށަކަށް ބަރޯސާވުންދޫކޮށް ބާރުތައް ލާމަރުކަޒީކުރަންޖެހޭ... އަލިފާނުގެ ހާދިސާއިންވެސް ކޮވިޑްއިންވެސް ބުނެދެނީ ހަމައެންމެވާހަކައެއް..
މާލަސްވެއްޖެެ
02 August 2020
މިހާރު ކޮންމެ ތަނެއްގަ ޕޯޓް ހެދިއަސް އަންނަން އޮތީ ހަމަ ކޮވިޑް އޮތް ގައުމުތަކުން ބޯޓްތައް. އެކަމު މާލެ ނޫން އެހެން ގޮތެއް ހޯދަންޖެހޭ. ރަށްތަކާމެދު ވެވިފައިވާ އިހުމާލުތައް ރަގަޅުކުރަންވީ ދުވަސް މިއަދު މިއީ. ނުދީ ހިފެހެއްޓި ވަސީލަތްތައް ރަށްތަކުގައި ގާއިމުކޮށްދޭންޖެހޭ. މާލޭގެ ސެންޓްރަލްކަން ކަނޑާލަންޖެހޭ. އެންމެން ހަމަހަމަކުރަންޖެހޭ.
އިސްޤު ސޯނާ ބޯޓް
01 August 2020
ކައްޕީން ގެ ކަންތަށް މާ ބޮޑު ވެއްޖެ އެވެ.
ހާސަރު
01 August 2020
މިހާރު އޮންނަ އުސޫލާއި އެއްގޮތަށް ކަންތައް ހިގާނަމަ ބޯޓްފަހަރުގެ ފަޅުވެރިން ޕޮޒިޓިވް ވުމުގެ ފުރުސަތު ވަރަށް ކުޑަ. ޕޮޒިޓިވް ތިވަނީ މާލެއަށް ފައިބާތީ ނޫނީ މާލެއިން ޕޮޒިޓިވް މީހާ ބައްދަލުވެފާވާތީ ، ނޫނީ ހޯމްކަރަންޓީނަށް ރަށަށްދާ މީހަކު ޕޮޒިޓިވް ވެފަ ހުރީމަ! މުޅިރާއްޖެއަށް ފެތުރުން ހުއްޓުވޭނީ އުސޫލުތައް ރަގަޅަށް ހިފައްޓައިގެން އެހެން ނޫނީ މަދު މީހެއްގެ ސަބަބުން އެތައް ރަށެއްގެ މީހުންނަށް ބިރުވެރިކަން މިފެތުރެނީ.
ކަސަބު
01 August 2020
ގޯސްނުވެ ރަނގަޅުވާނެކަމުގެ އުއްމީދުކުރަން. ފިހާރަތަށް ހުޅުވުން ލަސްކުރުމުގެ ހިކުމަތެއް ނޭގޭ. މަށަށް އެނގޭކަމަކީ ހުޅުމާލެ ގިހާރަތައް އަވަހަށް ހުޅުވުމުން ފިހާރަތަކަށް ދިއުމުން މަށަށް އޮންނަ ބިރު ވަރަށް ކުޑަކަން. މީހުން މަދުވުމުން ވަރަށް ބަލައިގެ ރައްކާތެރި ކަމާއެކު ތަކެތި ގަނެވޭ. ލަހުން ހުޅުވީމަ ވަރަށް އުދަގޫވޭ. މީހުން ގިނަ ބިރު ބޮޑު. ބައެއްފަހަރު ހުސްއަތާ އެނބުރި އަންނަން. މަށަށް އޮންނަ ބިރުގެ ވާހަކަ މިބުނީ.
ބީރޭ
01 August 2020
ލުއިތަށް ދިންއިރު ދެއްކި ވާހަކަތަށް އަޑުނީވިގެން އުޅެނީ ހޭދަބައިވެފައި ތިބީމަތޯ؟ ލުއިތަށް ދިނަސް ޒަރޫރީ ބޭނުމެއް ނެތިއްޔާ ނުދާށޭ ކިޔާ އެތަށް ފަހަރަކު އިލްތިމާސް ކޮށްފައިވޭ. ކޮބާ ފަރުދީ ޒިންމާ؟
ފަރުދީ ޒިންމާ ސުމެއް
01 August 2020
އެތައް ދުވަހެއް ކުރިން އިލްތިމާސް ކޮށްފި މި އީދުގައި ބަލި ހިފައިގެން ރަށް ރަށަށް ނުދާން. އެކަމަކު ކަހާ ތަނެއް ހިރުވައެއްވެސް ނުލާ. އަހަރެން ގޮވާލަން ހުރިހާ އެންމެންގެ ބުކިންތައް ކެންސަލް ކުރަން. ކޮންފަދަ ކަމެއް މި ދެން